މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 12 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެ މީހުން ހައްޔަރު ކުރީ އާންމު އުސޫލުގެ ދަށުން މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
މި ގޮތުން ރޭ މާލެއާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ 4 އަންހެނުންނާއި، 8 ފިރިހެނުން ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައިއެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން އަންނައިރު، މި އޮޕަރޭޝަންގައި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ބައެއް ފިލްމު ކުޅޭ މީހުންނާއި ސޯޝަލް މީޑިއާގައި މަޝްހޫރު ބައެއް މީހުން ހިމެނޭ ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!