މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

97 Stories filed
މުއިއްޒު ގައިގައި ހުރި ކޮލިޓީ އެހެން ކެނޑިޑޭޓެއްގެ ކިބައިން ނުފެނޭ: ޝިޔާމް
Raajje

މުއިއްޒު ގައިގައި ހުރި ކޮލިޓީ އެހެން ކެނޑިޑޭޓެއްގެ ކިބައިން ނުފެނޭ: ޝިޔާމް

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގައިގައި ހުރި ކޮލިޓީ އެހެން ކެނޑިޑޭޓެއްގެ ކިބައިން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މުއިއްޒުގެ ކެމްޕެއިން މައި ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މުއިއްޒު އާއި ސެމްބެއާއި އެކީ ފެށޭ މަސައްކަތުން އެބޭފުޅުންގެ މަސައްކަތްތައް ވަރަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ 8 […]

މުޢިއްޒު ފަހަތަށް އަރައި އިންތިހާބު ކާމިޔާބުކުރުމަށް މަސައްކަތްކުރަން އިދިކޮޅުން އެއްބަސްވެއްޖެ
Raajje

މުޢިއްޒު ފަހަތަށް އަރައި އިންތިހާބު ކާމިޔާބުކުރުމަށް މަސައްކަތްކުރަން އިދިކޮޅުން އެއްބަސްވެއްޖެ

ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު، ޕީއެންސީގެ ކެންޑިޑޭޓް މާލޭ ސިޓީގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަށް ކާމިޔާބުކޮށްދިނުމަށް ޕީޕީއެމް، ޕީއެންސީގެ ލީޑަރުން އެއްބަސްވެއްޖެއެވެ. ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެ ކޯލިޝަނުން ކާމިޔާބު ކުރާނެ ކަމަށެވެ. އަދި ދެ ޕާޓީ އޮތީ […]

ޑރ. މުއިއްޒުގެ ރަނިންމޭޓަކަށް މެންބަރު ހުސައިން
Raajje

ޑރ. މުއިއްޒުގެ ރަނިންމޭޓަކަށް މެންބަރު ހުސައިން

މިއަަހަރުގެ ސެޕްޓެމްބަރު މަަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ހައުސިން މިނިސްޓަ، މާލޭސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ހަމަޖައްސައިފިއެވެ. އެކަން ހާމަކުރައްވާ މުއިއްޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ‏އޭނާގެ ރަނިންގމޭޓްގެ ގޮތުގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަޠީފް (ސެންބެ) ހަމަޖައްސަން ނިންމައިފި ކަމަށެވެ. އަދި އޭނާއ...

ސިޓީ ކައުންސިލުން މާލެ ސިޓީގެ ހުރިހާ ގޭބިސީތަކަށް ފޮތި ކޮތަޅު ބަހަނީ
Raajje

ސިޓީ ކައުންސިލުން މާލެ ސިޓީގެ ހުރިހާ ގޭބިސީތަކަށް ފޮތި ކޮތަޅު ބަހަނީ

މާލޭގެ ގޭބީސީތަކަށް ތިމާވެއްޓާ ރައްޓެހި ގިނަފަހަރު ބޭނުންކުރެވޭ ފޮތި ކޮތަޅު ބަހަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ އެ ކައުންސިލުގެ 4 ވަނަ ދައުރުގެ 100 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. މިއަދު ބޭއްވި ޖަލްސާގައި ނިންމާފައިވަނީ މާލެ، ވިލިމާލެ، ހުޅުމާލެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވައްސަށް މާލެ ސިޓީ ކައުންސިލުން ތިމާވެއްޓާ ރައްޓެހި ކޮތަޅު އެ ކައުންސިލުގެ ޓީމުތަކުން ގޭބީސީތަކަށް ގޮސް ބަހާގޮތަށެވެ. މިކަމާއި ގުޅިގެން މި ޖަލްސާގައި މޭޔަރު ޑރ. […]

މާލެ ސިޓީ ކައުންސިލްގެ "ފަންނުވެރިޔާ" ޕްރޮގްރާމް އިފްތިތާޙް ކޮށްފި
Raajje

މާލެ ސިޓީ ކައުންސިލްގެ "ފަންނުވެރިޔާ" ޕްރޮގްރާމް އިފްތިތާޙް ކޮށްފި

މާލެ ސިޓީ ކައުންސިލްގެ “ފަންނުވެރިޔާ” ޕްރޮގްރާމް އިފްތިތާޙް ކޮށްފިއެވެ. ފަންނުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމަށް މާލެ ސިޓީ ކައުންސިލުން މި ޕްރޮގްރާމު އިފްތިތާހު ކޮށްފައިވަނީ ސަސްކެފޭގައި ބޭއްވި ހަފްލާއެއްގައި މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު އެވެ. މި ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ ފެށުމަށް ނިންމާފައިވަނީ އާރޓް އެންޑް ކްރާފްޓް ވޯކްޝޮޕެކެވެ. އެއްމަސް ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި ވޯކްޝޮޕްގެ ފުރަތަމަ ބެޗުގައި މިހައިތަނަށް 45 ޒުވާނުން ވަނީ ބައިވެރިވެފައެވެ. މޭޔަރ ވ...

މާލޭގައި ދިރިއުޅޭ 50000 އާއިލާއަށް ބޯހިޔާވަހިކަން ހޯދައިދެވޭނެ، އެވާހަކަ ދެއްކީ ކުރެވޭނެކަން ޔަގީންވާތީ: މުޢިއްޒު
Raajje

މާލޭގައި ދިރިއުޅޭ 50000 އާއިލާއަށް ބޯހިޔާވަހިކަން ހޯދައިދެވޭނެ، އެވާހަކަ ދެއްކީ ކުރެވޭނެކަން ޔަގީންވާތީ: މުޢިއްޒު

މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދެވޭނެ ކަމަށް ކެމްޕެއިންގައި ދެންނެވީ ކަމާ ބެހޭ ހުރިހައި ހޯދުންތަކެއް ހޯދައި، މައްސަލައިގެ ހައްލު ދެނެގަނެ، އެކަން ކުރެވޭނެކަން ޔަގީންވާތީކަމަށް މާލޭ ސިޓީގެ މޭޔާރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މާލެ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާ ބައްދަލު ކުރުމަށް ރޭ މާލޭ އާޓިފިޝަލް ބީޗުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އިދިކޮޅު ކޯލިޝަންގެ އެއް ނައިބު ރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޑރ. މުޢ...

މާލޭގެ 4 މިސްކިތެއްގައި ހިލޭ ސާބަހަށް ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް
Raajje

މާލޭގެ 4 މިސްކިތެއްގައި ހިލޭ ސާބަހަށް ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް

މާލޭގެ 4 މިސްކިތެއްގައި ހިލޭ ސާބަހަށް ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ހިންގުމަށް އުޔޫން އިންސްޓިޓިއުޓް އާއި މާލެ ސިޓީ ކައުންސިލާއިއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި ފަހުމްނާމާގެ މަގުސަދަކީ މާލޭ ސިޓީގައި ދިރިއުޅޭ 18 އަހަރުން ދަށުގެ ދިވެހި ކުޑަކުދިންގެ ތެރެއިން ޤުރުއާން ހިތުދަސްކުރުމަށް ބޭނުންވާ ކުދިންނަށް ޤުރުއާން ހިތުދަސްކުރުމުގެ ހުނަރު ދަސްކޮށްދީ، ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ހިންގައި ޤުރުއާން ހިތުދަސްކުރުމަށް ބޭނުންވާ ކުދިންނަށް އެ ފުރުސަތުތައް ފަހިކޮށްދިނުމެވެ. ޤުރުއާ...

މުއިއްޒުގެ ދިފާއީ ހެކިން ބަލައިގަނެވޭނެ: ކޯޓު
Raajje

މުއިއްޒުގެ ދިފާއީ ހެކިން ބަލައިގަނެވޭނެ: ކޯޓު

މާލޭގެ މޭޔަރު މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދައުވާގައި އޭނާގެ ދިފާއީ ހެކިން ބަލައިނުގަނެވޭނެ ސަބަބެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފަ އެވެ. ދޮގު ބަޔާން ދިނުމުގެ ދައުވާ މުއިއްޒުގެ މައްޗަށް ދައުލަތުން ކުރަނީ ނޫމަޑި ކުންފުންޏާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލާގައި ނެދަލޭންޑްސްގެ އާބިޓްރޭޝަނަށް ދޮގު ބަޔާނެއް އޭނާ ދެއްވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި މުއިއްޒުގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިން ބަލައިނުގަތުމަށް ދައުލަތުން އޮތީ ޝަރީއަތުގެ […]

