މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

97 Stories filed
ސިނަމާލެ ބްރިޖަށް 8 އަހަރު: ރައީސް ބްރިޖަށް ޒިޔާރަތް ކުރައްވައިފި
Raajje

ސިނަމާލެ ބްރިޖަށް 8 އަހަރު: ރައީސް ބްރިޖަށް ޒިޔާރަތް ކުރައްވައިފި

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް “ސިނަމާލެ ބްރިޖް” އަށް 8 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބްރިޖަށް ޒިޔާރަތްކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ބްރިޖަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓް ޑރ. ޢަބްދުﷲ މުއްޠަލިބް އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމްގެ އިތުރުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވަ ސަފީރު ކޮންގް ޒިއަންހު...

މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ އަށް ދައުވަތު ދެނީ
Raajje

މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ އަށް ދައުވަތު ދެނީ

ރާއްޖޭގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޕީއެންސީ، ޕީޕީއެމް ގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެެރިކަމާއި ހަވާލުވެވަޑައިގެން ހުވާކުރައްވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ދައުވަތު ދެއްވާނެކަމަށް ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އިންޑިޔާގެ ނޫހެއް ކަމަށްވާ ‘ދަ ހިންދޫ’އަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އަށް، ރައީސް ހުވާކުރައްވާ ޖަލްސާއަ...

ސައުދީގެ އެހީތެރިކަމާއެކު ރާއްޖޭގައި ހިންގާ މަޝްރޫއުތަކަށް އިންތިހާބީ ރައީސްގެ ޝުކުރު
Raajje

ސައުދީގެ އެހީތެރިކަމާއެކު ރާއްޖޭގައި ހިންގާ މަޝްރޫއުތަކަށް އިންތިހާބީ ރައީސްގެ ޝުކުރު

ސައުދީ އަރަބިއްޔާގެ އެހީތެރިކަމާއެކު ދރާއްޖޭގައި ކުރިޔަށްގެންގޮސްފައިވާ އަދި މިހާރުވެސް ކުރިޔަށްދާ މަޝްރޫއުތަކަށް އިބްތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފިއެވެ. އެމަނިކުފާނު ޝޫކުރު އަދާކުރެއްވީ ސައުދީ އަރަބިއްޔާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ޑރ. މުއިއްޒުގެ އަރިހަށް ކުރެއްވެވި އިހުތިރާމުގެ ޒިޔާރަތުގައެވެ. އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުކުރެއްވުމުގައި މުއިއްޒު ވަނީ އައު ސަރުކާރުން ރައްޔިތުންނަށް ވެވ...

ޕީއެންސީގެ ރައީސްގެ މަގާމަށް މުއިއްޒު ހަމަޖައްސައިފި
Raajje

ޕީއެންސީގެ ރައީސްގެ މަގާމަށް މުއިއްޒު ހަމަޖައްސައިފި

ޕީއެންސީގެ ރައީސްގެ މަގާމަށް އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސައިފިއެވެ. އެމަނިކުފާނު މި މަގާމަށް ހަމަޖައްސާފައިވަނީ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލު ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ނިންމާފައިވަނީ އެ ޕާޓީގެ ރައީސަކަށް މުއިއްޒު އަދި ނައިބު ރައީސަކަށް ރަނިންމޭޓް ހުސައިން ހަމަޖެއްސުމަށެވެ. އެގޮތަށް ނިންމީ ޕީއެންސީ ކައުންސިލް ބައްދަލުވުމަށް ހާޒިރުވި 40 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ޕާޓީގެ ރައީސްގެ މަގާމުގައި މިހައިތަނަށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގ...

ޕީއެންސީގެ ކާމިޔާބީ ފާހަގަކުރުން މިރޭ
Raajje

ޕީއެންސީގެ ކާމިޔާބީ ފާހަގަކުރުން މިރޭ

ރާއްޖޭގެ ރިޔާސީ އިންތިހާބުގައިި ޕީއެންސީ އަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށާއި އެ ޕާޓީގެ ކެންޑިޑޭޓް އަދި އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ރައްޔިތުންނާ ބައްދަލުކުރެއްވުން މިރޭ އޮންނާނެ ކަމަށް އެ ޕާޓީން ހާމަކުރައްވައިފިއެވެ. ޕީއެންސީ އިން ވިދާޅުވީ މިކަމަށްޓަކައި ބާއްވާ ހާއްސަ ރަސްމިއްޔާތު އޮންނާނީ އާޓިފިޝަލް ބީޗުގައި މިރޭ ކަމަށާއި މި ރަސްމިއްޔާތު ފެށޭނީ މިރޭ 8:30 ގައި ކަމަށެވެ. އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު، ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވެފައިވަނީ މި ރަސްމިއް...

