"ކޮމްޕްލަޔަންސް ޑޭ"ގެ ހަރަކާތުގައި މީރާގެ ޓީމުތަކުން މާލެއާއި މީރާގެ އޮފީސްތައް ގާއިމުވެފައިވާ ރަށްރަށުގެ ވިޔަފާރިތަކަށް މިއަދު ޒިޔާރަތް ކުރާނެކަމަށް މީރާއިން މައުލޫމާތު ދެއްވައިފިއެވެ.

އެ އިދާރާ އިން ވިދާޅުވީ މިއަދުގެ ހަރަކާތްތައް މި ފަހަރު ހާއްސަކޮށްފައިވަނީ މީރާއިން ކުރިއަށްގެންދާ "ފަންސައާހި" ކެމްޕޭނުގެ ދަށުން، ޓެކްސް ދައްކާ ފަރާތްތަކުން ސުންގަޑިއަށް ޓެކްސް ބަޔާން ހުށަހެޅުމުގައި ދިމާވާ ދަތިތައް ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

Ad
d

ފަންސައާހި ކެމްޕޭންގެ މަގުސަދަކީ މީރާއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާން ސުންގަޑިއަށް ހުށަހަޅާ މިންވަރު އިތުރަށް އިތުރުކުރުމެވެ.

މީރާ އިން ވިދާޅުވީ ކަނޑައަޅައިފައިވާ ސުންގަޑިއަށް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަކީ، ޓެކްސް އިދާރާގެ ރެކޯޑްތަކުގައި އެ ޓެކްސް ދައްކާ ފަރާތަކީ ޓެކުހުގެ ޤާނޫނުތަކުގެ ދަށުން އަދާކުރަންޖެހޭ ޓެކްސް ބަޔާން ހުށަހެޅުމުގެ އިލްތިޒާމުތައް ސުންގަޑިއަށް އަދާކުރާ ފަރާތެއްގެ ގޮތުގައި ފާހަގަވާ ކަމަށެވެ.

މީގެ އިތުރުން އެ ފަރާތުގެ "ކޮމްޕްލަޔަންސް ސްކޯ" ރަނގަޅުވެ، މީރާއިން ޓެކްސް ދައްކާ ފަރާތްތަކަށް ދެވޭ ލުއިތަކުގައި އެ ފަރާތަކަށް އިސްކަން ދެވިގެންދާނެ ކަމެއް ކަމުގައި ވެސް މީރާ އިން ދެކެއެވެ.

Ad
df

އެހެން ކަމުން ޓެކްސް ދައްކާ ފަރާތްތަކުން ސުންގަޑިއަށް ޓެކްސް ބަޔާން ހުށަހެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މީރާ އިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ޓެކްސް ބަޔާން ހުށަހެޅުމުގައި އެހީތެރިކަމެއް ބޭނުންވާނަމަ، މީރާއިން މިއަދު ހިންގާ ހަރަކާތުގެ ތެރެއިން މީރާގެ ޓީމުތަކުގެ ތަކުގެ އެހީތެރިކަން ހޯދުމަށް ވެސް ވަނީ އެދިލައްވާފައެވެ.