ޕާޓީއަށް ސޮއިނުކޮށް ވަޒީފާގައި ހުރުމަކީ މިއަދު މުސްތަހިއްލުކަމަކަށް ވަނީ ވެފައި: އެމްއެންޕީ
ޕާޓީއަށް ސޮއިނުކޮށް ވަޒީފާގައި ހުރުމަކީ މިއަދު މުސްތަހިއްލުކަމަކަށްވެފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ނުވަތަ އިންޓަރނޭޝަނަލް ލޭބާ ޑޭ ގެ މުނާސަބަތުގައި ނާޒިމް ނެރުއްވި ބަޔާނުގައި ވަނީ ސަރުކާރަށް މަރުޙަބާ ކިޔާ ޓްވީޓްކުރުން ވަޒީފާގެ ބަޔާނުގައި ހިމަނާފައިވާ ކަމަށާއި ވަޒީފާގެ ރައްކާތެރިކަމަކީ މިހާރު މިއީ ކަމަށެވެ. ރާއްޖޭގައި ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ...