މޫސުމީ މާލިއްޔަތާއި ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއިން ޕޯސްޓްގްރެޖުއޭޓް ސްކޮލާޝިޕްތަކެއް ދީފި
މޫސުމީ މާލިއްޔަތާއި (ކްލައިމެޓް ފައިނޭންސް)، ދެމެހެއްޓެނިވި ތަރައްޤީ އަދި ފެނުގެ ދާއިރާއިން ރާއްޖެއަށް ބޭނުންވާ ޚާއްޞަ ފަންނީ ޤާބިލުކަން އިތުރުކުރުމުގެ މަޤްޞަދުގައި، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ޕޯސްޓްގްރެޖުއޭޓް ސްކޮލަރޝިޕްތަކެއް ދީފިއެވެ. އެ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ސްކޮލަރޝިޕްތަކަކީ ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) ގެ މާލީ އެހީތެރިކަމާއެކު، އަދި ޖަރުމަނުގެ ޖީ.އައި.ޒެޑްގެ ފަންނީ އެހީތެރިކަމާއެކު ކުރިއަށްގެންދާ “ޖީ.ސީ.އެފް ރެޑިނަސް ޕްރޮޖެކްޓް” ގ...