އެޗްއާރުސީއެމްގެ މެންބަރުކަމަށް ހަބީބު ޢައްޔަނުކުރަށްވައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރުކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު އައްޔަނުކުރަށްވައިފިއެވެ. ޙަބީބު ޢަބްދުއްރަޙީމް، މި މަޤާމަށް ޢައްޔަންކުރެއްވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަޤާމަށް ހަބީބު ޢައްޔަންކުރެއްވިކަމުގެ ލިޔުން، ރައީސް ވަނީ ޙަބީބު އާއި ހަވާލުކުރައްވާފައެވެ. އެޗްއާރުސީއެމް...