މޫސުމީ ފިޔަވަޅު އިތުރުކުރުމަށް ރާއްޖެއިން ކެނޑިނޭޅި މަސައްކަތްކުރާނެ: ޝައުނާ
މޫސުމީ ފިޔަވަޅު އިތުރުކުރުމަށް ކެނޑިނޭޅި މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ތިމަވެއްޓާއި ބެހޭ ވަޒީރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީި މިހާރު ކުރިޔަށްދާ 7 ވަނަ އޭބީޔޫ މީޑިއާ ސަމިޓް އޮން ކްލައިމެޓް އެކްޝަން އެންޑް ޑިޒާސްޓަރ ޕްރިވެންޝަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ޝައުނާ ވިދާޅުވީ މޫސުމީ ކަންކަމުން އަރައިގަތުމަށް ރާއްޖެއިން ކުރެވެންހުރި ހުރިހާކަމެއް ކުރަމުންދާ ކަމަށާއި އެގޮތުން ޖަޒީރާ ރަށްތަކުގެ އައްސޭރިފަށާއި، ގޮނޑުދޮށް ގިރުމުގެ މައްސަލަތަކުން ރައްކ...