މާވަރުލު އެއާޕޯޓަށް ގިނަ ފްލައިޓް ޖެއްސޭ ވަރަށް ތަރައްގީކޮށް، ސިޓީ ހޮޓަލެއް އިމާރާތް ކުރާނަން: ނާޒިމް
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި މާވަރުލު އެއާޕޯޓަށް ގިނަ ފްލައިޓް ޖެއްސޭ ވަރަށް ތަރައްގީކޮށް، ސިޓީ ހޮޓަލެއް އިމާރާތް ކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އަދި އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ކެމްޕެއިންގައި އެ އަތޮޅަށް ވަޑައިގެން ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ގައްދޫ އިތުރަށް ތަރައްގީވެ، ފުޅާވެގެން ދާނީ އިތުރަށް ކަންކަން ކުރެވިގެން ކަމަށާއި ގައްދު އާއި މާވަރުލު އެއާޕޯޓް ކޯޒްވޭ […]