މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އިސްލާމިކް މިނިސްޓްރީ

486 Stories filed
ޢީދުކުޅިވަރުގެ ނަމުގައި އިސްލާމްދީނުގެ ސަޤާފަތާ ޚިލާފު ކަންކަމުން އެއްކިބާވާން ޢަޒުމް ކަނޑައަޅަން ޖެހޭނެ: ޝަހީމް
Raajje

ޢީދުކުޅިވަރުގެ ނަމުގައި އިސްލާމްދީނުގެ ސަޤާފަތާ ޚިލާފު ކަންކަމުން އެއްކިބާވާން ޢަޒުމް ކަނޑައަޅަން ޖެހޭނެ: ޝަހީމް

ޢީދުކުޅިވަރުގެ ނަމުގައި އިސްލާމްދީނުގެ ސަޤާފަތާ ޚިލާފު ކަންކަމުން އެއްކިބާވާން ޢަޒުމް ކަނޑައަޅަން ޖެހޭނެކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ފަތިހު ވިދާޅުވެއްޖެއެވެ. މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝަހީމް ވިދާޅުވީ، އިސްލާމީ އުންމަތުގެ އެންމެ މަތިވެރި އަޅުކަން ކަމުގައިވާ ޙައްޖުގެ މަތިވެރި މަޝާޢިރުތަކުގައި މުސްލިމުން ﷲ އަށް ތަލްބިޔާކިޔަމުންދާ މި ދަނޑިވަޅުގައި، ޢީދު ކުޅިވަރު ކުޅުމުގެ ތެރޭގައި މިކަންކަން ހިތަށް ގެނެސްގަތުން މުހިންމު...

އެންމެ ހާޖީއެއް ފިޔަވައި ދިވެހި ހާޖީން ޢަރަފާތަށް ފޯރައިފި
Raajje

އެންމެ ހާޖީއެއް ފިޔަވައި ދިވެހި ހާޖީން ޢަރަފާތަށް ފޯރައިފި

އެންމެ ހާޖީއެއް ފިޔަވައި ދިވެހި ހާޖީން ވަނީ ޢަރަފާތް ބިމަށް ވަދެފައިވާކަމަށް  އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ފަތިހު ވިދާޅުވެއްޖެއެވެ. ޝަހީމް ވިދާޅުވިގޮތުގައި އެންމެ ހާޖީއެއް ފިޔަވައި ދިވެހި ހާޖީން ވަނީ ޢަރަފާތަށް ވަދެފައެވެ. އަދި އެހާޖީ މިވަގުތު އޮތީ މިނާގެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިކަމަށާއި، ނަމަވެސް އެ ޙާޖީ ވެސް ޢަރަފާތް ބިމަށް ގެންދެވޭނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. ”އެއް ހާޖީއަކު މިނާގެ ހޮސްޕިޓަލްގައި އެޑްމިޓްކުރެވި ފަރުވާއެއް ދެވެމުންދަ...

''ޙައްޖަކީ އިންސާނާގެ ދުންޔަވީ ޙަޔާތުގެ ކުޑަކުޑަ ދަތުރެއް''
Column

''ޙައްޖަކީ އިންސާނާގެ ދުންޔަވީ ޙަޔާތުގެ ކުޑަކުޑަ ދަތުރެއް''

ޙައްޖުގެ އަޅުކަމުގައި މާތް الله ލައްވައިފައިވާ މަތިވެރި ޝަޢީރާތަކުން ކަށަވަރުވެ އެނގޭ އެންމެ ބޮޑު އެއް ޙަޤީޤަތަކީ، ޙައްޖަކީ އިންސާނާގެ ދުންޔަވީ ޙަޔާތުގެ ކުޑަކުޑަ ދަތުރެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކޮށްފިއެވެ. ”ޙައްޖުގެ އަޅުކަމުން ލިބޭ ފިލާވަޅުތައް” މި މައުޟޫޢަށް ރާއްޖޭގެ އެކިކޮޅުތަކުގައި ހުރި މިސްކިތްތަކުގައި މިއަދު އިއްވި ޚުޠުބާގައި ބުނީ، ޙައްޖުވެރިޔާ އިޙުރާމް ބަންނަ ހިނދުން ފެށިގެން ޙައްޖުގެ މަނާސިކުތައް ނިމޭންދެން ކަންތައްތައް ކުރިއަށްދާ ގޮތަކީ، އިންސާނާ އޭނާގެ ޙަޔާތުގެ ދުވަސްތައް...

ދިވެހި ހައްޖުވެރިން ސައޫދީއަށް ފުރަން ފަށައިފި
Raajje

ދިވެހި ހައްޖުވެރިން ސައޫދީއަށް ފުރަން ފަށައިފި

1447 ވަނަ އަހަރުގެ މުޤައްދަސް ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ރާއްޖެއިން ފުރާ ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު މިއަދު ސައޫދީ އަރަބިއްޔާއަށް ފުރައިފިއެވެ. ސައޫދީ އެއާލައިންސްގެ ފްލައިޓެއްގައި ފުރި މި ގުރޫޕުގައި ޖުމްލަ 235 ޙައްޖުވެރިން ހިމެނެއެވެ. އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބުނީ، ޙައްޖުވެރިންނަށާއި އެމީހުންގެ އެހީތެރިންނަށް އެއާޕޯޓަށް ދިއުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން މިއަހަރުވެސް ބަހުގެ ޚިދުމަތް ހަމަޖައްސާފައިވާ ކަމަށެވެ. މި އިންތިޒާމުތަކަކީ އެ ވުޒާރާއިން އިސްނަގައިގެން،...

މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތަކަށް ސައޫދީ ވަފުދެއް ރާއްޖެ އަށް
Raajje

މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތަކަށް ސައޫދީ ވަފުދެއް ރާއްޖެ އަށް

1447 ވަނަ އަހަރުގެ ޙައްޖުގެ މޫސުމަށް ރާއްޖޭން ފުރާ ޙައްޖުވެރިންނަށް “މައްކާ ރޫޓު އިނީޝިއޭޓިވް” ގެ ދަށުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި، ސައޫދީ ޢަރަބިއްޔާގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފިއެވެ. މި ވަފުދުގެ އިސްބޭފުޅެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވާ އޮޕަރޭޝަންސް މެނޭޖަރ ޢުމަރު ޢަބްދުލްމަޖީދު އާރް. އައްދަޢީޖު ރޭގެ ވަގުތެއްގައި ވަނީ ރާއްޖެ ވަޑައިގެންފައެވެ. މީގެ އިތުރުން، މި މަސައްކަތުގައި ބައިވެރިވާ ވަފުދުގެ އިތުރު 18 ބޭފުޅުން މެއި 11، 2026 ގައި ރާއްޖ...

މީހަކަށް ނަފުސާނީ ނުވަތަ ޖިސްމާނީ އަނިޔާއެއް ދިނުމަކީ ބޮޑުވެގެންވާ ފާފައެއް: ހުކުރު ޚުޠުބާ
Column

މީހަކަށް ނަފުސާނީ ނުވަތަ ޖިސްމާނީ އަނިޔާއެއް ދިނުމަކީ ބޮޑުވެގެންވާ ފާފައެއް: ހުކުރު ޚުޠުބާ

މީހަކަށް ނަފުސާނީ ނުވަތަ ޖިސްމާނީ ގޮތުން އަނިޔާވެރިވުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ، ބޮޑުވެގެންވާ ފާފައެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ބިނާކޮށްފައިވަނީ، އިންސާނާގެ ނަފުސުގެ ރައްކާތެރިކަމާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ މައްޗަށެވެ. ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، އިސްލާމްދީނުގައި އެއްވެސް މީހަކަށް އޭނާގެ އަމިއްލަ ނަފުސަށްވެސް އަދި އެހެން މީހެއްގެ ނަފުސަށްވެސް އަނިޔާވެރިވުމަކީ ހުއްދަ ކަމެއް ނޫ...

ސަޢުދީން ހަދިޔާކުރި 50 ޓަނު ކަދުރު ބަހަން ފަށައިފި
Raajje

ސަޢުދީން ހަދިޔާކުރި 50 ޓަނު ކަދުރު ބަހަން ފަށައިފި

ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ދިވެހިރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހަން މިއަދު ފަށައިފިއެވެ. މި މަސައްކަތް ކުރިއަށްދަނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުންނެވެ. މާލެ ސަރަޙައްދުގައި ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށްދާނީ އިސްލާމީ މަރުކަޒުގެ ހޯލުގައެވެ. މިގޮތުން މިއަދުން ފެށިގެން މެއި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 09:30 އިން މެންދުރުފަހު 13:00 އަށް ކަދުރު ބެހުމުގެ އިންތިޒ...

''ބާރަށު ޕީއެންސީ ކައުންސިލަރުންގެ ފުރަތަމަ މަސައްކަތަކީ ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފި ގާއިމުކުރުން''
Thiladhunmathi News

''ބާރަށު ޕީއެންސީ ކައުންސިލަރުންގެ ފުރަތަމަ މަސައްކަތަކީ ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފި ގާއިމުކުރުން''

ހއ. ބާރަށު ކައުންސިލަށް އަލަށް އިންތިޚާބުވި ޕީއެންސީގެ ކައުންސިލަރުން މަގާމުގެ ހުވާކޮށް މަސައްކަތާ ހަވާލުވުމަށްފަހު އެންމެ ފުރަތަމަ ކުރާނެ އެންމެ މުހިއްމު މަސައްކަތަކީ އެ ރަށުގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ގާއިމުކުރުން ކަމަށް ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޝުޖާއު މިހެން ވިދާޅުވީ ބާރަށު ކައުންސިލްގެ އިންތިޚާބީ ރައީސް ޢަލީ ޝަމީމާއެކު މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބައެއް އިސްވެރިންނާ ބައްދަލުކުރެއްވ...

ޙައްޖު ކިއު ދިގުވެފައި އޮތް މައްސަލައަކީ ހަމައެކަނި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ނޫން: ޝަހީމް
News

ޙައްޖު ކިއު ދިގުވެފައި އޮތް މައްސަލައަކީ ހަމައެކަނި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ނޫން: ޝަހީމް

ޙައްޖު ކިއު ދިގުވެފައި އޮތް މައްސަލައަކީ ހަމައެކަނި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ނޫންކަމަށާއި، މި މައްސަލައަކީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ޙައްޖުގެ ކިއު ދިގުދެމިގެންދިއުމުގެ ސަބަބުން ދިމާވެފައިވާ ބައިނަލްއަޤުވާމީ މައްސަލައެއްކަމަށް އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ވަޒީރު ވިދާޅުވި ގޮތުގައި، ޙައްޖު ކިއު...

ކެލާގެ ފުރަތަމަ ހާފިޒު ޢަބްދުﷲ ޢައްޔާޝް އިބްރާހީމް ޝާހް
Thiladhunmathi News

ކެލާގެ ފުރަތަމަ ހާފިޒު ޢަބްދުﷲ ޢައްޔާޝް އިބްރާހީމް ޝާހް

ކީރިތި ޤުރުއާން ހިތުދަސްކުރައްވައި، އުމުރުން އެންމެ 13 އަހަރުގައި ހާފިޒުކަމުގެ ސަނަދު ހާސިލުކުރި ހއ. ކެލާ، ދޭލިޔާގެ، ޢަބްދުﷲ ޢައްޔާޝް އިބްރާހީމް ޝާހްއާ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފިއެވެ. އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބުނީ، ޢަބްދުﷲ ޢައްޔާޝް ހޯދި މި ފުރިހަމަ ކާމިޔާބީއާ ގުޅިގެން ވަޒީރު އޭނާއާ ބައްދަލުކުރައްވައި، އެ މަތިވެރި މަސައްކަތް ފާހަގަކުރައްވާފައިވާ ކަމަށެވެ. ޢައްޔާޝްއަކީ ހއ. ކެލާ އަށް އުފ...

މުދަލު ޒަކާތުގެ ނިޞާބަކީ 21،836.50ރ. ކަމަށް ކަނޑައަޅައިފި
Raajje

މުދަލު ޒަކާތުގެ ނިޞާބަކީ 21،836.50ރ. ކަމަށް ކަނޑައަޅައިފި

މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވަނީ 21,836.50 ދިވެހި ރުފިޔާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ހާމަކޮށްފިއެވެ. މިއީ މީގެ ކުރިން ނިސާބުގެ ގޮތުގައި ކަނޑައަޅާފައި އޮތް 19,527.90 ރުފިޔާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ. ދިވެހިރާއްޖޭގައި މުދަލު ޒަކާތުގެ ނިސާބު ކަނޑައަޅަނީ ބައިނަލްއަގުވާމީ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލުތަކަށް ބަލައިގެންނެވެ. ދުނިޔޭގެ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން، ރާއްޖޭގައި ވެސް ޒަކާތުގެ ނިސާބަށް ދަނީ ދަތިތަކެއް ނެތި ބަދަލ...

ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް
Raajje

ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް މަދުކުރައްވައި، އެ މަޖިލިސް އެކުލެވިގެންވާގޮތަށް މިއަދު ބަދަލުތަކެއް ގެންނަވައިފިއެވެ. މި ބަދަލުތަކާއެކު މިއަދު ވަނީ 12 ވަޒީރަކު އަލަށް މަޤާމަށް ޢައްޔަންކުރައްވައި، އެ ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އަރުވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދެވެ. ހުވައި ކުރެއްވުމަށްފަހު، އ...

ޙައްޖަށް ދިއުމުގައި ރާއްޖެއަށް ދަތިކަމެއް ނެތް، މެއި 15 ގައި ފުރަތަމަ ގްރޫޕް ފުރާނެ: ޝަހީމް
Raajje

ޙައްޖަށް ދިއުމުގައި ރާއްޖެއަށް ދަތިކަމެއް ނެތް، މެއި 15 ގައި ފުރަތަމަ ގްރޫޕް ފުރާނެ: ޝަހީމް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދިވެހި ޙައްޖުވެރިން ޙައްޖުގެ އަޅުކަމަށް ދިއުމުގައި އެއްވެސް ދަތިކަމެއް ނެތްކަމުގެ ޔަގީންކަން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްވައިފިއެވެ. ވަޒީރު މި ޔަގީންކަން ދެއްވީ މެދުއިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ޚާއްޞަ ކޮމިޓީން ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމު...

މައިންބަފައިންނަށް ކަމޭހިތުން: މުޞީބާތްތަކުން ސަލާމަތްވެވޭ، ދުޢާ އިޖާބަކުރެއްވުމުގެ ސަބަބެއް
Religion

މައިންބަފައިންނަށް ކަމޭހިތުން: މުޞީބާތްތަކުން ސަލާމަތްވެވޭ، ދުޢާ އިޖާބަކުރެއްވުމުގެ ސަބަބެއް

މިއަދު ރާއްޖޭގައި ގެނެސްދިން ހުކުރު ހުތުބާގައި އަލިއަޅުވާލާފައި ވަނީ މައިންބަފައިންނަށް ކަމޭހިތުމުގެ މައްޗަށެވެ. މިއަދުގެ ހުތުބާގައި ބުނެފައި ވަނީ އިންސާނާ މި ދުނިޔެއަށް އައުމުގެ ސަބަބަކީ މައިންބަފައިންނެވެ. މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އިންސާނާގެ ބާއްޖަވެރިކަމުގެ އަސާސެއްކަމުގައި މައިންބަފައިން ލައްވައިފައެވެ. ދަރީންގެ އުފަލާއި ބާއްޖަވެރިކަމަށްޓަކައި އެ ދެމީހުންވާ ގުރުބާނީއަކީ އަގުނުކުރެވޭނެ ފަދަ މަތިވެރި މަސައްކަތެކެވެ. އެހެންކަމުން މިއަދުގެ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވާ ފަދައިން، މައ...

މަޒުހަބީ ތަޢައްޞުބްގެ ތެރެއަށް މުޖުތަމަޢު ވެއްޓިގެން ދިޔުމަށް ފުރުޞަތު ދެވިގެން ނުވާނެ: ޝަހީމް
Raajje

މަޒުހަބީ ތަޢައްޞުބްގެ ތެރެއަށް މުޖުތަމަޢު ވެއްޓިގެން ދިޔުމަށް ފުރުޞަތު ދެވިގެން ނުވާނެ: ޝަހީމް

ސުންނީ އަދި ޝީޢީ މަޒުހަބީ ތަޢައްޞުބްގެ ތެރެއަށް ރާއްޖޭގެ މުޖުތަމަޢު ވެއްޓިގެން ދިޔުމުގެ ފުރުޞަތު ދެވިގެން ނުވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މީޑިއާތަކާ ހިއްސާ ކުރެއްވި މެސެޖެއްގައެވެ. ވަޒީރު ޝަހީމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަކީ ސުންނަތްޖަމާޢަތުގެ ޞައްޙަ މަތިވެރި ޢަޤީދާގެ މަތީގައި، ޤުރުއާނާއި ސުންނަތާއި ސަލަފުއްޞާލިޙުންގެ މަންހަޖުގައި އެތައް ޤަރުނެއް ވަންދެން ސާބިތުކަމާއެކު ދެމިތިބި ބައެއް ކަމަށެވެ. އަދި ދި...