މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

192 Stories filed
ލަންކާގެ ރައީސް ރާއްޖެއަށް ވަޑައިގަންނަވައިފި
Raajje

ލަންކާގެ ރައީސް ރާއްޖެއަށް ވަޑައިގަންނަވައިފި

އަވަށްޓެރި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، މިއަދު ދިވެހިރާއްޖެއަށް ވަޑައިގަންނަވައިފިއެވެ. ލަންކާގެ ރައީސްގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) އިން ލަންކާގެ ރައީސަށް އިސްތިގުބާލުކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ލަންކާގެ ރައީސަށް ރަސްމީގޮތުން މަރުޙަބާދެންނެވުމުގެ އިޙުތިފާލުތައް އޮންނާނީ މިއަދު މެންދުރުފަހު އެވެ. މި ދަތުރ...

ޙަސަން ޞާބިރު އަވަހާރަވެއްޖެ
Raajje

ޙަސަން ޞާބިރު އަވަހާރަވެއްޖެ

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޝަރަފް ދައުލަތުން އިއްޔެ އެރުވި ޙަސަން ޞާބިރު އަވަހާރަވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޙަސަން ޞާބިރު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގައެވެ. ޙަސަން ޞާބިރަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އަރުވާފައިވަނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ. ޙަސަން ޞާބިރަކީ ދިވެހި ޤައުމުގެ އިޤުތިޞާދީ ދާއިރާތަކުން ކަމަށްވާ ފަތުރުވެރިކަން، މަސްވެރިކަން، ދަނޑުވެރިކަން އަދި ތަރައްޤީގެ މަޝްރޫޢުތައް ރޭވުމާއި ހިން...

ސަފީރު ގީލާ ދެއްކެވި ވާހަކަތައް ވަނީ އޮޅުވާލާފައި: ޚަލީލް
News

ސަފީރު ގީލާ ދެއްކެވި ވާހަކަތައް ވަނީ އޮޅުވާލާފައި: ޚަލީލް

ދިވެހި ރާއްޖެއިން ބެލްޖިއަމްއަށް ކަނޑައަޅާފައިވާ ސަފީރު ގީލާ އަލީ ޔޫރަޕިއަން ޕާރލިމެންޓުގައި ދެއްކެވި ވާހަކަތައް ވަނީ އޮޅުވާލާފައި ކަމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ. ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޗާގޯސް އަކީ ދިވެހިރާއްޖޭގެ ތަނެއް ނޫން ކަމަށާއި ހޯދަންވެސް ނޫޅޭކަމަށް ރާއްޖެއިން ބެލްޖިއަމްއަށް ކަނޑައަޅާފައިވާ ސަފީރު ގީލާ ޔޫރަޕިއަން ޕާލިމަންޓުގައި، ވިދާޅުވެފައިވާ ކަމަށް ބުނެ ބައެއް އޮންލައިން މީޑިއާތަކުގައި ރިޕޯޓްކޮށްފައިވަނީ ދެއްކެވި ވާހަކަފުޅުތައް...

މި ވަގުތު އެންމެ މުހިންމީ ފަލަސްތީނުގެ ރައްޔިތުން ދެމުންދާ އަނިޔާއަށް އަވަސް ހައްލެއް ހޯދުން: ރާއްޖެ
International

މި ވަގުތު އެންމެ މުހިންމީ ފަލަސްތީނުގެ ރައްޔިތުން ދެމުންދާ އަނިޔާއަށް އަވަސް ހައްލެއް ހޯދުން: ރާއްޖެ

ފަލަސްތީނުގެ ރައްޔިތުން ކުރިމަތިލަމުންދާ އަނިޔާއަށް އަވަސް ހައްލެއް ހޯދުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތައްތައްކަމަށް ބަޔާންކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހޭ އަނިޔާތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ. މި ގޮވައިލުން ގޮވައިލެއްވީ، ސެނެގާލްގެ ވެރިރަށް ޑާކާރގައި މި ފަހުން ބޭއްވި “ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލަމް” ގައި ދިވެހިރާއްޖެ ތަމްސީލްކުރައްވައި، އޯ.އައި.ސީ. (އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން) އާއި ސައުދީ އަ...

އިސްރާއީލުގެ މައްޗަށް ބައިނަލްއަޤްވާމީ ޤާނޫނު ތަންފީޒުކޮށްދިނުމަށް ރާއްޖެއިން ގޮވާލައިފި
Raajje

އިސްރާއީލުގެ މައްޗަށް ބައިނަލްއަޤްވާމީ ޤާނޫނު ތަންފީޒުކޮށްދިނުމަށް ރާއްޖެއިން ގޮވާލައިފި

އިސްރާއީލުގެ މައްޗަށް ބައިނަލްއަޤްވާމީ ޤާނޫނު ތަންފީޒުކޮށްދިމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ. ރާއްޖެއިން މިގޮތަށް ގޮވައިލީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އިން ބޭއްވި ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ 51 ވަނަ ބަައްދަލުވުމުގައި، ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބުދުﷲ ޚަލީލް ދެއްވި ތަގްރީރުގައެވެ. އޯ.އައި.ސީ.ގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ. ޚަލީލް ދެއްވި ތަޤްރީރުގައި، އިސްލާމީ އުންމަތަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް އަދި ސުލ...

އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ނައިބު ރައީސްކަން ރާއްޖެ އަށް
Raajje

އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ނައިބު ރައީސްކަން ރާއްޖެ އަށް

ދިވެހިރާއްޖެއިން އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ނައިބު ރައީސްކަމުގެ އިންތިޚާބީ ގޮނޑިއެއް ކާމިޔާބުކޮށްފިއެވެ. މި އިންތިޚާބު ބޭއްވީ ހޯމަ ދުވަހު ނިއުޔޯކުގައި ހުންނަ އދ.ގެ މައި މަރުކަޒުގައެވެ. އދ.ގެ އާންމު މަޖިލީހުގެ ކޮންމެ ސެޝަނަކަށް އޭޝިއާ ޕެސިފިކް ގުރޫޕުގެ ތެރެއިން ފަސް ނައިބު ރައީސުން އިންތިޚާބުކުރެއެވެ. މި މަޤާމަށް ދިވެހިރާއްޖެއިން ކުރިމަތިލީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުއެވެ. މި މަޤާމުގެ ދައުރަކީ އެއް އަހަރު ދުވަހެވެ. މި ކާމިޔާބީއާ ގުޅިގެން […]

އާރުޓީއެލް މަޝްރޫޢުއަށް އިންޑިއާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ
Raajje

އާރުޓީއެލް މަޝްރޫޢުއަށް އިންޑިއާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ

“އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ (އާރުޓީއެލް) އަށް 100 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީ ދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ. މިކަމާ ގުޅޭ އެމްއޯޔޫ ގައި މިއަދު ސޮއިކޮށްފައިވާއިރު، އިންޑިއާ ސަރުކާރުގެ “ގްރާންޓް އެސިސްޓެންސް ފޯ ހައި އިންޕެކްޓް ކޮމިއުނިޓީ ޑިވަލޮޕްމަންޓް ޕްރޮޖެކްޓްސް” ގެ ދަށުން ދެވޭ މި އެހީއާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޚާރިޖީ ވުޒާރާގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެ...

ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފި
Raajje

ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ދާއިރާތަކުން އެއްބާރުލުން ދިނުމަށް ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގެ ތެރޭގައި ކުޅިވަރު، ޞިއްޙީ، ފަތުރުވެރިކަން އަދި ޚާރިޖީ ދާއިރާއިން މީހުން ބިނާކުރުމުގެ ދާއިރާތައް ހިމެނެއެވެ. ކުޅިވަރުގެ ދާއިރާއިން ދެޤައުމު ގުޅިގެން މަސައްކަތްކުރުމާއި އެއްބާރުލުންދިނުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. މެލޭ...

ޚަލީލް އާއި ސަޢީދު ތުރުކީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައިފި
Raajje

ޚަލީލް އާއި ސަޢީދު ތުރުކީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައިފި

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އާއި އިޤްތިޞާދީ އަދި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު މިއަދު އިސްތަންބުލްގައި ތުރުކީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައިފިއެވެ. ތުރުކީގެ ފޮރިން އިކޮނޮމިކް ރިލޭޝަންސް ބޯޑް (ޑީ.އީ.އައި.ކޭ) އިން އިންތިޒާމްކޮށްގެން ބޭއްވި މި ބައްދަލުވުމުގައި ޑީ.އީ.އައި.ކޭގެ ޗެއަރމަން އަދި ތުރުކީ-އޭޝިއާ ޕެސިފިކް ބިޒްނަސް ކައުންސިލްގެ ރައީސް، ނާއިލް އޮލްޕަކް އިސްވެ ހުންނެވިއެވެ. މި ބައްދަލުވުމުގައި ތުރުކީގެ އެކި ދާއިރާތަކުގެ ފާހަގަކޮށްލެވޭ ވިޔަފާރިވެރިން ބައިވެރިވެ ވަޑައިގެނ...

ތުރުކީގައި ގާއިމުކުރި ދިވެހި އެމްބަސީ ރަސްމީކޮށް ހުޅުވައިފި
Raajje

ތުރުކީގައި ގާއިމުކުރި ދިވެހި އެމްބަސީ ރަސްމީކޮށް ހުޅުވައިފި

ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ތުރުކީވިލާތުގައި ދިވެހި އެމްބަސީއެއް ޤާއިމުކޮށް، އެތަން ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. މި އެމްބަސީގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވީ، އެމްބަސީގައި ބޭއްވި ޚާއްސަ ދިދަ ނެގުމުގެ ރަސްމިއްޔާތެއްގައި، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލާއި، ތުރުކީގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް މެހްމެތް ނޫރީ އެރްސޮއި އަދި ރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ. މި ތާރީޚީ ފެށުމާއި ގު...

ސައޫދީ ފަންޑުން ވީއައިއޭ ތަރައްގީއަށް 287 މިލިޔަން ރުފިޔާގެ ލޯނެއް
Raajje

ސައޫދީ ފަންޑުން ވީއައިއޭ ތަރައްގީއަށް 287 މިލިޔަން ރުފިޔާގެ ލޯނެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ނިންމަން ސައޫދީ ފަންޑުން ރާއްޖެ އަށް ދޭ ދެވަނަ ލޯނުގެގޮތުގައި 287 މިލިޔަން ރުފިޔާގެ ލޯނު އެހީގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުން،އެކްސްޕޭންޝަން އޮފް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް މަޝްރޫޢަށް އިތުރު ފައިނޭންސިންގގެ ގޮތުގައިދިނުމަށް ހަމަޖެހިފައި ވަނީ 63،750،000.00 ސައުދީ ރިޔާލް (ގާތްގަނޑަކަށް 287 މިލިޔަން ރުފިޔާ) އ...

ސަރުކާރުން ދަނީ މާނިއުގެ ޙާލު ވަރަށް ކައިރިން ބަލަމުން: ޚަލީލް
Raajje

ސަރުކާރުން ދަނީ މާނިއުގެ ޙާލު ވަރަށް ކައިރިން ބަލަމުން: ޚަލީލް

ޕައިލެޓްކަން ކިޔަވަން ފިލިޕީންސްގައި ހުރި ހދ. ހަނިމާދޫ/ފަހި ރޯދި، އަބުދުލް މާނިއު އަށް ތަމްރީނުގެ ތެރޭ އިއްޔެ އަނިޔާވެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު، ސަރުކާރުން ދަނީ ވަރަށް ކައިރިން އޭނާގެ ހާލު ބަލަމުންކަމަށް ޚާރިޖީ ވަޒީރު އަބުދުﷲ ޚަލީލް މިރޭ ވިދާޅުވެއްޖެއެވެ. މާނިއުއަށް އަނިޔާވެ ޒަޚަމްވީ ޓްރެއިނިން ހެެދުމަށް މަތިންދާ ބޯޓު ދުއްވުމަށްފަހު ފޭބި ވަގުތު ބޮލަށް އެނބުރުން އަރައިގެން ބޯޓުގެ ބުރަފައްޗާ ދިމާއަށް ދެވިގެން ބުރަފަތީގައި ޖެހިގެންނެވެ. މާނިއުއަށް ލިބުނު އަނިޔާގައި ޒަޚަމްވެގެން މިހާރު...