އުކާލާ ކުނި ބޭނުންކޮށްގެން މާލޭ ސިޓީ ކައުންސިލުން ގަސްކާނާ ތައްޔާރުކުރަނީ
Raajje

އުކާލާ ކުނި ބޭނުންކޮށްގެން މާލޭ ސިޓީ ކައުންސިލުން ގަސްކާނާ ތައްޔާރުކުރަނީ

އުކާލާ ކުނި ބޭނުންކޮށްގެން މާލޭ ސިޓީ ކައުންސިލުން ގަސްކާނާ ތައްޔާރުކުރަން ނިންމައިފިއެވެ. އެ ކައުންސިލްގެ 88 ވަނަ ރަސްމީ އާންމު ޖަލްސާގައި މިގޮތަށް ނިންމީ އުކާލެވޭ ކުނީގެ ތެރޭގައި ހިމެނޭ ކާބޯތަކެއްޗާއި ފަތްޕިލާވެލި ބޭނުންކޮށްގެން ރާއްޖޭގެ މާހައުލާއި ގުޅޭ، ރައްކާތެރި ގަސްކާނާ ތައްޔާރުކުރުމުގެ ފުރުސަތު މާލޭ ސިޓީ ކައުންސިލަށް ލިބިފައިވާތީއެވެ. އަދި ރައްކާތެރި ލުއި ފަސޭހަ އަދި ޚަރަދު ކުޑަ ނިޒާމެއްގެ ތެރެއިން ގަސްކާނާ ތައްޔާރުކޮށް ފޯރުކޮށް ދިނުމަށް ބޭނުންވާތީއެވެ. އެ ޖަލްސާއަށް ހުށަހެޅިފައިވާ ކަރުދާހ...

މާލޭ ސިޓީ ކައުންސިލުން ވޭސްޓް މެނޭޖްމެންޓް ސެކްޝަނެއް
Raajje

މާލޭ ސިޓީ ކައުންސިލުން ވޭސްޓް މެނޭޖްމެންޓް ސެކްޝަނެއް

ކުނި ނެގުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް މާލޭ ސިޓީ ކައުންސިލުން ވޭސްޓް މެނޭޖްމެންޓް ސެކްޝަން ހުޅުވައިފިއެވެ. މާލެ އާއި ވިލިމާލޭގެ އާންމު ސަރަޙައްދުތަކާއި ގެތަކުން ކުނި ނެގުމުގެ މަސައްކައްތައް ހަރުދަނާ ކުރުމުގެ ގޮތުން ވޭސްޓް މެނޭޖްމެންޓް ސެކްޝަން ރަސްމީކޮށް ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒުއެވެ. މޭޔަރު މުޢިއްޒު ވިދާޅުވީ މިއަދު މިހުޅުވުނު އޮފީހަކީ މާލެ ސިޓީ ކައުންސިލުން މާލެތެރެ ކުނިކަހާ އަދި ކުނިނަގާ ސާފުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމާއި ހަވާލުވެ، އެމަސައްކަތާއިގުޅޭ...

މާލޭގައި "މަގު ފާރަވެރިން" ތައާރަފް ކުރަނީ
Raajje

މާލޭގައި "މަގު ފާރަވެރިން" ތައާރަފް ކުރަނީ

މާލޭގެ މަގުމަތީގެ ކަންކަން ބެލެހެއްޓުމަށް މަގުފާރަވެރިން އުފައްދާ އެކަމަށް މުވައްޒަފުން ނަގަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ. މިގޮތަށް އެ ކައުންސިލުން ނިންމާފައިވަނީ އެ ކައުންސިލުގެ 4 ވަނަ ދައުރުގެ 84 ވަނަ ޖަލްސާގަ އެވެ. މަގު ފާރަވެރިން މަސްއޫލިއްޔަތުގެ ތެރޭގައި މަގުމަތީގައި ދުއްވާ އުޅަނދުފަހަރު ދުއްވަނީ ގަވާއިދާ އެއްގޮތަށްތޯ ބަލައި މަގުމަތީގައި ޕާކުކޮށްފައިވާ އުޅަނދުތައް ޕާކު ކޮށްފައިވަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުން ހިމެނެ އެވެ. އަދި މަގުމައްޗާއި ޕޭވްމެންޓުގައި ބަހައްޓާފައިވާ ތަކެތި ހ...

މިސްކިތްތައް ބަލަހައްޓަން ދިނީ އެއް މިލިއަން، ހަގީގަތް އޮޅޭގޮތަށް ވާހަކަ ދެއްކުމުން ހިތާމަކުރަން: މާލޭ މޭޔަރު
Raajje

މިސްކިތްތައް ބަލަހައްޓަން ދިނީ އެއް މިލިއަން، ހަގީގަތް އޮޅޭގޮތަށް ވާހަކަ ދެއްކުމުން ހިތާމަކުރަން: މާލޭ މޭޔަރު

