މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވަނީ 21,836.50 ދިވެހި ރުފިޔާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ހާމަކޮށްފިއެވެ.
މިއީ މީގެ ކުރިން ނިސާބުގެ ގޮތުގައި ކަނޑައަޅާފައި އޮތް 19,527.90 ރުފިޔާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ.
ދިވެހިރާއްޖޭގައި މުދަލު ޒަކާތުގެ ނިސާބު ކަނޑައަޅަނީ ބައިނަލްއަގުވާމީ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލުތަކަށް ބަލައިގެންނެވެ. ދުނިޔޭގެ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން، ރާއްޖޭގައި ވެސް ޒަކާތުގެ ނިސާބަށް ދަނީ ދަތިތަކެއް ނެތި ބަދަލުތައް ގެންނަމުންނެވެ.
މުދަލު ޒަކާތަކީ މުދަލުގައި ނިސާބު ހަމަވެ، އެ މުދަލެއްގެ މައްޗަށް ހިޖުރީ ގޮތުން އެއް އަހަރު ފުރިފައިވާ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ.
ނިސާބު ހަމަވާ މިންވަރަށް އަތުގައި ފައިސާ ނުވަތަ މުދާ ހުރި ކޮންމެ މީހަކު، އޭގެ 2.5 އިންސައްތަ ޒަކާތުގެ ގޮތުގައި ނެރުން ލާޒިމްވާނެއެވެ.
މުދަލު ޒަކާތް މިހާރު ބަލައިގަންނަނީ މޯލްޑިވްސް އިނލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށެވެ.
ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، މީރާގެ ކައުންޓަރުތަކުގެ އިތުރުން އޮންލައިންކޮށް ވެސް ޒަކާތް ދެއްކުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!