ގދ. ހޯޑެއްދޫ ވަލުތެރޭގައި ވަޅުލާފައިހުއްޓައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިފިއެވެ.
ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އެ އިދާރާގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް އަދި ސައުތު ޕޮލިސްގެ ފުލުހުން ގުޅިގެން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ގދ. އަތޮޅު ހޯޑެއްދޫ ވަލުތެރެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގައި އެރަށު ވަލުތެރޭގައި ވަޅުލާފައި ހުއްޓައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.
މި އޮޕަރޭޝަން ހިންގާފައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް އެ އިދާރާގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ވެސް ފުލުހުން ވިދާޅުވެފަ ވެއެވެ.
މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންގެންދަވާއިރު، އަދި މި އޮޕަރޭޝަންގެ ތެރެއިން، ކޯޓު އަމުރުގެ ދަށުން އިތުރު ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް ކުރަށްވަން ގެންދަވާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.
ނޯޓު: މި ޚަބަރުގައި ފުރަތަމަ، ފުލުހުން މަސްތުވާތަކެތި ހޯދީ ފަޅުރަށަކުން ކަމަށް ލިޔެފައި ވަނީ، ފުލުހުން މީޑިއާތަކަށް ފުރަތަމަ ފޮނުއްވި މެސެޖުގައި އެތަކެތި ހޯދީ ފަޅުރަށަކުން ކަމަށް ވިދާޅުވެފައި ވާތީއެވެ. ނަމަވެސް އެ މެސެޖް ފޮނުއްވިތާ 22 ވަރަކަށް މިނިޓްފަހުން އެތަކެތި ހޯދީ ހޯޑެއްދޫން ކަމަށް ވިދާޅުވެ، ކުރީގެ މެސެޖް އިސްލާޙް ކުރައްވާފައިވާތީ، ޚަބަރަށް ވަނީ އެބަދަލު ގެނެވިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!