މާލެ ސިޓީ ކައުންސިލުން ބަލަހައްޓާ މިސްކިތްތަކުގެ އާބާތުރަ ފިލުވަން އިސްލާމިކް މިނިސްޓްރީން ސިޓީ ކައުންސިލަށް ދެއްވި ފައިސާ އާއިގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ވާހަކަ ދައްކަވާފައި ވަނީ ހަގީގަތް އޮޅޭގޮތަށް ކަމަށާއި، އެކަމާ ހިތާމަކުރައްވާ ކަމަށް މާލޭ މޭޔަރޔ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މާލެ ސިޓީ ކައުންސިލުން ވަނީ، މާލޭގެ މިސްކިތްތައް މަރާމާތު ކުރުމަށް ފަންޑު ހޯދުމަށް މިދިޔަ ހަފުތާ ބަންދުގައި ޓެލެތޯނެއް ފަށާފައެވެ. “ޗާލު މިސްކިތް” ފަންޑުނަމުގައި ކުރިއަށް ގެންދާ މި ހަރަކާތަށް ފުރަތަމަ...

މާލޭގެ މަގުތަކުގައި ބަހައްޓާފައިހުރި ޕެލެޓުތައް އަނެއްކާވެސް ނަގަން ފަށައިފި
Raajje

މާލޭގެ މަގުތަކުގައި ބަހައްޓާފައިހުރި ޕެލެޓުތައް އަނެއްކާވެސް ނަގަން ފަށައިފި

މާލޭގެ މަގުތަކުގައި ބަހައްޓާފައިހުރި ޕެލެޓުތައް އަނެއްކާވެސް ނަގަން ފަށައިފި އެވެ. މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ މާލެ ތެރޭގައި މަގުމަތީގައި ޤަވާއިދާ ޚިލާފަށް ބަހައްޓާފައި ހުރި ޕެލެޓްތައް ނެގުމުގެ މަސައްކަތް އެ ކައުންސިލުން ފަށާފައިވާ ކަމަށެވެ. މީގެ ކުރިން ވެސް އެ މަސައްކަތް ފެށުމަށްފަހު، ވަނީ ހުއްޓާލާފަ އެވެ. އެކަމާއި ގުޅިގެން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އެގޮތަށް ޕެލެޓު ބަހައްޓާފައި ހުންނަނީ ގޭގެއަށް ވަނުމަށް ފަސޭހައަކަށް ކަމަށާއި އެ ދަތިތަކަށް ހައްލެއް ހޯދައިދި...

މާލެ ސިޓީ ކައުންސިލްގެ މަދަހަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
Raajje

މާލެ ސިޓީ ކައުންސިލްގެ މަދަހަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

މާލޭ ސިޓީ ކައުންސިލްގެ މަދަހަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި އެވެ. އެ ކައުންސިލުގެ ފޭސްބުކް ޕޭޖުގައި ވިދާޅުވެފައިވަނީ އެ މުބާރާތް މިއަހަރުގެ ރަމަޟާން މަހު ވެސް އޮންނާނެ ކަމަށާއި މިއަހަރުގެ މުބާރާތް އޮންނާނީ އިތުރު ބަދަލުތަކާއެކުގައި ކަމަށެވެ. އަދި ރަނގަޅު އިނާމުތަކެއް ވެސް ލިބޭނެ ކަމަށެވެ. މިއަހަރުގެ މުބާރާތުގައި ވެސް އައު މޫނުތަކާއި ރީތި ހުށަހެޅުންތަކެއް ވެސް ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ. “މާލޭ ސިޓީ ކައުންސިލްގެ މަދަހަ މުބާރާތް 1444” ގައި ބައިވެރިވުމަށް […]

އަހުމަދިއްޔާ ސްކޫލްގެ އައު އިމާރާތުގެ ބިންގާ އަޅައިފި
Raajje

އަހުމަދިއްޔާ ސްކޫލްގެ އައު އިމާރާތުގެ ބިންގާ އަޅައިފި

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އައު އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ. އަހުމަދިއްްޔާ ސްކޫލުގެ އައު އިމާރާތުގެ ބިންގާ އެޅުމަށް އެސްކޫލުގެ ކުރީގެ އޮފީސް އިމާރާތް ހުރި ބިމުގައި މިއަދު މިކަމަށް ބޭއްވި ރަސްމިއްޔާތުގައި މާލެ ސިޓީކައުންސިލުގެ ބައެއް ކައުންސިލަރުން ބައިވެރިވެފައިވެއެވެ. މި ރަސްމިއްޔާތުގައި އެސްކޫލުގެ އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 10 ބުރީގެ އައު އިމާރާތުގެ ބިންގާ އަޅުއްވާ ދެއްވާފައި ވަނީ މާލެސިޓީގެ މޭޔަރ ޑރ. މުހައްމަދު މުޢިއްޒު އާއި އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް...