ރާއްޖޭގެ ރިޔާސީ އިންތިހާބުގައިި ޕީއެންސީ އަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށާއި އެ ޕާޓީގެ ކެންޑިޑޭޓް އަދި އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ރައްޔިތުންނާ ބައްދަލުކުރެއްވުން މިރޭ އޮންނާނެ ކަމަށް އެ ޕާޓީން ހާމަކުރައްވައިފިއެވެ.
ޕީއެންސީ އިން ވިދާޅުވީ މިކަމަށްޓަކައި ބާއްވާ ހާއްސަ ރަސްމިއްޔާތު އޮންނާނީ އާޓިފިޝަލް ބީޗުގައި މިރޭ ކަމަށާއި މި ރަސްމިއްޔާތު ފެށޭނީ މިރޭ 8:30 ގައި ކަމަށެވެ.
އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު، ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވެފައިވަނީ މި ރަސްމިއްޔާތަށް އެ ޕާޓީގެ ސަޕޯޓަރުންނާއި ހެޔޮއެދޭ ފަރާތްތަކަށް ދައުވަތު އަރުވާފައެވެ. އަދި ވަނީ ސުލްހަވެރިކަމާއެކު ރަސްމިއްޔާތު ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ.
އެމަނިކުފާނު ވިދާޅުވީ މިފަދަ އުފާފާޅުކުރުމުގެ ކަންކަން ކުރިއަށްދާއިރު، ބައެއް ފަރާތްތަކުން ފިތުނައާއި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ވެސް ކުރާނެ ކަމަށާއި ޕީއެންސީ، ޕީޕީއެމް ކޯލިޝަނުން މިކަމަށް ވަރަށް ވިސްނަންވާނެ ކަމަށެވެ. އަދި އެފަދަ ކަމަކަށް ފުރުސަތު ދީގެން ނުވާނެ ކަމަށާއި އެފަދަ ކަންކަމުގައި އެ ކޯލިޝަނުގެ އެއްވެސް މީހަކު ބައިވެރިނުވުމަށް ވެސް އެދިވަޑައިގެންފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!