ތިނަދޫ ތަރައްގީކޮށް ދެއްވާނެ ކަމަށް ވިދާޅުވެ، މުއިއްޒުގެ ގިނަ ވައުދުތަކެއް
ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ގދ. ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ލިބޭ މިންވަރަށް ތަރައްގީކޮށް ދެއްވާނެ ކަމަށް އިދިކޮޅު ކެންޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގދ. ތިނަދު އަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމާ ހަވާލުވެވަޑައިގެންފި ނަމަ، ގާނޫނީ ހަމަތަކުގެ މަތިން ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދެއްވާނެ ކަން […]