މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީން ދޫކުރަމުންދާ ލައިސަންސް ކާޑާއި ރަޖިސްޓްރީތައް އަމިއްލައަށް ގޮސް ނެގޭނެ ހާއްސަ މެޝިނެއް ބަހައްޓައިފި އެވެ.

މީގެ ކުރިން ކިއު ނަންބަރު ދޫކޮށްގެން އެ އޮތޯރިޓީގެ ކައުންޓަރުން އެކަން ކުރަމުން އައިނަމަވެސް މިއަދު އިފްތިތާޙްކުރި މި ޚިދުމަތާއިއެކު މިކަމަށްވެސް މިވަނީ ފަސޭހަތަކެއް ލިބިފައެވެ.

Ad
rt

އެ ހިދުމަތް މިއަދު ފައްޓަވައި ދެއްވީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއެވެ.

އެ މިިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ, ލައިސަންސް ކާޑާއި ރަޖިސްޓަރީތައް ދެން ދޫކުރަމުންގެންދާނީ އެ އޮފީހުގެ 2 ވަނަ ފަންގިފިލާގައި ބަހައްޓާފައިވާ ސެލްފް ކަލެކްޝަން ސްޓޭޝަންއިން ކަމަށެވެ.

އެމިނިސްޓްރީއިން އިއްޔެ މިގެނައި ބަދަލާއިއެކު ކާޑު ހެއްދުމުން ހުށައަޅާ ފަރާތަށް އެސްއެމްއެސްއެއް މެދުވެރިކޮން ކާޑު ތައްޔާރުވިކަން އަންގައިދޭ މެސެޖެއް ލިބޭނެ އެވެ. ހާއްސަ ކުރެވިފައިވާ ފޮށީގައި 12 ގަޑިއިރު ވަންދެން ކާޑު އޮންނާނެއެވެ.

ރަސްމީކޮން އެ ހިދުމަތް އިއްޔެ ފެށިނަމަވެސް, ކޯވިޑް19 އާއި ގުޅިގެން ލައިންސަންސް އާ ކުރުމާއި ލައިންސަންސް ކާޑު ހެދުން ވަނީ މެދުކަނޑާލާފަ އެވެ. މިދިޔަ އަހަރުން ފެށިގެން ލައިސަންސް ހެއްދުމާއި ކާޑުއާ ކުރުން އެދެން ޖެހެނީ އޮންލައިންކޮށެވެ.