ޢީދުކުޅިވަރުގެ ނަމުގައި އިސްލާމްދީނުގެ ސަޤާފަތާ ޚިލާފު ކަންކަމުން އެއްކިބާވާން ޢަޒުމް ކަނޑައަޅަން ޖެހޭނެކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ފަތިހު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝަހީމް ވިދާޅުވީ، އިސްލާމީ އުންމަތުގެ އެންމެ މަތިވެރި އަޅުކަން ކަމުގައިވާ ޙައްޖުގެ މަތިވެރި މަޝާޢިރުތަކުގައި މުސްލިމުން ﷲ އަށް ތަލްބިޔާކިޔަމުންދާ މި ދަނޑިވަޅުގައި، ޢީދު ކުޅިވަރު ކުޅުމުގެ ތެރޭގައި މިކަންކަން ހިތަށް ގެނެސްގަތުން މުހިންމު ކަމުގައި ދެކޭ ކަމަށެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޢީދަކީ އިސްލާމްދީނުގެ ވަރަށް މުހިންމު މުނާސަބަތެކެވެ. އަދި މި މުނާސަބަތުގެ އެންމެ މަތީ މަޤުޞަދަކީ ﷲ މަތިވެރިކޮށް އުފާވެރިކަން ފާޅުކުރުން ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
"ޢީދުކުޅިވަރުގެ ނަމުގައި އިސްލާމްދީނުގެ ސަޤާފަތާ ޚިލާފު ކަންކަމުން އެއްކިބާވާން ޢަޒުމް ކަނޑައަޅަން ޖެހޭނެ،" ވަޒީރު ޝަހީމް ވިދާޅުވިއެވެ.
މި މެސެޖަކީ އަޟްޙާ ޢީދުގެ އުފާ ފާޅުކުރަމުންދާއިރު، ދީނީ އުޞޫލުތަކާއި މުސްލިމުންގެ ރިވެތި ސަޤާފަތުގެ ތެރޭގައި ހިފެހެއްޓުމަށް ބާރުއެޅުމުގެ ގޮތުން ވަޒީރު ދެއްވި މެސެޖެކެވެ.
މިއަދަކީ 1447 ވަނަ އަހަރުގެ އަޟްޙާ ޢީދު ދުވަހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!