ތައިލެންޑަށް ދަތުރުކުރާ ނަމަ ''ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު'' ފުރިހަމަކުރަންޖެހޭ ގޮތަށް ހަމަޖައްސައިފި
Raajje

ތައިލެންޑަށް ދަތުރުކުރާ ނަމަ ''ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު'' ފުރިހަމަކުރަންޖެހޭ ގޮތަށް ހަމަޖައްސައިފި

ތައިލެންޑަށް ދަތުރުކުރާ ދިވެހިން ވެސް ”ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު” ފުރިހަމަކުރަންޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ. ޚާރިޖީ ވުޒާރާއިން މިއަދު ބުނީ، ތައިލެންޑްގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން 10 މޭ 2025 އިން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކު ތައިލެންޑަށް  އެތެރެވުމުގެ ކުރިން “ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު” ފުރިހަމަކުރަންޖެހޭ ގޮތަށް ތައިލެންޑް އިމިގްރޭޝަނުން ވަނީ ހަމަޖައްސާފައެވެ. މި އޮންލައިން ފޯމް ފުރުމަށް ޖެހޭނީ ދަތުރަށް ފެށުމުގެ ތިން ދުވަހ...

ތައިލެންޑްގައި ތިބި ދިވެހިންގެ ހާލު ރަނގަޅު: ޚަލީލް
Raajje

ތައިލެންޑްގައި ތިބި ދިވެހިންގެ ހާލު ރަނގަޅު: ޚަލީލް

ދެކުނު އިރުމަތީ އޭޝިޔާ ބައްރަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ތައިލެންޑްގައި ތިބި ދިވެހިންގެ ހާލު ރަނގަޅުކަމަށާއި، މިޔަންމާގައި ދިވެއްސަކު ހުރިކަމުގެ މަޢުލޫމާތެއް އަދި ލިބިފައިނުވާކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ. ޚާރިޖީ ވަޒީރު ވިދާޅުވިގޮތުގައި، ތައިލޭންޑް އަދި މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ދިވެހި ޚާރިޖިއްޔާއިން ދަނީ އެ ދެ ޤައުމުގެ ޙާލަތު ވަރަށް ގާތުން ބަލަމުންނެވެ. އަދި މިހާތަނަށް ފާހަގަކުރެވިފައިވާ ގޮތުގައި ތައިލޭންޑްގައި ތިބި ހުރިހާ ދިވެހިން...

އަރަބިންގެ ޣައްޒާ އަލުން ބިނާކުރުމުގެ ޕްލޭނަށް ރާއްޖެއިން ތާއީދު
International

އަރަބިންގެ ޣައްޒާ އަލުން ބިނާކުރުމުގެ ޕްލޭނަށް ރާއްޖެއިން ތާއީދު

އިޒްރޭލުގެ ލާއިންސާނީ ހަމަލާތަކުން ކުދިކުދިކޮށް ވީރާނާކޮށްލާފައިވާ ފަލަސްތީނުގެ ޣައްޒާ އަލުން ބިނާކުރުމަށް އަރަބި ޤައުމުތަކުން ހުށަހަޅާފައިވާ ޕްލޭނަށް ދިވެހިރާއްޖެއިން ތާއީދުކުރާ ކަމަށް ރަސްމީކޮށް އިއުލާނުކޮށްފިއެވެ. ޣައްޒާގެ ރައްޔިތުން ޣައްޒާއިން ބޭރުނުކޮށް ޣައްޒާ އަލުން ބިނާކޮށް އާރާސްތުކޮށް، ޣައްޒާގެ އިދާރީކަންކަން ބެލެހެއްޓުން ވަގުތީގޮތުން ފަލަސްތީނުގެ ވެރިކަމުގެ އިދާރާއާ ހަވާލުކުރުމުގެ މައްޗަށް މިސްރުން ހުށަހެޅި ޕްލޭނަށް، ގާހިރާގައި ބޭއްވި އަރަބި ގައުމުތަކުގެ އިސްވެރިންގެ ސަމިޓުން ރުހުން ދީ...