މާލޭގެ މޭޔަރުގެ އިތުރުން ތިން ކައުންސިލަރުން ހޮވުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަންތަކުގެ ރަސްމީ ނަތީޖާ މިއަދު ޢިއުލާންކޮށްފިއެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ޢިއުލާންކުރި ރަސްމީ ނަތީޖާގައި ބުނާގޮތުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި މާލޭ މޭޔަރުކަމަށް ވާދަކުރެއްވި އާދަމް އާޒިމް އެ މަގާމު ކާމިޔާބު ކުރެއްވީ ވޯޓުދިން މީހުންގެ 44.81 ވޯޓު ހޯއްދަވައިގެންނެވެ. އެއީ 7621 ވޯޓެވެ.
އާޒިމްއާ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރަށް ލިބިވަޑައިގެންނެވީ 5،031 ވޯޓެވެ. އެއީ ވޯޓުދިން މީހުންގެ 29.58 ވޯޓެވެ.
އެހެން ކެންޑިޑޭޓުންނަށް ލިބުނު ވޯޓު
- ދަ ޑިމޮކްރެޓްސްގެ ސައިފް ފާތިހް - 2343 ވޯޓި (13.78 އިންސައްތަ)
- އަމިއްލަ ކެންޑިޑޭޓު ކުރީގެ ސީޕީ ހުސައިން ވަޙީދު - 1888 ވޯޓު (11.10 އިންސައްތަ)
- ޝުއައިބު ޢަލީ - 125 ވޯޓު (0.73 އިންސައްތަ)
2024 ޖަނަވަރީ 13 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ ބައި- އިލެކްޝަނުގެ ރަސްމީ ނަތީޖާ pic.twitter.com/wLT0Y4Gajo
— Elections Commission (@ElectionsMv) January 15, 2024
ރަސްމީ ނަތީޖާ ޢިއުލާން ކުރެއްވި އިރު، ވަގުތީ ނަތީޖާ އަށް ބަދަލު އައިސްފައެއް ނުވެއެވެ.
އެދުވަހު ބޭއްވި މ. މުލަކު އަންހެނުންނަށް ތަރައްޤީ އަށް މަސައްކަތްކުރާ ކޮމެޓީގެ ބައިު-އިލެކްޝަންގެ ރަސްމީ ނަތީޖާއަކީ، އެ ގޮނޑި ކާމިޔާބު ކުރި ޕީއެންސީގެ ޒައީމާ އަބުދުއްރަޝީދަށް 243 ވޯޓު ލިބުނު އިރު އޭނާ އާއި ވާދަކުރި މިނިވަން ކެންޑިޑޭޓު މަރިޔަމް ހަސަން އަށް ލިބުނު 229 ވޯޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!