ޑރ. މުއިއްޒަށް އިންޑިއާގެ ބޮޑުވަޒީރު މަރުޙަބާ ވިދާޅުވެއްޖެ
International

ޑރ. މުއިއްޒަށް އިންޑިއާގެ ބޮޑުވަޒީރު މަރުޙަބާ ވިދާޅުވެއްޖެ

ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ކުރިއަށް އޮތްދައުރު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަގާމް ހޯއްދެވި ޑރ.މުޙައްމަދު މުއިއްޒުއަށް އިންޑިއާގެ ބޮޑުވަޒީރު ނަރިންދުރަ މޯދީ މަރުހަބާ ވިދާޅުވެއްޖެއެވެ. މަރުހަބާ ވިދާޅުވެ އެކްސްގައި މޯދީ ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައި ވަނީ އިންޑިއާ އާއި ރާއްޖޭގެ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ވަރުގަދަކޮށް އިންޑިއާ ކަނޑުގެ ސަރަހައްދުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގައި ދެމި އޮންނާނެ ކަމަށެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން އިއްޔެ ބާއްވާފަ...

ރައީސް ޔާމީން ވީއެންމެ އަވަހަކަށް ގެއަށް ބަދަލުކޮށްދެއްވާ: މުއިއްޒު
Raajje

ރައީސް ޔާމީން ވީއެންމެ އަވަހަކަށް ގެއަށް ބަދަލުކޮށްދެއްވާ: މުއިއްޒު

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ވީ އެންމެއަވަހަކަށް ގެއަށް ބަދަލުކޮށްދެއްވުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ނަތީޖާ އާ ގުޅޭގޮތުން މިހާރު ކުރިއަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީ އެއީ ރައީސް ސާލިހަށް ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ކަމަށާއި މިވަގު...

އިންތިހާބު ކާމިޔާބު ކުރެއްވި ޑރ. މުއިއްޒު އަށް ރައީސް މަރުހަބާ ދަންނަވައިފި
Raajje

އިންތިހާބު ކާމިޔާބު ކުރެއްވި ޑރ. މުއިއްޒު އަށް ރައީސް މަރުހަބާ ދަންނަވައިފި

ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު އަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު މަރުހަބާ ދަންނަވައިފިއެވެ. އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބުގައި ރައްޔިތުން ދެއްކެވި ޑިމޮކްރެޓިކް ރީތި ނަމޫނާއަށްޓަކައި ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެމަނިކުފާނާއެކު މަސައްކަތްކުރެއްވި އެމްޑީޕީއާއި އަދާލަތު ޕާޓީގެ މެންބަރުންނަށް ޝުކުރުދަންނަވާ ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނަށް ވޯޓުދެއްވީ ހުރިހައި ރައްޔިތުންނަށް ވެސް ރައީ...

ރިޔާސީ އިންތިހާބު 2023: ޑރ. މުއިއްޒު އާއި ރަނިންމޭޓު ވޯޓު ލައްވައިފި
Raajje

ރިޔާސީ އިންތިހާބު 2023: ޑރ. މުއިއްޒު އާއި ރަނިންމޭޓު ވޯޓު ލައްވައިފި

ރާއްޖޭގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން ޕީއެންސީ، ޕީޕީއެމް ކޯލިޝަންގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ރަނިންމޭޓް އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) ވޯޓު ލައްވައިފިއެވެ. އެމަނިކުފާނު ވޯޓު ލައްވާފައިވަނީ ތާޖުންދީން ސްކޫލުގައި ހުންނަ ވޯޓު ފޮއްޓަށެވެ. ސެންބެ ވޯޓުލައްވާފައި ވަނީ ތާޖުއްދީން ސްކޫލުގައި ބަހައްޓާފައިވާ ފަރެސްމާތޮޑާ ދާއިރާގެ ފޮއްޓަށެވެ. އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ހ...

މަޝްރޫއު ތަކުގެ ތަފްސީލު ބަލާނީ ކުރިއަށްދާން، ކެންސަލް ކުރާކަށް ނޫން: ޑރ. މުއިއްޒު
Raajje

މަޝްރޫއު ތަކުގެ ތަފްސީލު ބަލާނީ ކުރިއަށްދާން، ކެންސަލް ކުރާކަށް ނޫން: ޑރ. މުއިއްޒު

އެމްޑީޕީގެ ސަރުކާރުން ބޭރު ގައުމުތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ތަފްސީލުތައް ބަލާނީ ކުރިއަށް ދާންކަމަށާއި، ރާއްޖެ އަޅުވެތިވެކަމަށް ދާކަހަލަ ކަމެއް އޮތްނަމަ، އެކަން ބަދަލުކޮށް އެ މަޝްރޫއެއް ހުއްޓާނުލާ ކުރިއަށް ގެންދަވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ބުރާސްފަތި ދުވަހުގެ ރޭ ސަލްޓަން ޕާކުގައި ބޭއްވި ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ މި ސަރުކާރުގައި ހުރި އަޑި ނޭނގޭ ކަންތައްތައް ބަލާ ރައްޔިތުނަށް ހިތްހަމަޖެހުން ގެނެސްދެއްވާނެ ކަމަށ...

