ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިން ދަތުރެއްގައި ބޮޑު ތިލަދުންމައްޗަށް ވަޑައިގަންނަވައިފި އެވެ.
މިއަދު ހެނދުނު ފެއްޓެވި މި ދަތުރުފުޅުގައި އޭނާގެ އަރިހުގައި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް (ސެމްބެ) އާއި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ލީޑަރޝިޕްގެ ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.
އޭގެ ތެރޭގައި ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)، ޕީޕީއެމް/ޕީއެންސީ ކޯލީޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް (އަދުރޭ)، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމު، ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އަދި ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫންހިމެނިވަޑައިގަންނަވައެވެ.
މިދަތުރުގައި މިއަދު ވަޑައިގަންނަވާނީ ހދ. ހަނިމާދޫ، ހދ. ނޮޅިވަރަމް އަދި ހދ. ކުޅުދުއްފުށި ސިޓީއަށް ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން މައުލޫމާތު ދެއެވެ. އަދި އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، ކުޅުދުއްފުށި ސިޓީގައި މިރޭ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މައުލޫމާތު ދެއެވެ.
ޑރ. މުއިއްޒުގެ ކެމްޕެއިން ހަރަކާތްތައް މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ފައްޓަވައި، ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދޮރުން ދޮރަށް ހިންގަވާފައެވެ. އަދި މާލޭ ކާނިވާ ސަރަހައްދުގައި މުއިއްޒުގެ ކެމްޕޭން ޖަގަހައެއް ވެސް ވަނީ ހުޅުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!