ގަތަރުގެ ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރ ގާސިމް ބިން ސައިފް އަލް ސުލައިސީ އާއި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުވުމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ދެ ގައުމުން ވެސް ޓްރާންސްޕޯޓް ދާއިރާއިން ގުޅިގެން ކުރާނެ މަސައްކަތްތަކާ ގުޅޭ އެމްއޯޔޫއެއްގައި ސޮއިކުރުމަށް އެއްބަސްވިކަމަށެވެ. އޭގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އޭގެތެރޭގައި ވެހިކަލް ރަޖިސްޓްރޭޝަން ޑިޖިޓައިޒްކޮށް، އެކަން ބަލަހައްޓާ އުސޫލު އިތުރަށް ތަރައްގީކުރުމާއި، ސިވިލް އޭވިއޭޝަން ދާއިރާގައި ކެޕޭސިޓީ އިތުރުކުރުމުގެ އިތުރަށް އެ ދާއިރާއިން މީހުން ތަމްރީން ކުރުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިޔަ ކަމަށް ވެސް ބުނެއެވެ.
މީގެ އިތުރަށް ޕަލްބްލިކް ޓްރާސްޕޯޓް އިންފްރާސްޓްރަކްޗާއެއް ގާއިމްކޮށް، އެކަން ތަންފީޒުކުރުމާއި އެއްގަމާއި ކަނޑުގެ ސަރަހައްދުގެ ރެގިއުލޭޓަރީ އެކްސްޕަރޓީޒްއާ ގުޅޭ މަޝްވަރާތައް ކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
Minister @aishath_nahula met with Qatar’s Transport Minister HE Jassim Saif Ahmed Al-Sulaiti today. The two ministers discussed aspects of cooperation between the countries in the field of transportation. pic.twitter.com/BU1KUGhxhe
— Ministry of Transport and Civil Aviation (@MoTCAmv) March 17, 2021
އެ ބައްދަލުވުމުގައި ރާއްޖޭގެ ޓްރާންސްޕޯޓް ދާއިރާ ކުރިއެރުވުމާ ގުޅޭ ގިނަ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް އެމިނިސްޓްރީއިން ހާމަކޮށްފައިވެ އެވެ.
ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މި މަހު 14ގައި ރަސްމި ދަތުރުފުޅެއްގައި ގަތަރަށް ވަޑައިގެންނެވިއިރު މިނިސްޓަރ ނަހުލާ ހިމެނިވަޑައިގަންނަވަނީ ރައީސް އާ އެކު އެގައުމަށް ވަޑައިގެންނެވި ވަފުދުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!