މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އިސްލާމިކް މިނިސްޓްރީ

486 Stories filed
''ޤުރްއާނަކީ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ އަޞްލު''
Column

''ޤުރްއާނަކީ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ އަޞްލު''

ކީރިތި ޤުރްއާނަކީ އިންސާނާގެ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ އަޞްލުކަމާއި، އެއީ ހިތްތަކަށް ޝިފާއެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކޮށްފިއެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި މިއަދު އިއްވި ޚުޠުބާ ޚާއްޞަކޮށްފައިވަނީ ކީރިތި ޤުރްއާނުގެ މާތްކަމާއި އެ ފޮތުން އިންސާނާގެ ދިރިއުޅުމަށް ލިބޭ ބަރަކާތުގެ މައްޗަށެވެ. މިއަދުގެ ޚުޠުބާގައި ބުނީ، ކީރިތި ޤުރްއާން ތިލާވަތުކޮށް، އެ ފޮތުގެ އާޔަތްތަކުގެ މާނައާ މެދު ވިސްނައި ފިކުރުކުރާ މީހުންގެ ވަށައިގެން މަލާއިކަތްބޭކަލުން ޙާޟިރު...

ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
Raajje

ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް އިން މިއަދު ހުޅުވާލައިފިއެވެ. އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ 13 ސެޕްޓެންބަރު 2026 ގައި މާލޭގައެވެ. މި މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ޒުވާން ޚަޠީބުންނާއި، މިހާރުވެސް އިމާމުކަމާއި ޚަޠީބުކަން ކުރައްވާ ފަރާތްތަކުގެ އިތުރުން ދިވެހި ޙާފިޡުންނަށެވެ. ބައިވެރިވުމުގެ ޝަރުޠުތައް މި މަހާސިންތާގައި ބައިވެ...

ހަތަރު ވަނަ ބުރުގައި 82 ޒުވާން ޚަޠީބުންނާއި އިމާމުން ސަނަދު ހާސިލްކޮށްފި
Raajje

ހަތަރު ވަނަ ބުރުގައި 82 ޒުވާން ޚަޠީބުންނާއި އިމާމުން ސަނަދު ހާސިލްކޮށްފި

ޒުވާން ޚަޠީބުންނާއި އިމާމުން ތަމްރީނު ކުރުމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޕްރޮގްރާމްގެ ހަތަރުވަނަ ބުރު ނިންމައި، 82 ފަރާތަކުން ރޭ ސަނަދު ހާސިލްކޮށްފިއެވެ. އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ އިން ބުނިގޮތުގައި މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ރަށްތަކުގައި ޚުޠުބާ ކިޔާނެ އިމާމުން ލިބުމުގައި ހުރި ދަތިތަކަށް ޙައްލެއް ހޯދުމެވެ. މީގެ އިތުރުން، ކުރިއަށް އޮތް އިސްލާމީ ޤަރުނުގައި ރާއްޖޭގައި އިސްލާމީ ޝިޢާރު ފާޅުކުރާނެ ހަރުދަނާ ޖީލެއް ބިނާކުރުމަކީ ވެސ...

ފުވައްމުލައް ސިޓީގައި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗު ސެންޓަރެއް ހުޅުވައިފި
Raajje

ފުވައްމުލައް ސިޓީގައި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗު ސެންޓަރެއް ހުޅުވައިފި

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު މިއަދު ހަވީރު ރަސްމީކޮށް ހުޅުވައިފިއެވެ. މިކަމަށްޓަކައި ފުވައްމުލައް ސިޓީގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި ސެންޓަރު ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ސަޢުދާން އަދި ފުވައްމުލައް ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޟިރާރުއެވެ. މި ސެންޓަރާއި ގުޅޭގޮތުން އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުރިން ވިދާޅުވެފައިވާ ގޮތު...

އިސްލާމީ ދާއިރާގެ 79 މަޝްރޫއެއް ކުރިއަށް، 45 މިސްކިތާއި 12 އިސްލާމީ މަރުކަޒު ހިމެނޭ
Raajje

އިސްލާމީ ދާއިރާގެ 79 މަޝްރޫއެއް ކުރިއަށް، 45 މިސްކިތާއި 12 އިސްލާމީ މަރުކަޒު ހިމެނޭ

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ އަދަދު 79 އަށް އަރައިފި ކަމަށް އެ ވުޒާރާއިން ހާމަކޮށްފިއެވެ. މީގެ ތެރޭގައި ރާއްޖޭގެ ދީނީ އުމްރާނީ ތަރައްޤީއަށް މުހިއްމު ގިނަ މަސައްކަތްތަކެއް ހިމެނެއެވެ. އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ ތެރޭގައި 45 މިސްކިތެއްގެ މަޝްރޫޢު އާއި، 12 އިސްލާމީ މަރުކަޒެއްގެ މަޝްރޫޢު ހިމެނެއެވެ. މީގެ އިތުރުން 16 ޤުރުއ...

ރާއްޖޭގައި އިސްލާމީ ދާއިރާއިން ބައި ޤަރުނު އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ޝައިހު އިސްމާއިލް އަވަހާރަވެއްޖެ
Raajje

ރާއްޖޭގައި އިސްލާމީ ދާއިރާއިން ބައި ޤަރުނު އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ޝައިހު އިސްމާއިލް އަވަހާރަވެއްޖެ

ރާއްޖޭގެ އިސްލާމީ ތަޢުލީމާއި ތަރުބިޔަތަށް ބައި ޤަރުނަށްވުރެ ގިނަ ދުވަހު އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކުރެއްވި ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚު އިސްމާޢީލް މުޙައްމަދު (މ. ޠައިބާ) އަވަހާރަވެއްޖެއެވެ. ޝައިޚް އަވަހާރަވީ އުމުރުފުޅުން 85 އަހަރުގައި އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ދ. މީދޫއަށް އުފަން ޝައިޚް އިސްމާޢީލް މުޙައްމަދަކީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި ތަޢުލީމު ޙާސިލުކުރެއްވި ފުރަތަމަ ދިވެހި ދަރިވަރެވެ. އޭގެ ކުރިން އިންޑިއާގެ ޖާމިޔާ ދާރުއްސަ...

އުތީމުގައި އަޅަން ނިންމާފައިވާ އިސްލާމީ މަރުކަޒުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދިއްޖެ
Thiladhunmathi News

އުތީމުގައި އަޅަން ނިންމާފައިވާ އިސްލާމީ މަރުކަޒުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދިއްޖެ

ހއ. އުތީމުގައި ސަރުކާރުން އަޅަން ނިންމާފައިވާ އިސްލާމީ މަރުކަޒުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެރަށު ކައުންސިލުން އެދިއްޖެއެވެ. އުތީމު ކައުންސިލުން ބުނިގޮތުގައި އެކައުންސިލުން ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް އާއިއެކު ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ސަރުކާރުން އުތީމުގައި ޤާއިމްކޮށްދިނުމަށް ހަމަޖެހިފައިވާ އިސްލާމީ މަރުކަޒުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދިފައިވާކަމަށް އެ ކައުންސިލުން ބުންޏެވެ. މީގެ އިތުރުން ވީއެންމެ އަވަހަކަށް ވަގުތީ މިސްކިތުގ...

ވަށަފަރުގައި ޒުވާން ޚަޠީބުން އުފެއްދުމަށާއި ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި
Thiladhunmathi News

ވަށަފަރުގައި ޒުވާން ޚަޠީބުން އުފެއްދުމަށާއި ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

ހއ. ވަށަފަރުގައި ޒުވާން ޚަޠީބުން ތަމްރީނުކޮށް އުފެއްދުމަށާއި، އެ ރަށުގެ ދީނީ އަދި އުމްރާނީ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންތައްތަކާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއެކު މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި ވަށަފަރު ކައުންސިލްގެ އިތުރުން ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު ޢަބްދުﷲ ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ. އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއެކު ބޭއްވުނު ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ވަށަފަރުގައި ޒުވާން ޚަޠީބުން ތަމްރީނުކުރ...

މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5،500 ރުފިޔާ ބަހައިފި
Raajje

މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5،500 ރުފިޔާ ބަހައިފި

މޯލްޑިވްސް ޒަކާތު ހައުސްއިން މި އަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5،500 ދިވެހި ރުފިޔާ ބަހައިފިއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ. މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ބަހާފައިވަނީ ބޮލަކަށް 5،000 ރުފިޔާއެވެ. ޒަކާތު ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި، 1447 ވަނަ އަހަރުގެ ހައްޖުމަހުގެ 1 ވަނަ ދުވަހާ ހަމައަށް ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ޖުމުލަ 2،384 މީހުންނަށް ވަނީ މުދަލު ޒަކާތުގެ ފައިސާ ޖަމާކޮށްދީފައެވެ. މިގޮތުން ޖުމުލަ 13,112,000 […]

ދިވެހި ހައްޖާޖީންގެ ފުރަތަމަ ގްރޫޕް ރާއްޖެ އަތުވެއްޖެ
Raajje

ދިވެހި ހައްޖާޖީންގެ ފުރަތަމަ ގްރޫޕް ރާއްޖެ އަތުވެއްޖެ

1447 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ ދިވެހި ޙައްޖާޖީންގެ ފުރަތަމަ ގްރޫޕް މިރޭ ރާއްޖެ އަތުވެއްޖެއެވެ. މިރޭ އައި ފުރަތަމަ ގްރޫޕްގައި 241 ދިވެހި ޙައްޖުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ދިވެހި ޙައްޖުވެރިން ރާއްޖެ އަންނަންފަށާފައިވާއިރު، ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖުމްލަ 4 ފްލައިޓެއްގައެވެ. މީގެ ތެރޭގައި ހިމެނެނީ ސައުދިއާ އެއަރލައިންސްގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 2 ފްލައިޓެވެ. ހައްޖު މިޝަނުން ހާމަކޮށްފައިވާ ތަފްސީލްތަކަށް ބަލާއިރު، ދެވަނަ ފްލައިޓު އަންނާނީ މި މަހުގ...

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
Raajje

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް

ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ. މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވި ދުވަހާ ގުޅުވައިގެން 13 ސެޕްޓެމްބަރު 2026 (2 ރަބީޢުލްއާޚިރު 1448) ގައެވެ. އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މި މަހާސިންތާއަށް މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟ...

ޢީދު ފާހަގަކުރުމަށް ސަރުކާރުން ހަރަކާތްތަކެއް ހިންގުމުގެ ޕްލޭނެއް ހަދަނީ
Raajje

ޢީދު ފާހަގަކުރުމަށް ސަރުކާރުން ހަރަކާތްތަކެއް ހިންގުމުގެ ޕްލޭނެއް ހަދަނީ

1448 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އިސްލާމީ ޢީދުތައް ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވަޒީރު ޝަހީމް ވިދާޅުވީ، އިސްލާމިކް މިނިސްޓްރީގެ ޚާއްޞަ ކޮމިޓީއަކުން މި ޕްލޭން އެކުލަވައިލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. މި ޕްލ...

އިސްލާމިކް މިނިސްޓްރީން އަންހެނުންނަށް ޚާއްސަ އިސްލާމިކް ލީޑާރޝިޕް ޕްރޮގްރާމެއް
Raajje

އިސްލާމިކް މިނިސްޓްރީން އަންހެނުންނަށް ޚާއްސަ އިސްލާމިކް ލީޑާރޝިޕް ޕްރޮގްރާމެއް

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ “އިސްލާމިކް ލީޑާރޝިޕް ޕްރޮގްރާމް” ގައި ބައިވެރިވުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ ޒުވާން އަންހެނުންގެ މެދުގައި ދީނީ އަދި އިޖުތިމާއީ ލީޑާރޝިޕް ހުނަރުތައް ތަރައްގީކުރުމަށް އަމާޒުކޮށްގެން ހިންގާ ހަރަކާތެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ 18 އަހަރާއި 35 އަހަރާއި ދެމެދުގެ އަންހެނުންނަށެވެ. ވުޒާރާއިން މައުލޫމާތު ދެއްވާ ގޮތުގައި، މި ޕްރޮގްރާމްގެ ތެރެއިން ލީޑަރޝިޕްގެ އެކި ދާއިރާތަކުން...

ދިވެހި ހައްޖާޖީންގެ ފުރަތަމަ ގްރޫޕް ހުކުރު ދުވަހު ރާއްޖެ އަންނާނެ
Raajje

ދިވެހި ހައްޖާޖީންގެ ފުރަތަމަ ގްރޫޕް ހުކުރު ދުވަހު ރާއްޖެ އަންނާނެ

1447 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ ދިވެހި ޙައްޖާޖީންގެ ފުރަތަމަ ގްރޫޕް އަންނަ ހުކުރު ދުވަހު މާލެ އަންނާނެކަމަށް ދިވެހި ހައްޖު މިޝަންއިން މިއަދު ބުނެފިއެވެ. ދިވެހި ޙައްޖުވެރިން ހުކުރު ދުވަހުން ފެށިގެން ރާއްޖެ އަންނަންފަށާއިރު، ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖުމްލަ 4 ފްލައިޓެއްގައެވެ. މީގެ ތެރޭގައި ހިމެނެނީ ސައުދިއާ އެއަރލައިންސްގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 2 ފްލައިޓެވެ. ހައްޖު މިޝަނުން ހާމަކޮށްފައިވާ ތަފްސީލްތަކަށް ބަލާއިރު، ފުރަތަމަ ފްލައިޓު މި މަހުގެ 5 […]

ޢީދު ފާހަގަކުރަންވާނީ އިސްލާމީ ސަޤާފަތާއި ޚިލާފުނުވާ ގޮތުގެ މަތިންކަން ހަނދާންކުރަންވާނެ: ޝަހީމް
Raajje

ޢީދު ފާހަގަކުރަންވާނީ އިސްލާމީ ސަޤާފަތާއި ޚިލާފުނުވާ ގޮތުގެ މަތިންކަން ހަނދާންކުރަންވާނެ: ޝަހީމް

ޢީދު ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަންވާނީ އިސްލާމީ ސަޤާފަތާއި އުޞޫލުތަކާ ޚިލާފުނުވާ ގޮތުގެ މަތިންކަން މުސްލިމުން ހަނދާންކުރަންވާނެ ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝަހީމް ވިދާޅުވީ، ޢަޟްޙާ ޢީދަކީ އިސްލާމީ އުންމަތަށް މާތްﷲ ދަރުމަކުރެއްވި މަތިވެރި ޢީދެއް ކަމަށެވެ. އަދި ޙައްޖުގެ އަޅުކަމާ ގުޅިގެން ޙައްޖުވެރިން ތަލްބިޔާ ކިޔައި، ﷲ އެއްކައުވަންތަކޮށް އެކަލާނގެ ޝިޢާރުތައް...