Skip to main content
Topic Archive

#މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)

36 Stories filed
ސަރުކާރުން ލިބެންޖެހޭ ފައިސާ، މީރާގެ ޓެކުހާ އަޅައިކެނޑޭނެ އިންތިޒާމު ހަމަޖައްސައިފި
News

ސަރުކާރުން ލިބެންޖެހޭ ފައިސާ، މީރާގެ ޓެކުހާ އަޅައިކެނޑޭނެ އިންތިޒާމު ހަމަޖައްސައިފި

ދައުލަތުގެ އިދާރާތަކުން ވިޔަފާރިތަކަށް ލިބެންޖެހި ނުލިބި ހުރި ފައިސާ، މީރާއަށް ދައްކަންޖެހޭ ޓެކުހާ އަޅައިކެނޑޭނެ އިންތިޒާމު މާލީ ވުޒާރާއިން ހަމަޖައްސައިފިއެވެ.

ޓެކްސް ކޮމިޝަނަރުކަމަށް އަމީޒާ އައްޔަންކޮށްފި
Raajje

ޓެކްސް ކޮމިޝަނަރުކަމަށް އަމީޒާ އައްޔަންކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ގދ. ގައްދޫ، ކޯޒީރައުންޑް، ފާޠިމަތު އަމީޒާ، މިއަދު އައްޔަންކުރައްވައިފިއެވެ. މި މަޤާމަށް އަމީޒާ އައްޔަންކުރައްވާފައިވަނީ 16 ޖުލައި 2026 ވީ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އަމީޒާއަކީ މީރާގައި 16 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. މި މަޤާމަށް އައްޔަންކުރެއްވުމުގެ...

މިދިޔަ މަހުގެ ނިއަލަށް އާމްދަނީގެ ގޮތުގައި 512 މިލިއަން ޑޮލަރު ލިބުނު: މީރާ
Business

މިދިޔަ މަހުގެ ނިއަލަށް އާމްދަނީގެ ގޮތުގައި 512 މިލިއަން ޑޮލަރު ލިބުނު: މީރާ

މިއަހަރުގެ މާރިޗް މަހުގެ ނިޔަލަށް ދައުލަތުގެ އާމްދަނީގެ ގޮތުގައި 512 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ. މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މާރިޗް މަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި 512,444,534 ޑޮލަރު ބަލައިގެންފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބިފައި...

ޓެކުހަށް މަކަރު ހެދުމުގެ ގިނަ ދައުވާތަކެއް އަލީ ލަތީފާއި އިކްލީލްގެ މައްޗަށް ކުރަން ކޯޓަށް
Raajje

ޓެކުހަށް މަކަރު ހެދުމުގެ ގިނަ ދައުވާތަކެއް އަލީ ލަތީފާއި އިކްލީލްގެ މައްޗަށް ކުރަން ކޯޓަށް

ކޮވިޑް-19 ގެ ދުވަސްވަރު ރާއްޖޭގައި ޕީސީއާރް ޓެސްޓިންގެ ހިދުމަތް ފޯރުކޮށްދީގެން ހޯދި އާމްދަނީގެ މައުލޫމާތު ސިއްރުކޮށް, ގަސްދުގައި ޓެކުހަށް މަކަރު ހެދި ކަމަށް ތުހުމަތުވާ މައްސަލާގައި ޑރ. އަލީ އަބްދުالله ލަތީފާއި ޑރ. އިކްލީލް ޝަރީފްގެ މައްޗަށް ދައުވާތަކެއް ދައުވާކޮށް، ކޯޓަށް ފޮނުވައިފި އެވެ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ތަހުގީގުކުރި އެ މައްސަލާގައި އެ ދެ ޑޮކްޓަރުންގެ މަސްލަހަތު އޮންނަ އައިލެންޑް ހެލްތް ސޮލިއުޝަންސް އާއި ޕައިނިއާ މޯލްޑިވްސްއިން އާމްދަނީގެ މައުލޫމާތު އޮޅުވާލައި...

ދެ ކުންފުންޏަކަށާއި ދެ ޑޮކްޓަރެއްގެ މައްޗަށް ޓެކުހަށް މަކަރުހެދިކަމަށް ދައުވާ
Raajje

ދެ ކުންފުންޏަކަށާއި ދެ ޑޮކްޓަރެއްގެ މައްޗަށް ޓެކުހަށް މަކަރުހެދިކަމަށް ދައުވާ

ކޯވިޑް-19ގެ ޕެންޑެމިކް ދުވަސްވަރު ފުޅާ ދާއިރާއެއްގައި ޕީ.ސީ.އާރ ޓެސްޓިންގގެ ޚިދުމަތް ދިން ދެ ކުންފުންޏެއް ކަމަށްވާ ޕައިނިއަރ މޯލްޑިވްސް އާއި އައިލެންޑް ހެލްތް ސޮލިއުޝަންސް އިން ޓެކުހަށް މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ތަހުގީގުކޮށް ދައުވާ ކުރުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ. މި މައްސަލައަކީ ޕީ.ސީ.އާރ ޓެސްޓިންގގެ ޑިމާންޑް ބޮޑުވި ދުވަސްވަރު އެ ޚިދުމަތް ދިނުމުގައި އިސްކޮށް އުޅުނު މި ދެ ކުންފުންޏާއި، އެ ކުންފ...

މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 107 މިލިޔަން ރުފިޔާ 
News

މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 107 މިލިޔަން ރުފިޔާ 

2025 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 107 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 4.8 އިންސައްތަ އިތުރު އަދަދެކެވެ. މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ އަހަރުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބިފައިވަނީ މާރޗު މަހުގައެވެ. އެ މަހު އެކަނިވެސް 23 މިލިޔަން ރުފިޔާ ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބިފައިވެއެވެ. ޒަކާތުގެ ނިސާބާއި އުސޫލުތައް މުދަލު […]

ދަރުމަވަންތަ ހޮސްޕިޓަލްގެ މަޝްރޫއު ހިންގި ކުންފުނި އަތުން 200 މިލިއަން ހޯދަން މީރާއިން ދައުވާކުރަނީ
Raajje

ދަރުމަވަންތަ ހޮސްޕިޓަލްގެ މަޝްރޫއު ހިންގި ކުންފުނި އަތުން 200 މިލިއަން ހޯދަން މީރާއިން ދައުވާކުރަނީ

ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތްކުރި ސިންގަޕޫރުގެ ޝަންގް ހުއާ ކޮންސްޓްރަކްޝަންގެ އަތުން، އެ މަޝްރޫއާ ގުޅިގެން ޖީއެސްޓީގެ ގޮތުގައި 200 މިލިއަން ރުފިޔާ ހޯދުމަށް މީރާއިން ދައުވާކޮށްފި އެވެ. އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް އެޅުމަށް 140 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) އަށް ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ހަވާލުކުރި ޝަންގް ހުވާ ކޮންސްޓްރަކްޝަން ކުންފުނި އަތުން ޖީއެސްޓީ އާއި ޖޫރިމަނާގެ ގޮތުގައި 200 މިލިއަން ހޯދަން މީރާއިން ދައުވާކުރީ އެ ފައިސާ އެ […]

މީރާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ހުޅުވާލައިފި
Raajje

މީރާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ހުޅުވާލައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑިރެކްޓަރުންގެ ބޯޑު ހަތަރު މަގާމަށް ހުޅުވާލައިފިއެވެ. ރައީސް އޮފީހުން މިއަދު މީރާގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މި ފުރުސަތު ހުޅުވާލާފައި މި ވަނީ އެތަނުގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންގެ މުއްދަތު ހަމަވާތީއެވެ. މި ފުރުޞަތު ހުޅުއްވާލައްވާފައިވަނީ، މިއަދުން ފެށިގެން 6 ޖުލައި 2025 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވ...

ޓެކްސް ކޮމިޝަނަރުގެ މަގާމަށް ޒަރީރު ޢައްޔަނުކޮށްފި
Raajje

ޓެކްސް ކޮމިޝަނަރުގެ މަގާމަށް ޒަރީރު ޢައްޔަނުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ޙަސަން ޒަރީރު މިއަދު ޢައްޔަން ކުރައްވައިފިއެވެ. ޒަރީޒު މި މަޤާމަށް އައްޔަން ކުރައްވާފައިވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. ޒަރީރަކީ ޓެކްސް އަދި އޮޑިޓާ ގުޅޭ އެކި މަޤާމުތަކުގައި 2000 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ފަހުން އަދާކުރައްވާފައިވަނީ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑ...

މީރާގެ ކޮމިޝަނާ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
Raajje

މީރާގެ ކޮމިޝަނާ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލައިފިއެވެ. މި މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 20 އަދި 21 ފެބުރުވަރީ ވަނަ ދުވަހު ހެނދުނު 08:00 އިން މެންދުރު 12:00 އަށް ރައީސް އޮފީހުންނެވެ. މި މަގާމަށް ކުރިމަތިލެއްވުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް https://presidency.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ. މީރާގެ ކޮމިޝަނާ ޖެނެރަލ...

މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް 2 ބިލިއަން ރުފިޔާގެ އާމްދަނީއެއް
Business

މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް 2 ބިލިއަން ރުފިޔާގެ އާމްދަނީއެއް

މިދިޔަ މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، (މީރާ) މެދުވެރިކޮށް ދައުލަތަށް 2.01 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 61.3 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިއީ ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 29.7 އިންސައްތަ އިތުރު އަދަދެކެވެ. މީރާއިން މައުލޫމާތު ދޭގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ލިބުނު އާމްދަނީއާ އަޅައިބަލާއިރު މިދިޔަ އޮކްޓޯބަރު މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު...

"ކޮމްޕްލަޔަންސް ޑޭ" ފާހަގަކުރުމަށް މީރާ އިން ވިޔަފާރިތަކަށް ޒިޔާރަތް ކުރަނީ
Business

"ކޮމްޕްލަޔަންސް ޑޭ" ފާހަގަކުރުމަށް މީރާ އިން ވިޔަފާރިތަކަށް ޒިޔާރަތް ކުރަނީ

“ކޮމްޕްލަޔަންސް ޑޭ”ގެ ހަރަކާތުގައި މީރާގެ ޓީމުތަކުން މާލެއާއި މީރާގެ އޮފީސްތައް ގާއިމުވެފައިވާ ރަށްރަށުގެ ވިޔަފާރިތަކަށް މިއަދު ޒިޔާރަތް ކުރާނެކަމަށް މީރާއިން މައުލޫމާތު ދެއްވައިފިއެވެ. އެ އިދާރާ އިން ވިދާޅުވީ މިއަދުގެ ހަރަކާތްތައް މި ފަހަރު ހާއްސަކޮށްފައިވަނީ މީރާއިން ކުރިއަށްގެންދާ “ފަންސައާހި” ކެމްޕޭނުގެ ދަށުން، ޓެކްސް ދައްކާ ފަރާތްތަކުން ސުންގަޑިއަށް ޓެކްސް ބަޔާން ހުށަހެޅުމުގައި ދިމާވާ ދަތިތައް ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. ފަންސައާހި ކެމްޕޭންގެ މަގުސަދަކީ މީރާއަށް ހުށަހަ...

މިއަހަރުގެ އޮގަސްޓު މަހު ދައުލަތަށް ލިބުނު އާމްދަނީ 17 އިންސައްތަ ދަށްވެއްޖެ
Raajje

މިއަހަރުގެ އޮގަސްޓު މަހު ދައުލަތަށް ލިބުނު އާމްދަނީ 17 އިންސައްތަ ދަށްވެއްޖެ

ފާއިތުވި އޮގަސްޓް މަހު ދައުލަތަށް ލިބުނު އާމްދަނީ، ފައިބެއަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު، 17 އިންސައްތަ ދަށްވެފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެ އިދާރާގެ ތަފާސް ހިސާބުން ދައްކާގޮތުގައި މިދިޔަ 2022 ވަނަ އަހަރުގެ އޮގަސްޓް މަހު 391 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޮގަސްޓް މަހު މި އަދަދުވަނީ 324 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. މީގެ އިތުރުން ފާއިތުވި އޮގަސްޓް މަހު ރާއްޖެއަށް އިމްޕޯޓް […]

އޯގަސްްޓު މަހު މީރާއިން 1.60 ބިލިއަން ރުފިޔާ ބަލައިގެންފި
Raajje

އޯގަސްްޓު މަހު މީރާއިން 1.60 ބިލިއަން ރުފިޔާ ބަލައިގެންފި

ނިމިދިޔަ އޮގަސްޓު މަހު، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 1.60 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އިދާރާ އިން މައުލޫމާތު ދީފިއެވެ. މީރާގެ ތަފާސް ހިސާބުން ދައްކާގޮތިގައި މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %21.0 އިތުރު އަދަދެކެވެ. އެހެންނަމަވެސް މިއަހަރުގެ އޮގަސްޓު ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %7.7 މަދު އަދަދެއް ކަމަށް އެ އިދާރާ އިން ހާމަކުރައްވައެވެ. މިރާ އިން ވިދާޅުވީ މިދިޔަ އަހަރުގެ އޮގަސްޓު މަހު ލިބުނު އާމްދަނީ […]

މިއަހަރުގެ ޖުލައި މަހު 4.7 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފި
Raajje

މިއަހަރުގެ ޖުލައި މަހު 4.7 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފި

މިއަހަރުގެ ޖުލައި މަހު 4.7 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުން ދައްކައިފިއެވެ. އެ އިދާރާ އިން ނެރުނު ތަފާސްހިސާބުން ދައްކާ ގޮތުގައި ފާއިތުވި ޖުލައި މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2022 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު، 12 އިންސައްތަ ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ 2022 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖެއަށް 4.2 ބިލިއަން ރުފިޔާގެ މުދާ […]