ރީ-ރެޖިސްޓަރ ކުރުމަށް ހުށަހަޅާ ފޯމުތަކުގެ ސައްހަކަަން ކަށަވަރު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބު 2023 ގެ ދެވަނަބުރުގެ ރީ-ރެޖިސްޓަރ ކުރުމަށް، ގިނަ އަދަދެއްގެ ފޯމު ހުށަހަޅާ ފަރާތްތަކުން، ގެންނަ ފޯމުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުން، އިލެކްޝަންސް ކޮމިޝަންގެ ފޯނު ނަންބަރަކުން، ފޯމު ހުށަހަޅާ ފަރާތްތަކަށް ގުޅާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ސައްހަނޫން ފޯމެއް ހުށަހަޅައިފިނަމަ، އެ ފޯމެއް ހުށަހެޅި ފަރާތަކާއި މެދު ފިޔަވަޅު އަޅަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމަށާއި އެހެންކަމުން އެއްވެސް މީހެއްގެ ވޯޓުލުމުގެ ހައްގަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް އެ ކޮމިޝަނުން ވަނީ އެދިވަޑައިގެންފައެވެ.
ރާއްޖޭގައި ކޮންމެ ފަސް އަހަރަކުން އެއްފަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި މިއަހަރު 8 ކެންޑިޑޭޓުން ވަނީ ވާދަކުރައްވާފައެވެ. މިއީ ގިނަ ސިޔާސީ ޕާޓީތަކުން ވެރިކަމަށް ވާދަލުރައްވަން ފެއްޓެވިފަހުން އެންމެގިނަ ކެންޑިޑޭޓުން ވާދަކުރެއްވި ފަަހރު ވެސް މެއެވެ.
ރިޔާސީ އިންހާބު މި މަހުގެ 9 ވީ ހޮނިހިރު ދުވަހު ބޭއްވިއިރު، އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށް ވުރެ ގިނައިން ވޯޓު ލިބިވަޑައިގެންފައި ނުވާތީ، ދެވަނަ ބުރެއްގައި ވޯޓުލުން ބޭއްވުމަށް ވަނީ ނިންމާފައެވެ.
އެގޮތުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުު މި މަހުގެ 30 ވަނަ ދުވަހު ބާއްވަން އީސީ އިން ނިންމާފައިވާއިރު، މި ބުރުގަިއ ވާދަކުރައްވާނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒު އާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ސާލިހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!