މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

97 Stories filed
ޑރ. އަނާރާ އާއި ޑރ. ޝަހީމްގެ ތާއީދު ޑރ. މުއިއްޒަށް!
Raajje

ޑރ. އަނާރާ އާއި ޑރ. ޝަހީމްގެ ތާއީދު ޑރ. މުއިއްޒަށް!

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ޑރ. އަނާރާ ނައީމް އާއި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސައީދު ތާއީދު ކުރައްވަނީ ޕީއެންސީ، ޕީޕީއެމް ގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަށް ކަން ހާމަކުރައްވައިފިއެވެ. އަނާރާ ކުރައްވާފައިވާ ޓްވީޓެއްގައި މުއިއްޒު އާއި ގުޅޭގޮތުން ވިދާޅުވީ ދިވެހީންނަށް ފަހި ހަރުދަނާ ހާރިޖީ ސިޔާސަތެއް ގެންގުޅުއްވާނެ ކަމަށާއި އިސްލާމްދީނުގެ އުސޫލުތަކަށް ރިޢާޔަތްކުރައްވާނެ ކަމަށެވެ. އަދި އަންހެނުންނަށް ހަމަހަމ...

މިހާރު އަރަބިއްޔާ ސްކޫލު ކުދިން ބަދަލުކޮށްފައިވާ ތަނަކީ "ޓިނު ގުދަނެއް": މުޢިއްޒު
Raajje

މިހާރު އަރަބިއްޔާ ސްކޫލު ކުދިން ބަދަލުކޮށްފައިވާ ތަނަކީ "ޓިނު ގުދަނެއް": މުޢިއްޒު

އަރަބިއްޔާ ސްކޫލު ސްކޫލު ކުދިން މިހާރު ބަދަލުކޮށްފައިވާ ތަނަކީ “ޓިނު ގުދަނެއް” ކަމަށް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިހާރު އުތުރުގެ ރަށްތަކަށް ކުއްރަވުން ގެންދަވާ ދަތުރުފުޅުގައި، ށ ކަނޑިތީމުގައި ވާހަކަފުޅު ދައްކަވަމުން މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި އިސްލާމީ ތަޢުލީމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެކަމަށާއި، އަރަބިއްޔާ ސްކޫލު ހިންގުމަށް މާލެއިން ބޮޑު ބިމެއް ކަނޑައަޅުއްވާނެކަމަށެވެ. މުޢިއްޒުގެ ވާހަކަފުޅުގައ...

ޕީއެންސީގެ ވެރިކަމެއްގައި ޕާކިން ޖޫރިމަނާ އެއްކޮަށް މައާފުކޮށްދޭނަން: މުއިއްޒު
Raajje

ޕީއެންސީގެ ވެރިކަމެއްގައި ޕާކިން ޖޫރިމަނާ އެއްކޮަށް މައާފުކޮށްދޭނަން: މުއިއްޒު

ޕީއެންސީގެ ވެރިކަމެއްގައި ގަވައިދާ ހިލާފަށް ޕާކުކޮށްގެން ކޮށްފައިވާ ހުރިހާ ޕާކިން ޖޫރިމަނާ ކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިއަހަރުގެ ސެޕްތެްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒު މިހެން ވިދާޅުވީ ކެމްޕެއިނަށް ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުގައި އެ އަތޮޅު ފުނަދޫގައި ވާހަކަ ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީި މި ސަރުކާރުން ވެރިކަމަށް އައީ ޕާކުކުރާނެ...

ކަނޑިތީމުގެ ކުނި މެނޭޖް ކުރުމާއި ރަށް ގިރުމުގެ މައްސަލައަށް ހައްލު ހޯދައިދޭނަން: މުޢިއްޒު
Raajje

ކަނޑިތީމުގެ ކުނި މެނޭޖް ކުރުމާއި ރަށް ގިރުމުގެ މައްސަލައަށް ހައްލު ހޯދައިދޭނަން: މުޢިއްޒު

ކަނޑިތީމުގެ ކުނި މެނޭޖް ކުރުމާއި ރަށް ގިރުމުގެ މައްސަލައަށް ހައްލު ހޯދައިދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މުއިއްޒު މިހެން ވިދާޅުވީ ށ. އަދި ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި ށ. ކަނޑިތީމު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ އެރަށަށް ވެސް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން އެންމެބޮޑު އެއް މައްސަލަ ކަމަށްވާ ކުނި މެނޭޖް ކުރުމަށް ހައްލެއް ގެނެސްދެއްވާނެ ކަމަށާއި...

ޑރ. މުއިއްޒު މިއަދު ށ. އަދި ނ. އަތޮޅަށް
Raajje

ޑރ. މުއިއްޒު މިއަދު ށ. އަދި ނ. އަތޮޅަށް

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިން ދަތުރުތައް ށ. އަދި ނ. އަތޮޅަށް މިއަދު ފައްޓަވާނެކަން ހާމަކޮށްފިއެވެ. މުއިއްޒުގެ ތަރުޖަމާން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލު ވިދާޅުވީ އައްޑޫ ސިޓީއަށާް ކުރެއްވި ދަތުރަށްފަހު މުއިއްޒު ރޭގެ ވަގުތެއްގައި މާލެ ވަޑައިގެންފައިވާ ކަމަށާއި ށ. އަދި ނ. އަތޮޅަށް މިއަދު ފުރާވަޑައިގަންނަވާނެ ކަމަށެވެ. މި ދަތުރުގައި އެ އަތޮޅުގެ […]

ދިވެހިންގެ މިނިވަންކަމަށްވުރެ އިސްކުރާނެ އެއްވެސް ކަމެއް ނޯންނާނެ: މުއިއްޒު
Raajje

ދިވެހިންގެ މިނިވަންކަމަށްވުރެ އިސްކުރާނެ އެއްވެސް ކަމެއް ނޯންނާނެ: މުއިއްޒު

ދިވެހިންގެ މިނިވަންކަމަށްވުރެ އިސްކުރާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ޕީއެންސީ ގެ ރިޔާސީ ކެންޑިޑޭޓު، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އައްޑޫ ސިޓީ ހުޅުދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ވެރިކަމާއި ހަވާލުވުމަށްފަހު، މިނިވަންކަމުގެ ދިފާއުގައި ކުރަންޖެހުނު ކޮންމެ ކަމެއް ސާބިތުކަމާއިއެކު ކުރައްވާނެ ކަމަށެވެ. އަދި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަކީ ދިވެހި ރައްޔިތުންގެ ވާޖިބެއް ކަމަށެވެ. ޗާގޮސް މައްސަލައަށް އިޝާރާތް ކުރައްވާ...

18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ގޯއްޗެއް ނުވަތަ އެޕާޓްމަންޓެއް ކަށަވަރު ކޮށްދޭނަން: މުއިއްޒު
Raajje

18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ގޯއްޗެއް ނުވަތަ އެޕާޓްމަންޓެއް ކަށަވަރު ކޮށްދޭނަން: މުއިއްޒު

ޝަރުތު ފުރިހަމަވާ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ގޯއްޗެއް ނުވަތަ އެޕާޓްމަންޓެއް ކަށަވަރު ކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އޭނާ މިހން ވިދާޅުވީ މެނިފެސްޓޯ ހާމަކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ އަލަށް ގެދޮރު އިމާރާތްކުރާ ހުރިހާ ފަރާތްތަކަށް، ފަސޭހައިން ދައްކާ ޚަލާސްކުރެވޭނެ ގޮތަށް، 5 އިންސައްތައިގެ އިންޓްރެސްޓް ރޭޓުގައި، ގެދޮރުވެރިކަމުގެ ބޭންކް ލޯނު ލިބޭނެ އިންތިޒާމު ވެސ...

