މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އިސްލާމިކް މިނިސްޓްރީ

486 Stories filed
ޙައްޖުގައި ތިބޭ މުއްދަތު 15 ދުވަހަށް ކުރުކޮށްލިކަމަށް ބުނާ ވާހަކަ ދޮގުކޮށްފި
Raajje

ޙައްޖުގައި ތިބޭ މުއްދަތު 15 ދުވަހަށް ކުރުކޮށްލިކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ޙައްޖުގައި ތިބޭ މުއްދަތު ސަރުކާރުން 15 ދުވަހަށް ކުރުކޮށްލިކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު ޝަހީމް ވިދާޅުވީ، މިއަހަރުގެ ޙައްޖު ދަތުރުގައި 15 ދުވަހު ތިބޭ އެއްވެސް ބަޔަކު ނުތިބޭނެކަމަށް ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދީފައިވާ ކަމަށެވެ. މިގޮތުން، އެއް ފްލައިޓްގައި ދާ ޙައްޖުވެރިން 18 ދުވަސް އަދި އަނެއް ތިން ފްލައިޓްގެ ޙައްޖުވެރިން 19 ދުވަހު […]

ހުރިހާ ޙާޖީންގެ ހާލު ރަނގަޅު: ދިވެހި ޙައްޖު މިޝަން
Raajje

ހުރިހާ ޙާޖީންގެ ހާލު ރަނގަޅު: ދިވެހި ޙައްޖު މިޝަން

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ހުރިހާ ޙާޖީންގެ ހާލު ވެސް ރަނގަޅުކަމަށް ދިވެހި ޙައްޖު މިޝަނުން މިއަދު ހާމަކޮށްފިއެވެ. ދިވެހި ޙައްޖު މިޝަނުން މަޢުލޫމާތު ދެއްވިގޮތުގައި، ހަތަރު ފްލައިޓެއްގެ މަތިން ޙާޖީން މައްކާއަށް ވަނީ ފޮނުވިފައެވެ. މިއަހަރު ތަޢާރަފުކުރެވުނު މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙާޖީންނަށް ދަތުރުކުރުމުގެ އިންތިޒާމު ހަމަޖެހުމާއެކު، ދަތުރުގައި ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެން ގޮސްފައިވާކަމަށް މިޝަނުން ފާހަގަކުރެއްވިއެވެ. މި އިނީޝިއޭޓިވްގެ ސަބަބުން ޖިއްދާ...

އެންމެ ހެޔޮ ގޮތަކީ ޢީދުގެ އުފާ ފާޅުކުރުމުގައި ނަބަވީ ހިދާޔަތަށް ތަބާވުން: ޝަހީމް
Raajje

އެންމެ ހެޔޮ ގޮތަކީ ޢީދުގެ އުފާ ފާޅުކުރުމުގައި ނަބަވީ ހިދާޔަތަށް ތަބާވުން: ޝަހީމް

ޢީދުގެ އުފާ ފާޅުކުރުމުގައި އެންމެ ހެޔޮ ގޮތަކީ ނަބަވީ ހިދާޔަތަށް ތަބަޢަވުން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ މުސްލިމުން އަންނަނީ އަޟްހާ ޢީދު (ބޮޑު އީދު) އަށް ތައްޔާރުވަމުންނެވެ. މިއީ މުސްލިމުންގެ މަތިވެރި ޙައްޖާއި ވިދިގެން އަންނަ މުސްލިމުންގެ އުފާވެރި މުނާސަބާއެކެވެ. މި ޢީދަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ވެސް ތައްޔާރުވަމުން އަންނައިރު، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މީޑިއާ ގްރޫޕަށް ވަޒީރު ޝަހީމް […]

މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމަކީ ޝަރަފެއް: ރައީސް
Raajje

މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމަކީ ޝަރަފެއް: ރައީސް

މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިކުރި 8 ޤަައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމަކީ ލިބޭ ބޮޑު އުފަލެއް އަދި ޝަރަފެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މައްކާ ރޫޓް އިނީޝިއޭޓިވްއަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުން ތަންފީޒު ކުރަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ މަޝްރޫޢެކެވެ. މި މަޝްރޫޢުގައި މި އަހަރު ރާއްޖެ ހިމަނާދީފައިވާއިރު، ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް އިއްޔެ ވަނީ މައްކާ އަށް ގޮސްފައެވެ. ރައީސް މިއަދު މީސްމީޑިއާ މެދުވެރިކޮށް […]

ރާއްޖޭގެ ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕުގައި ފުރައިފި
Raajje

ރާއްޖޭގެ ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕުގައި ފުރައިފި

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދާ ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް މިއަދު ފުރައިފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ގުރޫޕުގައި 234 ޙައްޖުވެރިން ހިމެނެއެވެ. ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް ފުރާފައިވަނީ މިއަދު ހަވީރު 15:14 ގައި ސަޢުދީ އެއަރލައިންސްގެ ފްލައިޓަކުންނެވެ. މި ފްލައިޓް ޖިއްދާ އެއަރޕޯޓްގައި ޖައްސާނެކަމަށް ލަފާކުރެވެނީ ރާއްޖެ ގަޑިން 20:49 ހާއިރުއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ކުރީ އަހަރުތަކެކޭ...

ރާއްޖޭގައި މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙްކޮށްފި
Raajje

ރާއްޖޭގައި މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙްކޮށްފި

ދިވެހިރާއްޖޭގައި މައްކާ ރޫޓު އިނީޝިއޭޓިވް މިއަދު ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މި އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. މިކަމަށްޓަކައި މިއަދު މެންދުރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސް މުޢިއްޒުގެ އިތުރުން، މައްކާ ރޫޓު އިނީޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައޫދީ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ހިޒް އެކްސެލެންސީ ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ސ...

ދިވެހި ހައްޖުވެރިން ތިބޭ ހޮޓަލުގައި ހާއްސަ ކްލިނިކެއް
Raajje

ދިވެހި ހައްޖުވެރިން ތިބޭ ހޮޓަލުގައި ހާއްސަ ކްލިނިކެއް

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައޫދީ އަށް ގޮސް ދިވެހި ހައްޖުވެރިން މައްކާގައި ތިބޭ ހޮޓަލްގައި ހައްޖާޖީންނަށް ޚާއްޞަކޮށް ކްލިނިކެއް ހުޅުވައިފިއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި މި ކްލިނިކް ހުޅުވާފައިވާކަމަށް ވަނީ ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ ހައްޖުވެރިންނަށްޓަކައި ހައްޖު މޫސުމުގައި ޚާއްޞަ ކްލިނިކެއް ހެދުމަށް ސައުދީ ސަރުކާރުންވަނީ ދިވެހި ހައްޖުމިޝަންއަށް ރަސްމީކޮށް ހުއްދަ ދ...

މިއަހަރުގެ ހައްޖު ކިއުގައި ތިބި ހުރިހާ އެންމެނަށް ވަނީ ޖާގަ ދީފައި: މިނިސްޓްރީ
Raajje

މިއަހަރުގެ ހައްޖު ކިއުގައި ތިބި ހުރިހާ އެންމެނަށް ވަނީ ޖާގަ ދީފައި: މިނިސްޓްރީ

1446 ވަނަ އަހަރު ހައްޖަށް ދެވޭނެ ކަމަށް ކިއުގައި ޖެހިފައިވާ އެންމެނަށް ވެސް މިއަހަރު ހައްޖަށް ދިޔުމަށް ޖާގަ ދީފައިވާނެކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ. އެ މިނިސްޓްރީގެ މީޑިއާ ގްރޫޕަށް އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އަހްސަން މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާންކުރަށްވާފައިވާގޮތަށް 1446 ވަނަ އަހަރު ހައްޖަށް ދެވޭނެ ކަމަށް ކިއުގައި ޖެހިފައިވާ އެންމެނަށް ވެސް މިއަހަރު ހައްޖަށް ދިޔުމަށް ޖާގަ ވަނީ ހަމަޖައްސައިދީފައިވާނެކަމަށެވެ. މީގެ [...

ދިވެހި ޙައްޖު މިޝަން މައްކާއަށް، މައްކާ ރޫޓް އިނީޝިއޭޓިވް އެޑްވާންސް ޓީމް ރާއްޖެއަށް
Raajje

ދިވެހި ޙައްޖު މިޝަން މައްކާއަށް، މައްކާ ރޫޓް އިނީޝިއޭޓިވް އެޑްވާންސް ޓީމް ރާއްޖެއަށް

ދިވެހިރާއްޖޭގެ 1446 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެންބަރުން މިއަދު މައްކާ އަށް ފުރާފައިވާއިރު، މައްކާ ރޫޓް އިނީޝިއޭޓިވް އެޑްވާންސް ޓީމް ރާއްޖެއަށް އަތުވެއްޖެއެވެ. ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރާ ޙާޖީންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން ހަރަކާތްތެރިވާނީ ޙައްޖު މިޝަންއިންނެވެ. އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ، ދިވެހި ޙާޖީންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ސަޢުދީގެ ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް މި މިޝަންއިން ކުރަމުންދާނެ ކަމަށެވެ. ޙައްޖު...

މިރޭ އިޝާނަމާދަށް ފަހު ނަޒީރުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަނީ
Raajje

މިރޭ އިޝާނަމާދަށް ފަހު ނަޒީރުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަނީ

ސަންލޭންޑު ހޮޓެލްސްގެ އެއް ހިއްސާދާރު، މުހައްމަދު ނަޒީރު (ސަންލޭންޑް ނަޒީރު) މައްޗަށް ޣައިބަށް ކުރާ ކަށުނަމާދު މިރޭ އިޝާނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ބާއްވަން ހަމަޖެހިފައިވާ ކަމުގައި އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެ މިނިސްޓްރީން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުހައްމަދު ނަޒީރު (ސަންލޭންޑް ނަޒީރު) ގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މިރޭ އިޝާނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ނަޒީރު އަވާހަރަވީ އާލަސްކަންފުޅަށް ފަރުވާ ހޯއްދަ...

ޚަޠީބުކަމުގެ ކޯހެއް ފުރިހަމަކުރާ ކައުންސިލަރުންނަށް ޚުޠުބާ ކިއުމަށް ހުއްދަ ދެނީ
Raajje

ޚަޠީބުކަމުގެ ކޯހެއް ފުރިހަމަކުރާ ކައުންސިލަރުންނަށް ޚުޠުބާ ކިއުމަށް ހުއްދަ ދެނީ

ޚަޠީބުކަމުގެ ކޯހެއް ފުރިހަމަކުރާ ކައުންސިލަރުންނަށް ޚުޠުބާ ކިއުމަށް ހުއްދަ ލިބޭ ކޯހެއް ފަށަން ސަރުކާރުން ތައްޔާރުވެއްޖެއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވިގޮތުގައި، ކައުންސިލަރުންނަށް ޚުޠުބާ ކިއުމުގެ ހުއްދަ ދިނުމަށް، ކައުންސިލަރުންގެ ތެރޭގައި މިކަމަށް ޝައުޤުހުރި ފަރާތްތަކަށް ޚާއްޞަ ކޯހެއް ފެށުމަށް މިހާރު އެ ކޯސް ވަނީ ފަރުމާކޮށްފައެވެ. ވަޒީރު ވިދާޅުވިގޮތުގައި މިއީ، އަތޮޅުތަކުގައި ޚުޠުބާ ކިއުމަށް ހުރި ދަތިތައް ފުޅާ ދާއިރާއެއްގައި ޙައްލުކ...

ރާއްޖެ މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނުމަށް ސައޫދީ ސަރުކާރުން ނިންމައިފި
Raajje

ރާއްޖެ މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނުމަށް ސައޫދީ ސަރުކާރުން ނިންމައިފި

1446 ވަނަ އަހަރު ދިވެހިރާއްޖެ މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނުމަށް ސައޫދީ އަރަބިއްޔާގެ ސަރުކާރުން ނިންމައިފިއެވެ. މިކަން ޢިއުލާން ކުރައްވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވަނީ މި ނިންމުމާ ގުޅިގެން ދިވެހި ޙައްޖުވެރިންނަށް ލިބިގެންދާނެ ފަސޭހަތައް ހާމަކުރަށްވާފައެވެ. މިގޮތުން މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމުން ދިވެހި ހައްޖާޖީންނަށް ޖިއްދާ އެއަރޕޯޓުގެ އިމިގްރޭޝަންގައި މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދެވުމާއި، ލަގެޖް ސީދާ ހޮޓަލަށް ލިބުމު...

ޒުވާން ހަތީބުންގެ ތިންވަނަ ބުރަށް 283 ޒުވާނުން ކުރިމަތިލައިފި
Raajje

ޒުވާން ހަތީބުންގެ ތިންވަނަ ބުރަށް 283 ޒުވާނުން ކުރިމަތިލައިފި

ސަރުކާރުން ޒުވާން ހަތީބުން ތަމްރީން ކުރުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން، ކުރިއަށް ގެންދަން ނިންމާފައިވާ ތިންވަނަ ޕްރިގްރާމުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގެ ދަށުން 283 ޒުވާނުން ބައިވެރިވެފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ސަރުކާރުން ޒުވާން ހަތީބުންގެ ޕްރޮގްރާމް ކުރިއަށް ގެންދާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ އެކިއެކި ރަށްރަށުގައި އިމާމުން ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދުމާއި، ޒުވާން ކުދިންގެ ހ...

ކުޅުދުއްފުށީގައި އިސްލާމީ މަރުކަޒެއް ބިނާކޮށްދިނުމަށް އެދިއްޖެ
Thiladhunmathi News

ކުޅުދުއްފުށީގައި އިސްލާމީ މަރުކަޒެއް ބިނާކޮށްދިނުމަށް އެދިއްޖެ

ކުޅުދުއްފުށި ސިޓީ ކައުންސިލުން، އިސްލާމީ ކަންތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި ބައްދަލުކުރައްވައިފިއެވެ. އަންގާރަ ދުވަހު މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް އާއި ބައެއް ކައުންސިލަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ސިޓީ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި މި ބައްދަލުވުމުގައި، ކުޅުދުއްފުށީގައި އިސްލާމީ މަރުކަޒެއް ބިނާކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް ވަޒީރުގެ އަރިހުން އެދިފައިވެއެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނި...

މިދިޔަ އަހަރުގެ ހުކުރު ޚުޠުބާތަކުގެ އިނގިރޭސި ތަރުޖަމާ ނެރެފި
Raajje

މިދިޔަ އަހަރުގެ ހުކުރު ޚުޠުބާތަކުގެ އިނގިރޭސި ތަރުޖަމާ ނެރެފި

2024 ވަނަ އަހަރު ކިޔާފައިވާ ހުރިހާ ހުކުރު ޚުޠުބާތަކެއްގެ އިނގިރޭސި ތަރުޖަމާ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ނެރެފިއެވެ. މި ތަރުޖަމާތައް ވަނީ “ސަރމަން ބުކް 2024 (އިނގިރޭސި)” ގެ ނަމުގައި ފޮތެއްގެ ސިފައިގައި ޝާއިޢުކޮށްފައެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފައިވާ ގޮތުގައި، މި ފޮތުގައި 2024 ވަނަ އަހަރު ކިޔާފައިވާ 35 ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ވަނީ ހިމަނާފައެވެ. މިއީ ޚުޠުބާއާ ގުޅޭ ކަންކަން ހަރުދަނާ ކުރުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ކުރެވުނު...