ރާއްޖޭގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޕީއެންސީ، ޕީޕީއެމް ގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެެރިކަމާއި ހަވާލުވެވަޑައިގެން ހުވާކުރައްވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ދައުވަތު ދެއްވާނެކަމަށް ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންޑިޔާގެ ނޫހެއް ކަމަށްވާ 'ދަ ހިންދޫ'އަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އަށް، ރައީސް ހުވާކުރައްވާ ޖަލްސާއަށް ދައުވަތު ދެއްވަން ބޭނުންފުޅުވާ ކަމަށް "އިންތިގާލީ އޮފީހުން އެމަނިކުފާނު ގާތު ވިދާޅުވެފައިވާ ކަމަށެވެ.
އެހެންވެ، މަޖިލީހަށް ގޮސް، އެ ދައުވަތުގެ ސިޓީ މޯދީ އަށް ފޮނުއްވާނެ ކަމަށާއި އެ ދައުވަތު ގަބޫލުކުރައްވައި ޖަލްސާއަށް ވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ކޮންމެ ސަރުކާރެއް އައި ނަމަވެސް، ރާއްޖެ އާއި އިންޑިޔާގެ ގުޅުން އަބަދު ވެސް ދެމި އޮންނާނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިހް ހުވާކުރެއްވުމުގެ ޖަލްސާއަށް 17 ނޮވެމްބަރު 2018 ގައި ވެސް މޯދީ ވަނީ ރާއްޖެ ވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!