މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

192 Stories filed
ހުޅަނގު އައްސޭރީގެ ބިންތައް ޔަހޫދީ ދައުލަތުގެ މުދަލަށް ހެދުން ބަލައި ނުގަންނަން: ޚަލީލް
Raajje

ހުޅަނގު އައްސޭރީގެ ބިންތައް ޔަހޫދީ ދައުލަތުގެ މުދަލަށް ހެދުން ބަލައި ނުގަންނަން: ޚަލީލް

ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތައް އަމިއްލަކޮށް، ޣައިރު ގާނޫނީ ޔަހޫދީ ދައުލަތުގެ މުދަލަށް ހެދުން ބަލައި ނުގަންނަ ކަމަށް ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ. ޚާރިޖީ ވަޒީރު މިހެން ވިދާޅުވީ ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި އޯއައިސީގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ރާއްޖެ ތަމްސީލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ. އޯއައިސީގެ ހާރިޖީ ވަޒީރުންގެ މި ބައްދަލުވުމަކީ ހުޅަނގު އައްސޭރީގެ ބިންތަކަށް ޣައިރު ގާނޫނީ ބާރު ހިންގައި، އެ ބިންތައް ފޭރިގަތުމަށް ޔަހޫދީން ނިންމުމާއި ގުޅިގެން [...

ވައި ނުސާފުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތް ކުރަނީ
Raajje

ވައި ނުސާފުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތް ކުރަނީ

މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައި ނުސާފުވެ، ދުންފުނީގެ އަސަރު ކުރަމުންދާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތް ކުރަމުންދާ ކަމަށް ޚާރިޖީ ވުޒާރާއިން މިއަދު ބުނެފިއެވެ. ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ވައި ނުސާފުވުމުގެ ހާލަތަކީ މުޅި ދެކުނު އޭޝިއާ ސަރަހައްދަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން އާންމުންގެ ދިރިއުޅުމަށާއި، ގައުމުގެ އިގްތިސާދުގެ އިތުރުން ސިއްހ...

އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލަށް 2028 ގައި ރާއްޖެއިން ވާދަކުރަނީ
Raajje

އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލަށް 2028 ގައި ރާއްޖެއިން ވާދަކުރަނީ

2028 އިން 2030 ގެ ދައުރަށް އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްއަށް ރާއްޖެއިން ވާދަކުރޭނެކަން ދިވެހި ސަރުކާރުން ހާމަކޮށްފި އެވެ. ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ އ.ދ.ގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލްގެ 61 ވަނަ ސެޝަންގެ ޢާންމު ބަހުސްގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑޮކްޓަރ ޢަބްދުالله ޚަލީލް މިއަދު ކުރެއްވި ތަޤްރީރުގެ ތެރެއިން ނެވެ. އެގޮތުން މިނިސްޓަރގެ ތަގްރީރުގައި ޔުނިވަރސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސްގެ އުޞޫލުތަކަށް ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެކަމު...

ސިއްޙީ ދާއިރާ ކުރިއެރުވުމަށް ތުރުކީއާ އެކު މަޝްވަރާކޮށްފި
Raajje

ސިއްޙީ ދާއިރާ ކުރިއެރުވުމަށް ތުރުކީއާ އެކު މަޝްވަރާކޮށްފި

ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށް އެއްބާރުލުން ދެވިދާނެ ގޮތްތަކާމެދު ތުރުކީއާ އެކު މަޝްވަރާކޮށްފި އެވެ. މި މަޝްވަރާތައް ކުރިއަށް ދިޔައީ ދިވެހިރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ތުރުކީގެ މިނިސްޓަރ އޮފް ހެލްތު ޕްރޮފެސަރ ޑރ. ކެމާލް މެމިޝޯލު އާ މިއަދު ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ތެރެއިން ނެވެ. މި ބައްދަލުވުން ބޭއްވުނީ އަންކާރާގައި ހުންނަ ހެލްތު މިނިސްޓްރީގެ މައި އޮފީހުގައެވެ. ހާރިޖިއްޔާއިން ބުނީ މިބައްދަލުކު...

ސަފީރު އަބްދުއްރަހީމް، ރަޝިއާގެ ރައީސްއަށް ފަތްކޮޅު އަރުވައިފި
International

ސަފީރު އަބްދުއްރަހީމް، ރަޝިއާގެ ރައީސްއަށް ފަތްކޮޅު އަރުވައިފި

ދިވެހިރާއްޖެއިން ރަޝިއާއަށް ކަނޑައެޅި ނޮން-ރެސިޑެންޓް ސަފީރު، ލެފްޓެނަންޓް ޖެނެރަލް (ރޓ) އަބްދުއްރަހީމް އަބްދުއްލަތީފް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންއަށް އަރުވައިފިއެވެ. ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މޮސްކޯގެ ގްރޭންޑް ކްރެމްލިން ޕެލެސްގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފަތްކޮޅު އެރުވުމަށްފަހު، ސަފީރު އަބްދުއްރަހީމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ރަޝިއާގެ ރައީސް ޕުޓިންއަށް ތަހުނިޔާ އާއި ހެ...

ބަންގްލަދޭޝްއަށް ދާ ދިވެހިންނަށް ކުރިއެކޭވެސް އެއްގޮތަށް އޮން-އެރައިވަލް ވިސާ ލިބޭނެ
Raajje

ބަންގްލަދޭޝްއަށް ދާ ދިވެހިންނަށް ކުރިއެކޭވެސް އެއްގޮތަށް އޮން-އެރައިވަލް ވިސާ ލިބޭނެ

ބަންގްލަދޭޝްއަށް ދަތުރުކުރާ ދިވެހިންނަށް ކުރިއެކޭވެސް އެއްގޮތަށް، އޮން-އެރައިވަލް ވިސާ ލިބޭނެކަމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ. ދިވެހި ޚާރިޖިއްޔާއިން މިއަދު ބުނީ، އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެގައުމުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ވަގުތީގޮތުން އޮން-އެރައިވަލް ވިސާ ދޫކުރުން މެދުކަނޑާލަން މީގެކުރިން ނިންމިކަމަށެވެ. ނަމަވެސް، އެ ނިންމުން އަނބުރާ ގެންދަން ބަންގްލަދޭޝްގެ ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށް ދިވެހި...

ޓެލެތޯނުން ލިބުނު 834,843 ޑޮލަރު ލަންކާ އާއި ހަވާލުކޮށްފި
Raajje

ޓެލެތޯނުން ލިބުނު 834,843 ޑޮލަރު ލަންކާ އާއި ހަވާލުކޮށްފި

ސްރީލަންކާއަށް ދިމާވި ކާރިސީ ހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި މީޑިއާތައް ގުޅިގެން ކުރިއަށްގެންދިޔަ “ސިލޯނާއެކު ދިވެހީން” ޓެލެތޯނުން ލިބުނު 834,843.98 ޑޮލަރު އެ ގައުމުގެ ސަރުކާރާ މިއަދު ހަވާލުކޮށްފި އެވެ. މި އެހީ ޚާރިޖީ ވުޒާރާގެ ފަރާތުން ލަންކާއާ ޙަވާލުކޮށްދެއްވީ ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދެވެ. މި ޓެލެތޯން ފެށިފައިވަނީ ނޮވެންބަރު 30 ވަނަ ދުވަހުއެވެ. ސްރީލަންކާއަށް އެހީވުމުގެ މި ހަރަކާތުގައި ޖުމްލަ 37 މީޑިއާ އިދާރާ ގުޅިގެން މަސައް...

ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް މަޚްލޫފް އައްޔަންކުރަން ރުހުންދީފި
Parliament

ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް މަޚްލޫފް އައްޔަންކުރަން ރުހުންދީފި

ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި އޭނާ އެ މަޤާމަށް އައްޔަން ކުރެއްވުމަށް ފާސްކުރީ، 60 މެންބަރުންގެ ވޯޓުންނެވެ. މަހްލޫފްގެ އިތުރުން އުރުދުންއާއި ފަލަސްޠީނަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުންނަށް ވެސް މިއަދު މަޖިލީހުން ވަނީ ރުހުން ދީފައެވެ. ޖަޕާނުގައި ހުންނަވާ ރާއްޖޭގެ...

ލަންކާއަށް އެހީވުމަށް ރާއްޖެއިން 50،000 ޑޮލަރާއި 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ
International

ލަންކާއަށް އެހީވުމަށް ރާއްޖެއިން 50،000 ޑޮލަރާއި 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، ދިވެހި ސަރުކާރުން، އެ ޤައުމަށް ފައިސާގެ އެހީގެ ގޮތުގައި 50،000 (ފަންސާސް ހާސް) އެމެރިކާ ޑޮލަރު އަދި މަސްދަޅުގެ 25،000 (ފަންސަވީސް ހާސް) ކޭސް ހަދިޔާ ކުރުމަށް ނިންމައިފިއެވެ. ސަރުކާރުގެ މި ނިންމުމަކީ، “ޑިޓްވާ” ތޫފާންގެ ސަބަބުން ސްރީލަންކާގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، އެ ޤައުމުގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކާއި ދަތިތަކުން އަރައިގަތުމަށް އެ ޤައުމަށް އެހީތެރިވުމުގެ ގޮތުން ނިންމި ނިންމުމެކެވެ. މި އެހީތެރިކަން ރަމްޒުކޮށްދެނީ ދިވެހިރ...

ޗައިނާގެ ސީއެމްއީސީން ރާއްޖެ އަށް ފެން ހިންދާ ޕަމްޕް ހަދިޔާކޮށްފި
Raajje

ޗައިނާގެ ސީއެމްއީސީން ރާއްޖެ އަށް ފެން ހިންދާ ޕަމްޕް ހަދިޔާކޮށްފި

ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕް ކޯރޕަރޭޝަން ލިމިޓެޑް (ސީ.އެމް.އީ.ސީ) ގެ ފަރާތުން ދިވެހި ސަރުކާރަށް ފެން ހިންދާ ޕަމްޕްތަކެއް މިއަދު ހަދިޔާކޮށްފިއެވެ. މި ތަކެތި ރަސްމީކޮށް ހަވާލުކުރުމަށް މިއަދު ހުޅުމާލޭ ސެންޓަރަލް ޕާރކްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕް ކޯރޕަރޭޝަން ލިމިޓެޑްގެ ފަރާތުން މި ފެންޕަންޕްތައް ހަވާލުކޮށްދެއްވީ، އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ ލިއު ޝިޔައޮޑާއެވެ. ދިވެހި ސަރުކާރުގެ ފަ...

ހަނިމާދޫ އެއާޕޯޓު ހުޅުމުގެ ރަސްމިޔާތަށް މޯދީގެ ހާއްސަ މަންދޫބެއް
Raajje

ހަނިމާދޫ އެއާޕޯޓު ހުޅުމުގެ ރަސްމިޔާތަށް މޯދީގެ ހާއްސަ މަންދޫބެއް

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބު، އިންޑިއާގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން ކިންޖަރާޕޫ ރާމް މޯހަން ނައިޑޫ ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް މިއަދު ވަޑައިގަންނަވައިފިއެވެ. މިނިސްޓަރު ކިންޖަރާޕޫ ރާމް މޯހަން ނައިޑޫ ރާއްޖެއަށް ވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަރްޚަބާ ދެންނެވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލްއެވެ. ފޮރިން މިނިސްޓްރީީން ބުނިގޮތުގައި މިނިސްޓަރު ކިންޖަރާޕޫ ރާމް މޯހަން ނައިޑޫގެ މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ، ހަނިމާދ...

ސައިބަރ ކްރައިމްއާ ދެކޮޅު އދ.ގެ މުއާހަދާގައި ރާއްޖޭން ސޮއިކޮށްފި
Raajje

ސައިބަރ ކްރައިމްއާ ދެކޮޅު އދ.ގެ މުއާހަދާގައި ރާއްޖޭން ސޮއިކޮށްފި

ދުނިޔޭގެ ސައިބަރ ކްރައިމްތަކާ ދެކޮޅަށް މަސައްކަތްކުރާ އދ.ގެ މުއާހަދާ ”ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ސައިބާކްރައިމް” ގައި ރާއްޖެއިން ރަސްމީކޮށް ބައިވެރިވެ، ސޮއިކޮށްފިއެވެ. ފޮރިން މިނިސްޓްރީން ބުނިގޮތުގައި  މި މުއާހަދާގައި ރާއްޖެއިން ސޮއިކޮށްފައި ވަނީ ވިއެޓްނާމުގައި ކުރިއަށްދިޔަ ޔޫއެން ކޮންވެންޝަން އެގެއިންސްޓް ސައިބާ ކްރައިމްގެ ހައި ލެވެލް ބައްދަލުވުމުގެ ތެރެއިންނެވެ. މި މުއާހަދާގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލެވެ. މި މުއާހަދާގައި ސޮއިކުރުމުގެ ރަ...

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް މެޑިކަލް އަދި ސްޕައުސް ވިސާ އެއް އަހަރަށް މިހާރު ލިބޭނެ
Raajje

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް މެޑިކަލް އަދި ސްޕައުސް ވިސާ އެއް އަހަރަށް މިހާރު ލިބޭނެ

ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ދޫކުރާ މެޑިކަލް ވިސާ އަދި ސްޕައުސް ވިސާގެ މުއްދަތު އެއް އަހަރު ދުވަހަށް އިތުރުކުރުމަށް ސްރީލަންކާ ސަރުކާރުން ނިންމައިފިއެވެ. މި ބަދަލު ތަންފީޒުކުރަން ފަށާނީ 2025 ވަނަ އަހަރުގެ އޮގަސްޓް 1 ވަނަ ދުވަހުން ފެށިގެންނެވެ. މިކަން ހާމަކޮށް ދިވެހި ޚާރިޖީ ވުޒާރާއިން ބުނީ ސްރީލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ އަދި ޞިއްޙީ ފަރުވާ ހޯދުމަށް ދަތުރުކުރާ ޤައުމަކަށްވެފައި، މި ނިންމުމަކީ ދިވެހި ރައްޔިތުންނަށް ވިސާއާ ގުޅޭ ކަންކަމުގައި ދިމާވާ ގޮންޖެހުންތަކ...

ޔަހޫދީން އަޤްޞާ މިސްކިތުގެ ހުރުމަތްކެނޑުން ދިވެހި ސަރުކާރުން ކޮށްވެރިކޮށްފި
Raajje

ޔަހޫދީން އަޤްޞާ މިސްކިތުގެ ހުރުމަތްކެނޑުން ދިވެހި ސަރުކާރުން ކޮށްވެރިކޮށްފި

އިޒްރޭލުގެ ސަލާމަތީ ބާރުތަކުގެ އެހީގައި، މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމުގައިވާ މަސްޖިދުލްއަޤްޞާއަށް އިޒްރޭލުގެ ޤައުމީ ސަލާމަތާބެހޭ ޖައްބާރު ވަޒީރު އިތަމާރް ބެން ގަވީރް އާއި އެހެން ޔަހޫދީންތަކެއް ވަދެ، އެ މާތް މިސްކިތުގެ ހުރުމަތް ކެނޑުމާ ގުޅިގެން ދިވެހި ސަރުކާރުން އެ ޢަމަލު ކުށްވެރިކޮށްފިއެވެ. މިކަމާ ގުޅިގެން ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި ޢަމަލަކީ ބައިނަލްއަޤްވާމީ ޤާނޫނާއި، އިސްލާމީ މުޤައްދަސް ބިނާތަކުގެ ހުރުމަތް ކަނޑާލުމުގެ އިތުރުން، އެފަދަ ތަންތަ...

ފަލަސްތީނުގައި މިނިވަން ދައުލަތެއް ޤާއިމްކުރުމާއި ގުޅޭ ކޮންފަރެންސްގައި ރާއްޖެ
International

ފަލަސްތީނުގައި މިނިވަން ދައުލަތެއް ޤާއިމްކުރުމާއި ގުޅޭ ކޮންފަރެންސްގައި ރާއްޖެ

އދ.ގެ ޤަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ފަލަސްޠީނުގެ މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމްކުރުމާ ގުޅޭގޮތުން އެކުވެރި ދައުލަތްތައް (އދ)ގެ މައި މަރުކަޒުގައި ބޭއްވި މަތީ ފެންވަރުގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ. ޚާރިޖީ ވުޒާރާއިން ބުނިގޮތުގައި ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަޤްސަދުގައި ނިއު ޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ބޭއްވި ހައި ލެވަލް އިންޓަރނޭޝަނަލް ކޮންފަރަންސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލިއުޝަން ގައި ދިވެހިރާއްޖެއިން ވަނ...