މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އިލެކްޝަން ކޮމިޝަން

344 Stories filed
ވޯޓުލާ މީހުންގެ ދުވަސް ފާހަގަ ކުރަން "ބާރަކީ ފާހަގަ ކުއިޒް" ނަމުގައި ކުއިޒެއް
Raajje

ވޯޓުލާ މީހުންގެ ދުވަސް ފާހަގަ ކުރަން "ބާރަކީ ފާހަގަ ކުއިޒް" ނަމުގައި ކުއިޒެއް

މި އަހަރުގެ ވޯޓްލާ މީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން “ބާރަކީ ފާހަގަ ކުއިޒް” ނަމުގައި ކުއިޒެއް އިލެކްޝަން ކޮމިޝަނުން ފަށައިފިއެވެ. ވޯޓުލާ މީހުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް އޮގަސްޓް މަހުގެ 25 ވަނަ ދުވަހެވެ. އެ ކޮމިޝަނުން މި ކުއިޒް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް، ދިހަ ދުވަހުގެ މުއްދަތަށެވެ. އެ ކޮމިޝަނުން ބުނީ ކޮންމެ […]

ފުއާދުގެ ބަޔޯގްރަފީ ފޮތް ރައީސަށް ހަދިޔާ ކުރައްވައިފި
Raajje

ފުއާދުގެ ބަޔޯގްރަފީ ފޮތް ރައީސަށް ހަދިޔާ ކުރައްވައިފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުޢާދު ތައުފީޤުގެ ބަޔޯގްރަފީ ފޮތް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު ހަދިޔާ ކުރައްވައިފިއެވެ. ފުއާދުގެ ބަޔޯގްރަފީ ފޮތް “ގޮތުގައި” ރައީސަށް ހަދިޔާ ކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މި ފޮތް އިފުތިތާހުކޮށްދެއްވާފައެވެ. މިފޮތަކީ މަޝްހޫރު ނޫސްވެރިޔާ އަދި ލިޔުންތެރިޔާ އަޙްމަދު ސާއިލް ޢަލީ ލިޔެފައިވާ ފޮތެކެވެ. 190 ސަފުހާގެ މި ފޮތުގައި، ފުޢާދުގެ ޒާތީ ހަޔާތާއި، މަސައްކަތުގެ ހަޔާތ...

ކައުންސިލް ބައި-އިލެކްޝަން އަހަރަކު ދެ ފަހަރު ބާއްވާގޮތައް ޤާނޫނު އިސްލާޙްކުރަނީ
Parliament

ކައުންސިލް ބައި-އިލެކްޝަން އަހަރަކު ދެ ފަހަރު ބާއްވާގޮތައް ޤާނޫނު އިސްލާޙްކުރަނީ

ލޯކަލް ކައުންސިލް ބައި-އިލެކްޝަން އަހަރަކު ދެ ފަހަރު ބާއްވާގޮތައް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ. މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ، ސަރުކާރުގެ ފަރާތުން، ކާށިދޫ ދާއިރާގެ މެންބަރު މުންތަޡިމް އިބްރާހީމް އެވެ. މެންބަރު މުންތަޡިމް އިބްރާހީމް ހުށަހެޅުއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުށް އިޞްލާޙު ގެނައުމުގެ ބިލުގައި ބުނާގޮތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ މިހާރު ޤާނޫނު އޮންނަގޮތުން ލޯކަލް ކަ...

މިއަދު ބޭއްވި ބައި-އިލެކްޝަންގެ ހަ ގޮނޑީގެ ތެރެއިން ފަސް ގޮނޑި ޕީއެންސީ އަށް
Raajje

މިއަދު ބޭއްވި ބައި-އިލެކްޝަންގެ ހަ ގޮނޑީގެ ތެރެއިން ފަސް ގޮނޑި ޕީއެންސީ އަށް

ހަ ދާއިރާއަކަށް ކައުންސިލަރުން އިންތިޚާބުކުރުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަންގެ ފަސް ގޮނޑި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ. މިގޮތުން ޕީއެންސީން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑީގެ އިތުރުން ކާމިޔާބުކޮށްފައި ވަނީ މާލޭ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާ، ހުޅުމާލެ ދާއިރާ، މައްޗަންގޮޅި މެދު ދާއިރާ އަދި ފ. ބިލެތްދޫ ކައުންސިލް ރައީސްގެ ގޮނޑިއެވެ. ޕީއެންސީ އަށް ކާމިޔާބު ނުވީ ހަމައ...

ކުޅުދުއްފުށީ ސިޓީ ކައުންސިލް ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި
Thiladhunmathi News

ކުޅުދުއްފުށީ ސިޓީ ކައުންސިލް ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަންގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓް އިބްރާޙީމް މުހައްމަދު ކާމިޔާބުކޮށްފިއެވެ. މިއަދުގެ ބައި-އިލެކްޝަންގައި ކުޅުދުއްފުށީ އުތުރު ގޮނޑި ޕީއެންސީން ކާމިޔާބު ކޮށްފައިވާކަން އަދި އިލެކްޝަން ކޮމިޝަން (އީސީ) އިން ޢިއުލާން ނުކުރި ނަމަވެސް ވަގުތީ ނަތީޖާއަށް ބަލައި އެ ގޮނޑި ޕީއެންސީއަށް ކާމިޔާބުވެފައިވާތީ ޕީއެންސީން ވަނީ ކެންޑިޑޭޓް އިބްރާޙީމް މުހައްމަދަށް މަރުޙަބާ ކިޔާފައ...

އެމްޓީޑީ، އެމްއެންޕީ އަދި ދަ ޑޮމޮކްރެޓްސް 50،000ރ. އިން ޖޫރިމަނާ
Raajje

އެމްޓީޑީ، އެމްއެންޕީ އަދި ދަ ޑޮމޮކްރެޓްސް 50،000ރ. އިން ޖޫރިމަނާ

މިދިޔަ އަހަރުގެ އޮޑިޓު ރިޕޯޓު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފައި ނުވާތީ، ތިން ސިޔާސީ ޕާޓީ އެއް 50،000ރ. އިން ޖޫރިމަނާ ކުރަން އެ ކޮމިޝަނުން މިއަދު ނިންމައިފި އެވެ. އީސީ އިން މަޢުލޫމާތުދިން ގޮތުގައި، ޖޫރިމަނާކުރަން ނިންމާފައިވަނީ މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަދި ދަ ޑޮމޮކްރެޓްސް އެވެ. ސިޔާސީ ޕާޓީތަކުން ކޮންމެ އަހަރަކުވެސް އެ އަހަރެއްގައި ހިންގި ހަރަކާތްތަކާއި، ލިބުނު ފައިސާ އަދި ޚަރަދުކުރި ގޮތުގެ […]

މާލެ ސިޓީ ކައުންސިލްގެ ތިން ގޮނޑިއަށް ކުރިމަތިލީ ޕީއެންސީ އާއި އެމްޑީޕީން
Raajje

މާލެ ސިޓީ ކައުންސިލްގެ ތިން ގޮނޑިއަށް ކުރިމަތިލީ ޕީއެންސީ އާއި އެމްޑީޕީން

މާލެ ސިޓީ ކައުންސިލްގެ ތިން ގޮނޑިއަށް ވާދަކުރަނީ އެމްޑީޕީ އާއި ޕީއެންސީން އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އީސީން ބާއްވަން ނިންމާފައި ވަނީ މައްޗަންގޮޅި މެދު ދާއިރާއާއި ހެންވޭރު ހުޅަނގު ދާއިރާ އަދި ހުޅުމާލެ ދާއިރާ އަށް ކައުންސިލަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނެވެ. މި ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 20 ވަނަ ދުވަހުއެވެ. މައްޗަންގޮޅި މެދު ދާއިރާ އަށް ޕީއެންސީގެ ފަރާތުން ވާދަކުރަނީ ފާތިމަތު […]

ހަ ސިޔާސީ ޕާޓީ އަކަށް 44 މިލިއަން ރުފިޔާ ދޫކޮށްފި
Raajje

ހަ ސިޔާސީ ޕާޓީ އަކަށް 44 މިލިއަން ރުފިޔާ ދޫކޮށްފި

އިލެކްޝަން ކޮމިޝަން (އީސީ)ގައި ދަފުތަރު ކުރެވިފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުން ކަނޑައެޅިފައިވާ ފައިސާ ލިބުމުގެ ޝަރުތުހަމަވާ ހަ ޕާޓީއަކަށް 44.09 މިލިއަން ރުފިޔާ ދޫކޮށްފިއެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ޝަރުތުހަމަވާ ސިޔާސީ ޕާޓީތަކަށް ދޫކުރަންޖެހެއެވެ. ޕާޓީތަކަށް އިލެކްޝަނުން ފައިސާ ދޫކުރަނީ މެމްބަރުންގެ އަދަދަށް ބަލައިގެންނެވެ. ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާނީ، ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރާ ދު...

ކައުންސިލް ބައި އިލެކްޝަންތަކުގައި ޕީއެންސީއަށް 4 ގޮނޑި، އިދިކޮޅަށް 2 ގޮނޑި
Raajje

ކައުންސިލް ބައި އިލެކްޝަންތަކުގައި ޕީއެންސީއަށް 4 ގޮނޑި، އިދިކޮޅަށް 2 ގޮނޑި

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ބޭއްވި ބައި އިލެކްޝަންތަކުގައި ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީން ހަތަރު ގޮނޑިއެއް ކާމިޔާބު ކުރިއިރު،  އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްއަށް އެއް ގޮނޑި ލިބިފައިވާ ކަމަށް ވަގުތީ ނަތީޖާއިން ދައްކައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން ރޭގެ ވަގުތެއްގައި ވަނީ މި އިންތިހާބުތަކުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފައެވެ. ބައި އިލެކްޝަން ކުރިއަށް ދިޔައީ މ. މަޑުއްވަރީގެ ކައުންސިލްގެ ރައީސް ހޮވުމަށާއި ހއ. އުތީމު، ނ.ލަންދޫ ، ނ. ވެލިދޫ ކައުންސިލް މެންބަރަކު […]

ހަ ރަށެއްގެ ބައި އިލެކްޝަންގެ ވޯޓްލުން ކުރިއަށް
Raajje

ހަ ރަށެއްގެ ބައި އިލެކްޝަންގެ ވޯޓްލުން ކުރިއަށް

ހަ ރަށެއްގެ ބައި އިލެކްޝަންސްގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނީ ބައި އިލެކްޝަން ކުރިއަށް ދަނީ މ. މަޑުއްވަރީގެ ކައުންސިލްގެ ރައީސް ހޮވުމަށާއި ހއ. އުތީމު، ނ.ލަންދޫ ، ނ. ވެލިދޫ ކައުންސިލް މެންބަރަކު ހޮވުމަށާއި ހއ. ތުރާކުނާއި ރ. އިންނަމާދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަން ކަމަށެވެ. ވޯޓުލުން ކުރިއަށް ދަނީ މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު […]

ޔާމީންގެ އާ ޕާޓީ، ޕީއެންއެފް ރަޖިސްޓްރީކޮށްދީފި
Raajje

ޔާމީންގެ އާ ޕާޓީ، ޕީއެންއެފް ރަޖިސްޓްރީކޮށްދީފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނައި ރަޖިސްޓްރީކޮށްފިއެވެ. ޕީއެންއެފް އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވަނީ ޕާޓީ ރަޖިސްޓްރީކޮށް އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަށް ދޫކުރި ލިޔުން “އެކްސް” ގައި އާންމު ކުރައްވައިފައެވެ. ޕާޓީގެ މަސްއޫލުވެރިޔަކީ ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީންއެވެ. ޕީއެންއެފް ރަޖިސްޓްރީކޮށް ދިން ކަމުގެ ލިޔުން އެ ޕާޓީއާ ހަވާލ...

ދުވާފަރު ދާއިރާގެ ފޮށިތައް އަލުން ނުގުނަން އީސީން ނިންމައިފި
Raajje

ދުވާފަރު ދާއިރާގެ ފޮށިތައް އަލުން ނުގުނަން އީސީން ނިންމައިފި

ދުވާފަރު ދާއިރާގެ ހުރިހާ ވޯޓު ފޮށިތަކެއް އަލުން ގުނަންޖެހޭ އެއްވެސް ސަބަބެއް ނެތުމުން އެ ފޮށިތައް ނުގުނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. ދުވާފަރު ދާއިރާގެ ފޮށިތައް އަލުން ގުނައި ދިނުމަށް އެދިވަޑައިގެންނެވީ އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓު އިބްރާހިމް އަބްދުއްރަހްމާނެވެ. ދުވާފަރު ފޮށިތައް އަލުން ގުނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމު ކުރި ވަގުތީ ނަތީޖާ […]

ދުވާފަރު ދާއިރާގެ ފޮށިތައް އަލުން ގުނަން އީސީ އަށް ހުށަހަޅައިފި
Raajje

ދުވާފަރު ދާއިރާގެ ފޮށިތައް އަލުން ގުނަން އީސީ އަށް ހުށަހަޅައިފި

ދުވާފަރު ދާއިރާގެ ހުރިހާ ފޮށިތަކެއް އަލުން ގުނައި ދިނުމަށް އެ ދާއިރާއަށްް ވާދަކުރެއްވި އަމިއްލަ ކެންޑިޑޭޓް އިބްރާހިމް އަބްދުއްރަހްމާން އެދިވަޑައިގެންފި އެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމު ކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން އެންމެ ހަތަރު ވޯޓުގެ ތަފާތުން އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަލީއެވެ. އޭނާއަކީ ކުރިން އެ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. މިދިޔަ އާދިއްތަ ދުވަހު ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން […]

ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ފޮނުވަން ފަށައިފި
Raajje

ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ފޮނުވަން ފަށައިފި

އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ގުޅިގެން ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ރަށްރަށަށް ފޮނުވަން ފަށައިފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނީ މަޖިލިހުގެ އިންތިހާބުގެ ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ފޮނުވުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. އެ މަސައްކަތް ކުރިއަށް ދަނީ ފުލުހުންނާ ގުޅިގެން ކަމަށް އީސީން ބުނެފައިވެއެވެ. އީސީން ބުނި ގޮތުގައި މިއަދު އެ ތަކެތި ފޮނުވަން ހަމަޖެހިފައި ވަނީ ހއ، ހދ، އއ، އދ، […]

އީސީގެ މެމްބަރު ކަމަށް ހަސަން ޢައްޔަންކޮށްފި
Raajje

އީސީގެ މެމްބަރު ކަމަށް ހަސަން ޢައްޔަންކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް ޙަސަން ޒަކަރިއްޔާ، ޢައްޔަން ކުރައްވައިފިއެވެ. އީސީގެ މެންބަރުކަމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ހަސަން ފުރުއްވަމުން ގެންދެވީ އީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމެވެ. އީސީގެ މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، ޙަސަން ޒަކަރިއްޔާއާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ކުރ...