2024 ވަނަ އަހަރު ކިޔާފައިވާ ހުރިހާ ހުކުރު ޚުޠުބާތަކެއްގެ އިނގިރޭސި ތަރުޖަމާ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ނެރެފިއެވެ.
މި ތަރުޖަމާތައް ވަނީ "ސަރމަން ބުކް 2024 (އިނގިރޭސި)" ގެ ނަމުގައި ފޮތެއްގެ ސިފައިގައި ޝާއިޢުކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފައިވާ ގޮތުގައި، މި ފޮތުގައި 2024 ވަނަ އަހަރު ކިޔާފައިވާ 35 ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ވަނީ ހިމަނާފައެވެ. މިއީ ޚުޠުބާއާ ގުޅޭ ކަންކަން ހަރުދަނާ ކުރުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ކުރެވުނު ކަމެކެވެ.
"ސަރމަން ބުކް 2024 (އިނގިރޭސި)" މިހާރު ވަނީ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެކަމަށް އެމިނިސްޓްރީން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!