މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އިލެކްޝަން ކޮމިޝަން

344 Stories filed
ތިން ބައި-އިލެކްޝަނެއްގެ ވޯޓުލުން ކުރިއަށް
Raajje

ތިން ބައި-އިލެކްޝަނެއްގެ ވޯޓުލުން ކުރިއަށް

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބާއްވާ ތިން ބައި-އިލެކްޝަނެއްގެ ވޯޓުލުން ކުރިއަށް އެބަ ދެއެވެ. އީސީން މިއަދު ވޯޓުލުން ބާއްވާ ބައި-އިލެކްޝަން ތަކަކީ، ފ. އަތޮޅު އަދި ވ. ފެލިދޫ ކައުންސިލް ރައީސް އަދި ރ. ރަސްގެތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރަކު ހޮވަން ބާއްވާ ބައި-އިލެކްޝަން ތަކެވެ. މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8:00 ގައެވެ. ވޯޓުލުން ބަންދުކުރަން ނިންމާފައި ވަނީ މިއަދު ހަވީރު 4:00 އަށެވެ. މި ބައި-އިލެކްޝަންތަކުގެ […]

ރީ-ރަޖިސްޓްރީ ކުރަން 13،000 އަށް ވުރެ ގިނަ ފޯމް ހުށަހެޅި
Raajje

ރީ-ރަޖިސްޓްރީ ކުރަން 13،000 އަށް ވުރެ ގިނަ ފޯމް ހުށަހެޅި

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓުލާން ރީ-ރަޖިސްޓްރީކުރަން 13،000 އަށްވުރެ ގިނަ މީހުން ފޯމު ހުށަހެޅި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ. އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރީ-ރަޖިސްޓްރޭޝަނަށް ދިން ހަތް ދުވަހުގެ މުއްދަތު އިއްޔެ ހަވީރު 4:00 ގައި ހަމަވިއިރު، ރީ-ރަޖިސްޓްރީކުރަން 13،378 މީހުން ފޯމު ހުށަހެޅި ކަމަށެވެ. އޭގެ ތެރެއިން، 1،459 ފޯމު ބަލައިނުގަންނަން ނިންމިއިރު، ރީ-ރަޖިސްޓްރީކޮށް ދީފައި ވަނީ 11،919 މީހުންގެ ފޯމް […]

ރީ-ރަޖިސްޓަރީވުމުގެ މުއްދަތު މިއަދު ހަމަވާނެ
Raajje

ރީ-ރަޖިސްޓަރީވުމުގެ މުއްދަތު މިއަދު ހަމަވާނެ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވޯޓުލާަން ރަޖިސްޓަރީވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށް، ރީ-ރަޖިސްޓްރޭޝަން ވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލި މުއްދަތު މިއަދު ހަވީރު 4 އަށް ހަމަވާނެއެވެ. މަޖިލިސް އިންތިޚާބުގެ ރީ-ރަޖިސްޓަރީ ވުމުގެ މުއްދަތު މިއަދު ހަމަވާކަން ހަނދާންކޮށްދީ އީސީން ބުނެފައި ވަނީ ދެން މި މުއްދަތު އިތުރު ނުކުރަން ނިންމާފައިވާކަމަށެވެ. މި އިންތިޚާބުގައި އޮންލައިންކޮށް ވެސް ރީ-ރަޖިސްޓަރީ ވެވެއެވެ. ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގަ...

މަޖިލިސް 2024: ޖުމްލަ 608 ވޯޓު ފޮށި، ބޭރު 6 ޤައުމެއްގައި ބަހައްޓާނެ
Raajje

މަޖިލިސް 2024: ޖުމްލަ 608 ވޯޓު ފޮށި، ބޭރު 6 ޤައުމެއްގައި ބަހައްޓާނެ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ބޭރު ހަ ޤައުމެއްގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. އީސީން ބުނިގޮތުގައި މި އިންތިޚާބުގައި ޖުމްލަ 608 ވޯޓު ފޮށި ބަހައްޓާނެއެވެ. ރީ-ރަޖިސްޓްރޭޝަން މަރުޙަލާ ނިމުމުން، މި އަދަދުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އީސީން ބުނެއެވެ. މި އިންތިޚާބުގައި ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާ ތަންތަނަކީ އިންޑިއާގެ ތިރިވަރަމްދަމްޕޫރަމް (ޓްރިވެންޑްރަމް) އާއި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ އާއި...

މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
Parliament

މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ. މިގޮތުން ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް، 30 ޖަނަވަރީ 2024 ވާ އަންގާރަ ދުވަހުގެ ހެނދުނު 9:00 ން ފެށިގެން، 14 ފެބުރުވަރީ 2024 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމަޔަށް މި ފުރުސަތު އީސީން ވަނީ ހުޅުވާލާފައެވެ. ވިހި ވަނަ މަޖިލީހަށް އިންތިޚާބު […]

ވާދަވެރިކަމެއްނެތި ތަކަންދޫ ކައުންސިލް ގޮނޑި ޕީއެންސީ އަށް
Thiladhunmathi News

ވާދަވެރިކަމެއްނެތި ތަކަންދޫ ކައުންސިލް ގޮނޑި ޕީއެންސީ އަށް

ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރަކު އިންތިޚާބު ކުރަން ބާއްވަން ނިންމި ބައި-އިލެކްޝަނަށް އެންމެ ކެންޑިޑޭޓެއް ކުރިމަތިލުމުން އެ ގޮނޑި އޭނާ އަށް ކަށަވަރުވެއްޖެއެވެ. މި ބައި-އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ނަމަވެސް އެކަމަށް ހުޅުވާލި ފުރުސަތުގައި އެ ގޮނޑިއަށް ކުރިމަތިލީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓު އެރަށު ޑޭޒީމާގެ، ފަހީމާ މުހައްމަދު އެކަންޏެވެ. އެހެންކަމުން ތަކަންދޫ ކައުން...

މި އަހަރުގެ ބަޖެޓުން ހަ ޕާޓީއަކަށް 44 މިލިއަން ރުފިޔާ
Raajje

މި އަހަރުގެ ބަޖެޓުން ހަ ޕާޓީއަކަށް 44 މިލިއަން ރުފިޔާ

މި އަހަރު ދައުލަތުގެ ބަޖެޓުން ޖުމްލަ ހަ ޕާޓީއަކަށް 44 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރަން ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ބުނެފިއެވެ. އީސީން މިއަދު ވަނީ 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރިއިރު، 10 ހާސް މެންބަރުން ހަމަވާ ޕާޓީތަކާއި އަދި އެ ޕާޓީތަކަށް މި އަހަރުގެ ދައުލަތުގެ ބަޖެޓުން ދޫކުރުން ނިންމާފައިވާ ފައިސާގެ މިންވަރު ހާމަކޮށްފައެވެ. މިއަދު ހަ ޕާޓީއަށް ޖުމްލަ 44،099،905 ރުފިޔާ ދޫކުރުމަށް ނިންމާފައިވާކަމަށް އީސީން ބުންޏެވެ. […]

އީސީގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވައިލައިފި
Raajje

އީސީގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވައިލައިފި

އިލެކްޝަންސް ކޮމިޝަން (އީސީ)  މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސް އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ. އީސީގެ މެންބަރުކަމަށް ކުރިމަތިލާން މި ހުޅުވައިލީ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިސްމާއީލް ހަބީބުގެ ދައުރު ހަމަވާތީއެވެ. އީސީގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 30 ޖަނަވަރީ 2024 ވާ އަންގާރަ ދުވަހުގެ 12:30 ގެ ނިޔަލަށް ރައީސް އޮފީހުން ވަނީ ހުޅުވާލާފައެވެ. އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް...

މައުލޫމާތު ބަދަލުވެގެން އާދިއްތައިގެ ފަހުން އައިޑީކާޑު ހަދައިދޭނީ ވޯޓު ނުލެވޭނެ ކަމުގެ އިއުތިރާޒާ އެކު
Raajje

މައުލޫމާތު ބަދަލުވެގެން އާދިއްތައިގެ ފަހުން އައިޑީކާޑު ހަދައިދޭނީ ވޯޓު ނުލެވޭނެ ކަމުގެ އިއުތިރާޒާ އެކު

މައުލޫމާތު ބަދަލުވެފައިވާ މީހުންނަށް އަންނަ އާދިއްތަ ދުވަހުގެ ފަހުން އައިޑީ ކާޑް ހަދައި ދޭނީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވޯޓު ނުލެވުނަސް އެކަމުގެ އިއުތިރާޒު ނުކުރާ ނަމަ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން މިއަދު ބުނެފިއެވެ. ޑީއެންއާރުން ކުރި އިއުލާނެއްގައި ބުނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ވޯޓާސް ލިސްޓް ފައިނަލް ކުރުމަށް 18 އަހަރުން މަތީގެ ފަރާތްތަކުގެ މައުލޫމާތު ބަދަލުވެފައިވާ ނަމަ އަންނަ އާދިއްތަ ދުވަހުގެ މެންދުރު ފަހު 3:00 […]

ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަންތަކުގެ ރަސްމީ ނަތީޖާ ޢިއުލާންކޮށްފި
Raajje

ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަންތަކުގެ ރަސްމީ ނަތީޖާ ޢިއުލާންކޮށްފި

މާލޭގެ މޭޔަރުގެ އިތުރުން ތިން ކައުންސިލަރުން ހޮވުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަންތަކުގެ ރަސްމީ ނަތީޖާ މިއަދު ޢިއުލާންކޮށްފިއެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ޢިއުލާންކުރި ރަސްމީ ނަތީޖާގައި ބުނާގޮތުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި މާލޭ މޭޔަރުކަމަށް ވާދަކުރެއްވި އާދަމް އާޒިމް އެ މަގާމު ކާމިޔާބު ކުރެއްވީ ވޯޓުދިން މީހުންގެ 44.81 ވޯޓު ހޯއްދަވައިގެންނެވެ. އެއީ 7621 ވޯޓެވެ. އާޒިމްއާ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު އަދި ކުރީގެ ބަންޑާރަ ނައިބު...

