ރާއްޖޭގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން ޕީއެންސީ، ޕީޕީއެމް ކޯލިޝަންގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ރަނިންމޭޓް އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) ވޯޓު ލައްވައިފިއެވެ.

އެމަނިކުފާނު ވޯޓު ލައްވާފައިވަނީ ތާޖުންދީން ސްކޫލުގައި ހުންނަ ވޯޓު ފޮއްޓަށެވެ.

Ad
rt

ސެންބެ ވޯޓުލައްވާފައި ވަނީ ތާޖުއްދީން ސްކޫލުގައި ބަހައްޓާފައިވާ ފަރެސްމާތޮޑާ ދާއިރާގެ ފޮއްޓަށެވެ.

އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ހެނދުނު 8 ޖެހިއިރު ވަނީ ފަށާފައެވެ. ހަވީރު 5 ޖެހުމާއި ހަމައަށް ކުރިއަށްދާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހައިތަނަށް ވިދާޅުވެފައިވަނީ އަބޫދާބީ ފިޔަވައި، ވޯޓުފޮށި ބަހައްޓާފައިހުރި ހުރިހާ ގައުމެއްގައި ވޯޓުލުން ފެށިގެން މިހާރުކުރިއަށްދާ ކަމަށެވެ. އަދި ހަވީރު ޖެހުމާއެކު ވޯޓު ކިޔު ބަންދުކުރާނެ ކަމަށާއި ވަގުތު އިތުރު ނުކުރާނެ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްވުރެ މި ބުރުގައި 12 ވޯޓު ފޮއްޓެއް އިތުރުކޮށްފައިވާއިރު، ވޯޓުލާ އަދަދަށް ވެސް ވަނީ 409 މީހަކު އިތުރުވެފައެވެ.

ޖުމްލަ ވޯޓުލާނެ އާބާދީގެ އަދަދަކީ 282804 އެވެ. އިންތިހާބުގެ ކަންކަމުގައި ޖުމްލަ 5286 އޮފިޝަލުން ހަރަކާތްތެރިވާނެކަމަށް އީސީ އިން ވިދާޅުވެއެވެ.

ދެވަނަ ބުރުގައި ވާދަކުރައްވަނީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ.