އެންމެ ހާޖީއެއް ފިޔަވައި ދިވެހި ހާޖީން ވަނީ ޢަރަފާތް ބިމަށް ވަދެފައިވާކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ފަތިހު ވިދާޅުވެއްޖެއެވެ.

ޝަހީމް ވިދާޅުވިގޮތުގައި އެންމެ ހާޖީއެއް ފިޔަވައި ދިވެހި ހާޖީން ވަނީ ޢަރަފާތަށް ވަދެފައެވެ. އަދި އެހާޖީ މިވަގުތު އޮތީ މިނާގެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިކަމަށާއި، ނަމަވެސް އެ ޙާޖީ ވެސް ޢަރަފާތް ބިމަށް ގެންދެވޭނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

Ad
rt

''އެއް ހާޖީއަކު މިނާގެ ހޮސްޕިޓަލްގައި އެޑްމިޓްކުރެވި ފަރުވާއެއް ދެވެމުންދަނީ އިންޝާ ﷲ އެބޭފުޅާވެސް އަރަފާތަށް ގެންދެވޭނެ. ހައްޖު ކޯޕަރޭޝަންގެ އެހީތެރިން ދަނީ އެބޭފުޅާއެކު ހަރަކާތްތެރިވެ އެހީތެރިވަމުން. ހުރިހާކަމެއް ވެސް ރަނގަޅު. އަލްޙަމްދު ލި ﷲ.'' ވަޒީރު ވިދާޅުވެފަވެއެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.5 މިލިއަނަށްވުރެ ގިނަ މުސްލިމުން ބައިވެރިވާއިރު، ރާއްޖެއިން ހާހަކަށްވުރެ ގިނަ މީހުން ބައިވެރިވެއެވެ.

މި އަހަރުގެ ރާއްޖޭގެ އަމީރުލް ޙައްޖަކީ އިގްތިސޯދީ ވަޒީރު މުހައްމަދު ސައީދެވެ.

ރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވެސް ވަނީ މިއަހަރު ޙައްޖަށް ވަޑައިގެންފައެވެ.