ސަރުކާރުން ޒުވާން ހަތީބުން ތަމްރީން ކުރުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން، ކުރިއަށް ގެންދަން ނިންމާފައިވާ ތިންވަނަ ޕްރިގްރާމުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގެ ދަށުން 283 ޒުވާނުން ބައިވެރިވެފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ޒުވާން ހަތީބުންގެ ޕްރޮގްރާމް ކުރިއަށް ގެންދާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ އެކިއެކި ރަށްރަށުގައި އިމާމުން ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދުމާއި، ޒުވާން ކުދިންގެ ހިތްތަކުގައި އިމާމުކަން ކުރުމާއި ހުތުބާ ކިޔުމަށް ޝައުގުވެރިކަން އުފައްދައި، ދީނަށް ލޯބިކުރުން އެކުދިންގެ ހިތްތަކުގައި އާލާކުރުމެވެ.
ސަރުކާރުން އަމާޒު ހިފާފައި ވަނީ މި ފަސްއަހަރުތެރޭ 1000 ޒުވާން ހާފިޒުން ތަމްރީން ކުރުމަށެވެ. އެގޮތުން މިހާތަނަށް ޒުވާން ހަތީބުން ތަމްރީން ކުރުމުގެ ދެބުރެއް ވަނީ ބާއްވާފައެވެ.
ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިސްނެންގެވުމުގެ މަތިން، ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި، ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރު ކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިންތިޒާމުކޮށްފައިވާ ޕްރޮގްރާމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!