ޑރ. އަނާރާ އާއި ޑރ. ޝަހީމްގެ ތާއީދު ޑރ. މުއިއްޒަށް!

IMG_5407

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ޑރ. އަނާރާ ނައީމް އާއި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސައީދު ތާއީދު ކުރައްވަނީ ޕީއެންސީ، ޕީޕީއެމް ގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަށް ކަން ހާމަކުރައްވައިފިއެވެ.

އަނާރާ ކުރައްވާފައިވާ ޓްވީޓެއްގައި މުއިއްޒު އާއި ގުޅޭގޮތުން ވިދާޅުވީ ދިވެހީންނަށް ފަހި ހަރުދަނާ ހާރިޖީ ސިޔާސަތެއް ގެންގުޅުއްވާނެ ކަމަށާއި އިސްލާމްދީނުގެ އުސޫލުތަކަށް ރިޢާޔަތްކުރައްވާނެ ކަމަށެވެ. އަދި އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވި އެވެ.

"އަޅުގަނޑުގެ ތާއީދު ޑރ. މުޢިއްޒުއަށް. ދިވެހީންނަށްފަހި ހަރުދަނާ ޚާރިޖީ ސިޔާސަތެއް ގެންގުޅުއްވާނެކަމަށާއި އިސްލާމްދީނުގެ އުޞޫލުތަކަށް ރިޢާޔަތްކުރައްވާނެކަމަށާއި އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވި. އެންމެންގެ ވޯޓު ކެންޑިޑޭޓް ނަންބަރ 4." އަނާރާ ވިދާޅުވެފައި ވެއެވެ.

ދީނީ އިލްމުވެރިޔާ އަނާރާ އަކީ އަދާލަތު ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި އެ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ ގޮޑިއެއް ހޯއްދަވައި ދެއްވި ހަމައެކަނި މެމްބަރު ވެސް މެއެވެ. އޭނާ މަޖިލީހުގެ މެމްބަރުކަން ކުރެއްވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރެއްގެ ގޮތުގައެވެ.

މީގެ އިތުރުން އޭނާއަކީ އިސްމާލީ މައުލޫމާތު ފެތުރުމާއި ދީނީ ދަރުސް ދެއްވުމުގައި މުހިންމު މަސައްކަތްތަކެއް ވެސް ކުރައްވާ އަދި މިހާރު ވެސް ކުރައްވަމުން ގެންދަވާ ކަނބަލެކެވެ.

ޑރ. އަނާރާ ނައީމް އަދާލަތު ޕާޓީގެ މެންބަރު ކަމުން ވަކިވެވަޑައިގެންނެވީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އޭނާ އެ ޕާޓީން ވަކިވުމާއިއެކު އެޕާޓީގެ ކުރީ ސަފުން ޝިދާތާ ޝަރީފު ވެސް ވަނީ އަދާލަތު ޕާޓީން ވަކިވެވަޑައިގެންފައެވެ. ޝިދާތާ މިހާރު މަސައްކަތް ކުރައްވަނީ އެމްއެންޕީގައެވެ.

އަނާރާ ވަނީ އައިއޯސީސީގެ ނައިބު ރައީސްގެ މަގާމުވެސް ފުރުއްވަމުންނެވެ.

ޑރ. ޝަހީމް ވިދާޅުވެފައިވަނީ  "އެކުވެރި" މުއިއްޒުއަށް ތާއީދު ކުރައްވަން ނިންމެވި ނިންމެވުމުގެ ތަފްސީލުތައް ފަހުން ހާމަ ކުރައްވާނެ ކަމަށެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި މުއިއްޒު، ރާއްޖޭގެ ދެކުނުގެ ރަށްތަކަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުތަކުގައި ޝަހީމް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި