މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން މިއަހަރުގެ ރިޔާސީ އިންތިޚާބަުގައި ވާދަކުރައްވާ ކެންޑިޑޭޓަށް ޓިކެޓު ހަވާލުކުރުން މެއި 5 ގައި ބޭއްވުމަށް ނިންމައިފިއެވެ.

އެ ޕާޓީން ބުނީ މިގޮތަށް ނިންމީ ރޭ އެ ޕާޓީން ބޭއްވި ހިންގާ ޤައުމީ ކައުސިލުގެ ތިންވަނަ ބައްދަލުވުމުގައި ކަމަށެވެ.

Ad
rt

މި ޖަލްސާގެ ރިޔާސަތު އެޕާޓީގެ ރައީސް މުޙައްމަދު ނާޒިމް ބެލެހެއްޓެވިއިރު، ރިޔާސީ ކެންޑިޑޭޓަށް ޓިކެޓު ހަވާލުކުރާ ޖަލްސާގެ ހުރިހާ އިންތިޒާމުތަކެއް ހިންގާ ބަލަހައްޓާނީ އެ ޕާޓީގެ ނާއިބު ރައީސް ހުސޭން އިސްމާއިލް ގެ ބެލުމުގެ ދަށުން ކަމަށް ވެސް ވަނީ ނިންމާފައެވެ.

އެމްއެންޕީ ގެ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވިއިރު، 14 ޑިސެމްބަރ 2022 ގެ 14:00 ގައި ހަމަވިއިރު، އެ ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށަހަޅުއްވާފައި ވަނީ އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް އެކަނިކަމުން ވާދަވެރިކަމެއްނެތި އޭނާއަށް ވަނީ ޓިކެޓު ލިބިފައެވެ.

ނާޒިމްގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޟް އިސްވެ ތިއްބަވައިގެން އުފައްދަވާފައިވާ ޕާޓީ އެކެވެ. އެމްއެންޕީ ރަޖިސްޓަރީކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނީ 25 ނޮވެމްބަރު 2021 ގައެވެ.