ޕީއެންސީގެ ރައީސްގެ މަގާމަށް އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސައިފިއެވެ.
އެމަނިކުފާނު މި މަގާމަށް ހަމަޖައްސާފައިވަނީ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލު ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ނިންމާފައިވަނީ އެ ޕާޓީގެ ރައީސަކަށް މުއިއްޒު އަދި ނައިބު ރައީސަކަށް ރަނިންމޭޓް ހުސައިން ހަމަޖެއްސުމަށެވެ. އެގޮތަށް ނިންމީ ޕީއެންސީ ކައުންސިލް ބައްދަލުވުމަށް ހާޒިރުވި 40 މެމްބަރުންގެ އިއްތިފާގުންނެވެ.
އެ ޕާޓީގެ ރައީސްގެ މަގާމުގައި މިހައިތަނަށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. އިންތިހާބީ ރައީސް މުއިއްޒު ޕީއެންސީގެ ރައީސްގެ މަގާމަށް ހަމަޖެއްސުމުން އަދުރޭ ވަނީ އެޕާޓީގެ ޗެއާޕާސަންގެ މަގާމަށް ހަމަޖެއްސުމަށް ނިންމާފައެވެ.
ރިޔާސީ އިންތިހާބުގައި މުއިއްޒާއި އެމަނިކުފާނުގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް ވާދަކުރެއްވީ ޕީއެންސީގެ ޓިކެޓްގައެވެ. އޭގެކުރިން އެ ދެ ބޭފުޅުން ވެސް ތިއްބެވީ ޕީޕީއެމްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!