މުއްސަނދި މީހާއަށް ނޫނީ ލޯނެއް ވެސް ނުލިބޭ: ރިޔާޟު

0CB6D569-D02C-4AA6-AC06-3F67C7F8161C

ސަރުކާރުން ރާވާފައިވާގޮތުގައި މުއްސަނދި މީހާއަށް ނޫނީ ލޯނެއް ވެސް ނުލިބޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ޕީޖީ ލީޑަރު އަދި ތިމަރަފުށި ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ގައުމުގެ ޒުވާނުން މަސައްކަތެއް ނެތި، މަގުމަތީގައި ތިބޭތަން ފެނުމުން ދެރަވާ ކަމަށާއި އެމީހުން އެހެން ތިބެން އެ ޖެހެނީ އެމީހުންނަށް ބޭނުންވާ އަޅައިނުލާ އެއްބާރުލުން ނުލިބޭތީ ކަމަށެވެ.

ޒުވާނުން ބާރުވެރި ކުރަވައި، އެމީހުން ލައްވާ ކުރުވޭނެ އެތައް މަސައްކަތެއް އެބަހުރި ކަމަށާއި އެކަމަކު ސަރުކާރުގެ ރޭވުންތެރިކަން ނެތުމުން އެކަން ނުވަނީ ކަމަށް ވެސް ރިޔާޟު ވިދާޅުވިއެވެ.

މީގެ އިތުރުން ކުޅިވަރާއި ބެހޭ ވަޒީރުވެސް، ކުޅިވަރާއި އެއްވަރަށް ޒުވާނުންނަށް ކަންކަން ކޮށްދިނުމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރައްވަން ޖެހޭ ކަމަށާއި ޒުވާނުންގެ ހުރި ހުނަރު ނެރެ ދައްކާލުމަށް ފުރުސަތު ހޯދައިދޭން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

"ކުޅިވަރުވެސް ކުޅުވާ ކުރިއަރުވަން ޖެހޭނެ. އެއީ އަޅުގަނޑުންވެސް ތާއީދު ކުރާ ކަމެއް. އެކަމަކު ޒުވާނުންނަށް ވެސް ފުރުސަތު ދީ އެމީހުންގެ މުސްތަގުބަލު ވެސް ތަނަވަސްކޮށްދޭންޖެހޭނެ" ރިޔާޟު ވިދާޅުވިއެވެ

ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާޟު އިތުރަށް ވިދާޅުވީ އެމްއެންޕީ ވުޖޫދުވީ ފުދުންތެރި ބަޔަކަށް ދިވެހިން ހެދުމަށް ކަމަށާއި އެ ޕާޓީއަށް ވެރިކަން ލިބިއްޖެނަމަ، އެކަން ކުރާނެ ކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި