އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަަދު ބާއްވާ ބައި-އިލެކްޝަންތަކުގައި މިއަދު ހަވީރު 16:00 އާއި ހަމައަށް ވޯޓު ލާފައި ވަނީ 26.08 އިންސައްތަ މީހުންނެވެ.

މާލޭގެ މޭޔަރުގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާ އަދި މާލެ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާއަށް ކައުންސިލަރުން ހޮވަން ބާއްވާ މި ބައި-އިލެކްޝަންގެ ވޯޓުލުން ފެށީ ހެނދުނު 8:00 ގައެވެ.

Ad
rt

މީގެ އިތުރުން މ. މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް މެންބަރަކު ހޮވުމަށްބާއްވާ ބައި-އިލެކްޝަން ވެސް މިއަދު ކުރިއަށް އެބަދެއެވެ.

އީސީން އެންމެފަހުން ޢާންމުކުރި މައުލޫމާތަށް ބަލާއިރު ހަވީރު 16:00 އާއި ހަމައަށް ވޯޓުލާފައި ވަނީ 26.08 އިންސައްތަ މީހުންނެވެ. އެއީ 14065 މީހުންނެވެ.

މި ބައި-އިލެކްޝަން ތަކުގައި ވޯޓުލުމުގެ ހައްގު 56،0026 މީހުންނަށް ލިބިފައި ވެއެވެ.

ވޯޓުލުން ބަންދުވާނީ ހަވީރު 17:00 ގައެވެ.