ނާޒިމްގެ އިލްތިމާސް: ގައުމުގެ މިނިވަންކަން ދިފާއު ކުރުމަށް މުއިއްޒު އަށް ވޯޓު ދެއްވާ
Raajje

ނާޒިމްގެ އިލްތިމާސް: ގައުމުގެ މިނިވަންކަން ދިފާއު ކުރުމަށް މުއިއްޒު އަށް ވޯޓު ދެއްވާ

ގައުމުގެ މިނިވަންކަން ދިފާއު ކުރުމަށް ޕީއެންސީ، ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު އަށް ވޯޓު ދެއްވުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ރިޔާސީ ރޭހުގައި ވާދަކުރެއްވި ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު، ކުރީގެ ދިފާއީ ވަޒީރު މުހައްމަދު ނާޒިމް އިލްތިމާސް ކުރައްވައިފިއެވެ. ނާޒިމް ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކު އައްޔަން ކުރާއިރު، އެންމެންގެ އިސްވާޖިބަކަށް ވާންވާނީ، ދިވެހި […]

ކުޅުދުއްފުއްޓާއި އައްޑޫ ގައި ކެންސަރަށް ފަރުވާ ހޯދޭނެ އިންތިޒާމް ގާއިމުކޮށްދޭނަން: މުއިއްޒު
Thiladhunmathi News

ކުޅުދުއްފުއްޓާއި އައްޑޫ ގައި ކެންސަރަށް ފަރުވާ ހޯދޭނެ އިންތިޒާމް ގާއިމުކޮށްދޭނަން: މުއިއްޒު

ޕީއެންސީގެ ވެރިކަމެއްގައި ކުޅުދުއްފުށި ސިޓީ އާއި އައްޑޫ ސިޓީ ގައި ކެންސަރަށް ފަރުވާ ހޯދޭނެ އިންތިޒާމް ގާއިމުކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. “މުއިއްޒު ރައްޔިތުންގެ ގާތަށް”ގެ ނަމުގައި ބޭއްވި ސުވާލާއި ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ އެ ދެ ސިޓީގައި ވެސް ކެންސަރަށް ފަރުވާ ހޯދޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ. މީގެ އިތުރުން އައިޖީއެމްއެޗާއި، ދަރުމަވަންތަ ހޮސްޕިޓަލުގެ ހިދުމަތުގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެފައިވާކަން ފާހަގަ ކުރައްވާ ވިދާޅ...

ރިޔާސީ ކެނޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަށް 9 ސުވާލެއް!
Column

ރިޔާސީ ކެނޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަށް 9 ސުވާލެއް!

ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގެ ވެރިކަމުގައި ހުންނަވާނެ ބޭފުޅެއް ކަނޑައެޅުމަށް ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މި ސެޕްޓެމްބަރު މަހުގެ 30 ވާ ހޮނިހިރު ދުވަހު ބާއްވާއިރު، މި ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ވެސް ގެންދަވަނީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ތަފާތު އެކި ފޯމިއުލާތައް ބޭނުން ކުރައްވައިގެން ކެމްޕެއިން ކުރައްވަމުންނެވެ. ދެވަނަ ބުރުގައި ވާދަކުރައްވަނީ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި އެންމެ މަތީން ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުން […]

ދައުރު ނިމޭއިރު އައްޑޫގެ ކޮންމެ ރައްޔިތަކަށް ގެދޮރު ލިބޭނެ: ޑރ. މުއިއްޒު
Raajje

ދައުރު ނިމޭއިރު އައްޑޫގެ ކޮންމެ ރައްޔިތަކަށް ގެދޮރު ލިބޭނެ: ޑރ. މުއިއްޒު

އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ޔަގީންކޮށްދޭނެ ކަމަށާއި، ފަސް އަހަރުގެ ދައުރު ނިމޭއިރު އެ ސިޓީގެ ކޮންމެ ރައްޔިތަކަށް ގެދޮރު ޔަގީން ވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރޭ އައްޑޫ ސިޓީ ހިތަދޫގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށާއި، އަމާޒަކީ ފަސް އަހަރުގެ ދައުރު ނިމޭއިރު އެ ސިޓީގެ ކޮންމެ ރައްޔިތަކަށް ވެސް ގެދޮރުގެ ޔަގީންކަ...

އައްޑޫ ސިޓީގައި 6000 އެނދު ހާސިލްވާ މިންވަރަށް ޓޫރިޒަމް މަޝްރޫއު ކުރިއަށް ގެންދާނަން: މުއިއްޒު
Raajje

އައްޑޫ ސިޓީގައި 6000 އެނދު ހާސިލްވާ މިންވަރަށް ޓޫރިޒަމް މަޝްރޫއު ކުރިއަށް ގެންދާނަން: މުއިއްޒު

އައްޑޫ ސިޓީގައި 6000 އެނދު ހާސިލްވާ މިންވަރަށް ޓޫރިޒަމް މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށް ޕީއެންސީ، ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކެމްޕެއިން ކުރެއްވުމަށް އެ ސިޓީ އަށް ވަޑައިގެން ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމަށް އައްޑޫގެ ރައްޔިތުން އުންމީދު ކުރާ މަންޒަރު ހަގީގަތަކަށް ހަދައިދޭނެ ކަމުގެ ޔަގީންކަންދެއްވާފައެވެ. އަދި އެ ސިޓީގެ ރައްޔިތުން އަބަދުވެސް އެދި...