ދިއްދޫ ބިން ހިއްކާ، އެއާޕޯޓެއް އަޅައިދޭނަން: މުއިއްޒު
Raajje

ދިއްދޫ ބިން ހިއްކާ، އެއާޕޯޓެއް އަޅައިދޭނަން: މުއިއްޒު

ހއ. ދިއްދޫގައި ބިން ހިއްކާ އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެެވެ. އޭނާ މިހެން ވިދާޅުވީި ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ބޮޑު ތިލަދުންމައްޗަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުގައި ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަގަ ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީ އެރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އުންމީދަކީ އެ ރަށުގައި އެއާޕޯޓެއް އެޅުން ކަމަށާއި އެއީ މާ އުނދަގޫ ކަމެއް ނޫން ކަމަށެވެ. އަދި އޭނާގެ ވެރިކަމެއްގައި ދިއްދޫގައ...

ހޯރަފުށީ ބިން ހިއްކައި ވަޒީފާގެ ފުރުސަތު އިތުރުކުރާނަން: މުއިއްޒު
Thiladhunmathi News

ހޯރަފުށީ ބިން ހިއްކައި ވަޒީފާގެ ފުރުސަތު އިތުރުކުރާނަން: މުއިއްޒު

ހއ. ހޯރަފުށީގައި ބިން ހިއްކައި އެ ބިމުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގައި، ވަޒީފާގެ ފުރުސަތު ލިބޭނެ އިތުރު މަޝްރޫއުތައް ހިންގަވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ބޮޑު ތިލަދުންމައްޗަށް މިހާރުކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އެރަށަށް ވަޑައިގެން ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ހޯރަފުށީގެ ރައްޔިތުން ވެސް އެންމެ ބޮޑަށް ބޭނުންވަނީ ގެދޮރުވެރިކަމާއި ވަޒީފާއާއި އާމްދަނީގެ ފުރުސަތު ކަމަށެވެ. އަދި އެރަށުގައި ގެދޮރ...

މަކުނުދޫގެ ސިއްހީ މަރުކަޒު ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީކޮށްދޭނަން: މުއިއްޒު
Thiladhunmathi News

މަކުނުދޫގެ ސިއްހީ މަރުކަޒު ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީކޮށްދޭނަން: މުއިއްޒު

މަކުނުދޫގެ ސިއްހީ މަރުކަޒު ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ ގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ހދ. މަކުނުދޫގައި ކެމްޕެއިން ޖަގަހައެއް ހުޅުވައިދެއްވުމަށްފަހު ވާހަކަ ދައްކަވަމުން މަކުނުދޫގެ ސިއްހީ ނިޒާމަށް އަލިއަޅުވައިލައްވާ މުއިއްޒު ވިދާޅުވީ އެހެން ރަށްރަށާ ދުރުގައި ވަކިން އޮތް މަކުނުދޫގައި އޮންނަން ވާނީ ކޮޅަށް ތެދުވެފައި އޮތް ސިއްހީ ނިޒާމެއް ކަމަށެވެ. އެގޮތުން އެކްސްރޭ ނެގުމާއި ސްކޭން ކުރުމާއި ކުޑަކުދިންގެ ހާއް...

ކޭލަކުނު އިކޯ ޓުއަރިޒަމްގެ ރަށަކަށް ހަދާނަން: މުއިއްޒު
Thiladhunmathi News

ކޭލަކުނު އިކޯ ޓުއަރިޒަމްގެ ރަށަކަށް ހަދާނަން: މުއިއްޒު

ހދ. ކޭލަކުނަކީ އާމްދަނީ ލިބޭނެ ތަނަކަށް ހެދޭނެ ކަމަށާއި އެއީ އިކޯ ޓުއަރިޒަމްގެ ރަށަކަށް ހަދާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކުޅުދުއްފުށީ ސިޓީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މުއިއްޒުގެ އިގުތިސާދީ ސިޔާސަތާއި ގުޅޭ ބައެއް ކަންކަން ހާމަކުރައްވައި ވިދާޅުވީ ހދ. އަތޮޅަށް އިގުތިސާދީގޮތުން މިހާރު އެންމެ ބޭނުންވެފައިވާ ކަމަކީ ފަތުރުވެރިކަން ކަމަށާއި އެކަން ކުރާނީ ޕީޕީއެމް، ޕީއެންސީގެ...

މުޢިއްޒުއަށް ކުޅުދުއްފުށި ސިޓީން ހޫނު މަރުޙަބާއެއް، ޖަލްސާ މިރޭ!
Thiladhunmathi News

މުޢިއްޒުއަށް ކުޅުދުއްފުށި ސިޓީން ހޫނު މަރުޙަބާއެއް، ޖަލްސާ މިރޭ!

ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިން ދަތުރެއްގައި ބޮޑު ތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި، ކުޅުދުއްފުށީ ސިޓީއަށް ވަޑައިގަތުމުން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ޕީޕީއެމްގެ ލީޑާޝިޕުގެ ބޭފުޅުންނާއެކު މިއަދު ހެނދުނު ފެއްޓެވި މި ދަތުރުފުޅުގައި، އަރިހުގައި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް (ސެމްބެ) އާއި އެކު، ފުރަތަމަ ވަޑައިގެންނެވި އެވެ. އެ ބޭފުޅުންނަށް މަރުހަބާ ދެއްވުމ...

މުއިއްޒު އަކީ ހެޔޮވެރިކަމެއް ކޮށްދެއްވޭނެ ގާބިލުކަން ހުރި ބޭފުޅެއް: ޑރ. އަލީ ޒާހިރު
Raajje

މުއިއްޒު އަކީ ހެޔޮވެރިކަމެއް ކޮށްދެއްވޭނެ ގާބިލުކަން ހުރި ބޭފުޅެއް: ޑރ. އަލީ ޒާހިރު

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓު، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަކީ ހެޔޮވެރިކަމެއް ކޮށްދެއްވޭނެ އިލްމާއި ގާބިލުކަން ހުރި ބޭފުޅެއް ކަމަށް ދީނީ އިލްމުވެރިޔާ ޑރ. އަލީ ޒާހިރު ބިން ސައީދު ވިދާޅުވެއްޖެއެވެ. މުއިއްޒު އާ ބައްދަލު ކުރައްވައި ވެރިކަމުގެ ތަސައްވުރު ސާފު ކުރައްވާފައިވާ ކަމަށާއި މުއިއްޒުއާ މެދު އިތުބާރު އެބަ އޮތް ކަަމަށް ވެސް އަލީ ޒާހިރު ވިދާޅުވިއެވެ. އަދި މުއިއްޒު އަކީ ހެޔޮވެރިކަމެއް […]

މުއިއްޒުގެ ކެމްޕެއިން ދަތުރުތައް ފެއްޓެވީ، ބޮޑު ތިލަދުންމަތިން
Thiladhunmathi News

މުއިއްޒުގެ ކެމްޕެއިން ދަތުރުތައް ފެއްޓެވީ، ބޮޑު ތިލަދުންމަތިން

ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިން ދަތުރެއްގައި ބޮޑު ތިލަދުންމައްޗަށް ވަޑައިގަންނަވައިފި އެވެ. މިއަދު ހެނދުނު ފެއްޓެވި މި ދަތުރުފުޅުގައި އޭނާގެ އަރިހުގައި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް (ސެމްބެ) އާއި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ލީޑަރޝިޕްގެ ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)، ޕީޕީއެމ...

މުއިއްޒު އާއި ސެމްބެގެ ތަރުޖަމާނަކަށް ތޮލާލް
Raajje

މުއިއްޒު އާއި ސެމްބެގެ ތަރުޖަމާނަކަށް ތޮލާލް

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ރަނިންމޭޓް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ގެ ތަރުޖަމާނަކަށް ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލް ހަމަޖައްސައިފިއެވެ. އެކަން ހާމަކުރައްވައި ޕީޕީއެމް އިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ދިވެހީންގެ އަދި ޕީޕީއެމް، ޕީއެންސީގެ ރިޔާސއީ ކެންޑިޑޭޓް ޑރ. މުއިއްޒު އާއި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް ގެ ސްޕޯކްސްޕާ...