މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަންގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓް އިބްރާޙީމް މުހައްމަދު ކާމިޔާބުކޮށްފިއެވެ.

މިއަދުގެ ބައި-އިލެކްޝަންގައި ކުޅުދުއްފުށީ އުތުރު ގޮނޑި ޕީއެންސީން ކާމިޔާބު ކޮށްފައިވާކަން އަދި އިލެކްޝަން ކޮމިޝަން (އީސީ) އިން ޢިއުލާން ނުކުރި ނަމަވެސް ވަގުތީ ނަތީޖާއަށް ބަލައި އެ ގޮނޑި ޕީއެންސީއަށް ކާމިޔާބުވެފައިވާތީ ޕީއެންސީން ވަނީ ކެންޑިޑޭޓް އިބްރާޙީމް މުހައްމަދަށް މަރުޙަބާ ކިޔާފައެވެ.

Ad
rt

ކުޅުދުއްފުށީ އުތުރު ގޮނޑި އަށް އިދިކޮޅު އެމްޑީޕީން ވެސް ވާދަކުރިއެވެ. ޕީއެންސީން މި ގޮނޑި ކާމިޔާބުކުރީ ތަފާތުބޮޑު ނަތީޖާއަކުން ކަމަށް މަޢުލޫމާތު ލިބެއެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ ސިޓީ ކައުންސިލްގެ ގޮނޑި ހުސްވީ އެ ގޮނޑި ފުރުއްވަމުން ގެންދެވި މުހައްމަދު ދާވޫދު (ޑޭވިޑް) މިދިޔަ މަޖިލިސް އިންތިޚާބުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބުކުރެއްވުމުންނެވެ.

ކުޅުދުއްފުށީގެ ދެ ދާއިރާގެ މަޖިލީހުގެ ގޮނޑިތައް ތަމްސީލް ކުރަނީ ވެސް ޕީއެންސީގެ މެންބަރުންނެވެ.

އީސީން މިއަދު ވަނީ ޖުމްލަ ހަ ދާއިރާއެއްގެ ބައި-އިލެކްޝަން ބާއްވާފައެވެ.