ފިނޭންސް މިނިސްޓްރީގެ ކުރީގެ ފައިނޭންސް ކޮންޓްރޯލަރ މުހައްމަދު އަހްމަދު، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމްގެ ފައިނޭންސް އެޑްވައިޒަރަކަށް ހަމަޖައްސައިފިއެވެ.
މި މަގާމަަށް، މުހައްމަދު އަހްމަދު ހަމަޖައްސާފައިވާއިރު، އޭނާ އެމްއެންޕީ އަށް ސޮއި ކުރައްވައި، ޕާޓީގެ މެންބަރޝިޕް ފޯމު ވަނީ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމަށް ހަވާލު ކޮށްފައެވެ.
މުހައްމަދު އަހުމަދަކީ ވިޔަފާރީގެ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދިސަރުކާރާއި އެކި ކުންފުނިތަކުގައި ވިޔަފާރިއާއި މާލީ ދާއިރާތަކުގެ އެކި މަޤާމުތަކުގައި މަސައްކަތްކުރައްވައި، ދިގު މުއްދަތުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.
އޭނާ ބެޗެލާސް ޑިގްރީ ޙާޞިލްކުރެއްވީ އެމެރިކަން ޔުނިވަރސިޓީ އޮފް ބޭރޫތު (އޭ.ޔޫ.ބީ) އިންނެވެ. އަދި މާސްޓަރސް ޑިގްރީ ޙާޞިލްކުރެއްވީ އިނގިރޭސި ވިލާތުންނެވެ.
ރާއްޖޭގެ ނަން ހިނގާ ބައެއް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަން ކުރައްވައި، އެކި ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުކަން ވެސް ކުރައްވާފައިވާއިރު، ބީއެމްއެލް، އިސްލާމިކް ބޭންކު އަދި އެމްޓީސީސީ ހިމެނެއެވެ. އަދި އެސްޓީއޯ އާއި މިފްކޯ ވެސް ހިމެނެއެވެ.
މީގެ އިތުރުން އައި.ޑީ.ބީ.، ސާކް ޑިވެލޮޕްމެންޓް ފަންޑް، ފަދަ ސަރަޙައްދީ މާލީ އިދާރާތަކުގައި މަސައްކަތް ކުރައްވައި، އޭނާ ވަނީ ތަޖުރިބާ ހޯއްދަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!