ބައި އިލެކްޝަންތަކުގެ ނަތީޖާ: ގިނަ ގޮނޑި ހޯދީ ޕީއެންސީން
Raajje

ބައި އިލެކްޝަންތަކުގެ ނަތީޖާ: ގިނަ ގޮނޑި ހޯދީ ޕީއެންސީން

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ބޭއްވި ބައި އިލެކްޝަންގައި އެންމެ ގިނަ ގޮނޑި ހޯދި ޕާޓީއަކަށް ވެރިކަން ކުރާ ޕީއެންސީވެއްޖެއެވެ. އީސީން އިއްޔެ ވަނީ ޖުމްލަ ހަތަރު ބައި އިލެކްޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެންމެ ބޮޑު ޝައުގެއް އަދި ވާދަވެރިކަމެއް އުފެދިގެން އައި ބައި އިލެކްޝަނަކަށްވީ މާލޭގެ މޭޔަރު ކަމަށް ބޭފުޅަކު އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަނެވެ. މި ބައި އިލެކްޝަންގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާ އާއި […]

މާލޭ މޭޔަރުކަމަށް އާޒިމް
Raajje

މާލޭ މޭޔަރުކަމަށް އާޒިމް

މާލޭގެ މޭޔަރަކު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވާދަކުރެއްވި އާދަމް އާޒިމް ކާމިޔާބު ކުރައްވައިފިއެވެ. އާޒިމް، މާލޭ މޭޔަރު ގޮނޑި ކާމިޔާބުކުރައްވާފައިވާކަން މިހާތަނަށް ގުނުނު ފޮށިތަކުގެ ނަތީޖާއިން ދައްކައެވެ. މި ބައި-އިލެކްޝަންގައި ޖުމްލަ 55 ވޯޓު ފޮށި ބަހައްޓާފައިވާއިރު، މިހާތަނަށް ގުނި 41 ފޮށިން އާޒިމް ވަނީ 5,303 ވޯޓު ހޯއްދަވައިފައެވެ. އާޒިމް އާއި އެންމެ ގާތުން ވާދަކުރެއްވީ ސަރުކާރު ހިންގާ ފަރާތުން ވާދަކުރެއްވި ކުރީގެ ބަ...

ހަތަރެއް ޖެހުމާއި ހަމައަށް ވޯޓުލީ 26 އިންސައްތަ މީހުން
Raajje

ހަތަރެއް ޖެހުމާއި ހަމައަށް ވޯޓުލީ 26 އިންސައްތަ މީހުން

އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަަދު ބާއްވާ ބައި-އިލެކްޝަންތަކުގައި މިއަދު ހަވީރު 16:00 އާއި ހަމައަށް ވޯޓު ލާފައި ވަނީ 26.08 އިންސައްތަ މީހުންނެވެ. މާލޭގެ މޭޔަރުގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާ އަދި މާލެ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާއަށް ކައުންސިލަރުން ހޮވަން ބާއްވާ މި ބައި-އިލެކްޝަންގެ ވޯޓުލުން ފެށީ ހެނދުނު 8:00 ގައެވެ. މީގެ އިތުރުން މ. މުލަކު އަންހެނުންގެ ތަރައްގީއަށް […]

ވޯޓުލާން ނުކުންނަ ނިސްބަތް ދަށް، މެންދުރު އެކަކާއި ހަމައަށް ވޯޓުލީ 14 އިންސައްތަ މީހުން
Raajje

ވޯޓުލާން ނުކުންނަ ނިސްބަތް ދަށް، މެންދުރު އެކަކާއި ހަމައަށް ވޯޓުލީ 14 އިންސައްތަ މީހުން

އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަަދު ބާއްވާ ބައި-އިލެކްޝަންތަކުގައި މިހާތަނަށް ވޯޓުލާން ނުކުންނަ ނިސްބަތް ނިސްބަތުން ދަށްއިރު، މެންދުރު 13:00 އާއި ހަމައަށް ވޯޓުލާފައި ވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންކުރެ 14.08 އިންސައްތަ މީހުންނެވެ. މާލޭގެ މޭޔަރުގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާ އަދި މާލެ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާއަށް ކައުންސިލަރުން ހޮވަން ބާއްވާ މި ބައި-އިލެކްޝަންގެ ވޯޓުލުން ފެށީ ހެނދުނު […]

މާލޭގެ މޭޔަރަކަށް ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން ވޯޓުލައްވައިފި
Raajje

މާލޭގެ މޭޔަރަކަށް ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން ވޯޓުލައްވައިފި

މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ހުރިހާ ކެންޑިޑޭޓުން ވެސް މިއަދު ވޯޓުލައްވައިފިއެވެ. މާލޭގެ މޭޔަރުގެ އިތުރުން މާފަންނު ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާގެ މެންބަރު ކަމަށް ކެންޑިޑޭޓަކު އިންތިހާބު ކުރުމާއި މ. މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ވަނީ ފަށައިފައެވެ. މި ބައި އިލެކްޝަންގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން ވެސް މިވަނީ ވޯޓުލައްވައިފައެވެ. […]