''ނަފްސާނީ ބުރަތަކުން އަރައިގަނެ ހިތުގެ ފިނިކަން ހޯދުމަށް އޮތް އެންމެ ކުރު މަގަކީ ޛިކުރުކުރުން''
ދިރިއުޅުމުގެ ދަތިތަކާއި ނަފްސާނީ އެކި ގޮންޖެހުންތަކާއި ހާސްކަމުން އަރައިގަނެ، ހިތްތަކަށް ހަމަޖެހުމާއި އުފާވެރިކަން ހޯދުމަށް އޮތް އެންމެ މަތިވެރި އަދި އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް ﷲ ހަނދުމަކުރުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ “ގިނަގިނައިން ﷲ ހަނދުމަކުރުން” މި މައުޟޫޢަށެވެ. ޚުޠުބާގައި ފާހަގަކުރި ގޮތުގައި، މިއަދު މީސްތަކުން ވޭތިކުރަމުންދަނީ ހާސްކަމާއި ނަފުސާނީ ގޮންޖެހުންތަކުން ފުރިފައިވާ ދުވަސްތ...