12 ވަނަ ޓްރާންސްޕޯރޓް އަދި ކޮމިއުނިކޭޝަން ފޯރަމްގައި މިނިސްޓަރ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ބައިވެރިވެ ވަޑައިގެންފިއެވެ.
ތުރުކީގެ އިސްތަންބުލްގައި ކުރިއަށް ދިޔަ މި ފޯރަމް އަކީ ދުނިޔޭގެ 55 ގައުމަކުން ބައިވެރިވި ފޯރަމް އެކެވެ. ބުދަ ދުވަހު ފެށި މި ފޯރަމް ނިންމާލީ މިއަދުއެވެ.
މި ފޯރަމްގައި މިނިސްޓަރ ނަހުލާ ވަނީ މިނިސްޓަރުންގެ ވަށް މޭޒުގައި ތަގުރީރު ކުރައްވާފައެވެ. ފޯރަމްގައި ބައިވެރިވި ގައުމުތަކުގެ ހުރިހާ ޓްރާންސްޕޯރޓް މިނިސްޓަރުން ތިއްބެވި ވަށް މޭޒުގައި ވާހަކަފުޅު ދައްކަވަމުން ނަހުލާ ވަނީ ދިވެހި ސަރުކާރުން ދަތުރުފަތުރާއި ބެހޭ ޕޮލިސީތަކަށް ގެންނަން ރޭވިފައި ހުރި ބަދަލުތަކަށް އަލިއަޅުއްވާލާފައެވެ.
އަދި ރާއްޖެއިން ކުރިއަށް އޮތްތާގައި ޒަމާނީ ވަސީލަތްތަކަށް ހޭނި ސަރުކާރުގެ ވައުދެއްކަމަށްވާ، 2030 ވަނަ އަހަރާ ހަމައަށް ނެޓް-ޒީރޯ ގެ އަމާޒު ކާމިޔާބުކުރުމަށް ރޭވިފައިވާކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ނެޓް-ޒީރޯ އަކީ ކާބޮން ނިއުޓްރަލިޓީ ނުވަތަ ވައި ނުސާފުވާފަދަ ގޭސްތައް މަދުކުރުމެވެ. މި ކަމުގެ ސަބަބުން ދުނިޔެ ހޫނުވުން ނުވަތަ ގްލޯބަލް ވާމިންގް އިން ސަލާމަތް ވުމަށް މަގުފަހުވާ ކަމުގައި ބޭރުގެ ލިއުންތަކުގައި އައިސްފައިވެ އެވެ.
މީގެ އިތުރުން، މި އަހަރުގެ ފޯރަމުގެ މައިގަނޑު ތީމް އަކީ " ލޮޖިސްޓިކް-މޮބިލިޓީ-ޑިޖިޓަލައިޒޭޝަން " އެވެ. އެއީ ދަތުރުފަތުރު ކުރުމުގައި އަދި މުދާ ބޭރުކުރުމުގައި ޒަމާނީ ވަސީލަތްތަށް ބޭނުންކޮށް މަސައްކަތް އަވަސް ކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!