ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް "ސިނަމާލެ ބްރިޖް" އަށް 8 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބްރިޖަށް ޒިޔާރަތްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ބްރިޖަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓް ޑރ. ޢަބްދުﷲ މުއްޠަލިބް އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމްގެ އިތުރުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވަ ސަފީރު ކޮންގް ޒިއަންހުއާ ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

ސިނަމާލެ ބްރިޖަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތް ރަޙްމަތްތެރިކަން ރަމްޒުކޮށްދޭ އަދި ދިވެހިންގެ ދަތުރުފަތުރަށް ބޮޑު އިންޤިލާބެއް ގެނުވި ތާރީޚީ މުޙިންމު މަޝްރޫޢެކެވެ.

ސިނަމާލެ ބްރިޖް ރަސްމީކޮށް ހުޅުވާފައިވަނީ 30 އޯގަސްޓް 2018 ގައެވެ. ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތަކީ ރާއްޖޭގައި ވެސް ފާހަގަ ކޮއްލެވޭ ވަރަށް ކުލަގަދަ އަދި ޚާއްސަ އިވެންޓެކެވެ. ހަވާއެރުވުމާއި، ލޭޒާ ލައިޓް ޝޯތަކާއި، ސަޤާފީ އެކި ހުށަހެޅުންތައް އެ އިވެންޓްގައި ދައްކާލައިފައިވެއެވެ.

އެ ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި، ޗައިނާ ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުންނާއި، ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެފައިވެއެވެ.