އެ ބިމެއްގައި މުންކަރާތްތަކާއި ފާޙިޝު ކަންތައްތައް ޢާންމުވެއްޖެ ނަމަ، މުޖުތަމަޢު ފަސާދަވެ ފަނާވެދާނެ: ހުތުބާ
އެ ބިމެއްގައި މާތް ﷲ ނުރުއްސަވާ ކަންތައްތައް ގިނަވެ، މުންކަރާތްތަކާއި ފާޙިޝު ކަންތައްތައް ޢާންމުވެއްޖެ ނަމަ، އެ މުޖުތަމަޢެއް ފަސާދަވެ ފަނާވެދާނެކަމުގެ އިންޒާރު މިއަދުގެ ހުކުރު ހުތުބާގައި ދީފިއެވެ. “މުޖުތަމަޢު އިޞްލާޙުކުރުން، އެންމެންގެ ޒިންމާ” މި މައުޟޫޢަށް ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުތުބާގައި ބަޔާންކޮށްފައިވަނީ، ދިވެހިންނަކީ ޒަމާނުއްސުރެ މާތް ﷲގެ ދީން ޤަބޫލުކޮށް، އަމާންކަމާއި އަޚުވަންތަކަމާއެކު އުޅެމުން އައި ބަޔަކަށް ވީނަމަވެސް، ފަހުގެ ތާރީޚުގައި އިޖުތިމާޢީ އަދި އަޚުލާޤީ ގޮތުން މު...