ކައުންސިލް ބައި އިލެކްޝަންތަކުގައި ޕީއެންސީއަށް 4 ގޮނޑި، އިދިކޮޅަށް 2 ގޮނޑި

IMG_5572

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ބޭއްވި ބައި އިލެކްޝަންތަކުގައި ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީން ހަތަރު ގޮނޑިއެއް ކާމިޔާބު ކުރިއިރު،  އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްއަށް އެއް ގޮނޑި ލިބިފައިވާ ކަމަށް ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ރޭގެ ވަގުތެއްގައި ވަނީ މި އިންތިހާބުތަކުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފައެވެ.

ބައި އިލެކްޝަން ކުރިއަށް ދިޔައީ މ. މަޑުއްވަރީގެ ކައުންސިލްގެ ރައީސް ހޮވުމަށާއި ހއ. އުތީމު، ނ.ލަންދޫ ، ނ. ވެލިދޫ ކައުންސިލް މެންބަރަކު ހޮވުމަށާއި ހއ. ތުރާކުނާއި ރ. އިންނަމާދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެންބަރަކު ހޮވުމަށެވެ.

މަޑުއްވަރީ ކައުންސިލް ރައީސްކަން ކާމިޔާބު ކުރައްވާފައި ވަނީ ޑިމޮކްރެޓްސްގެ މުހައްމަދު އާޒިމް އަލީ (ޓޮޓީ)އެވެ. ހއ. އުތީމު ކައުންސިލްގެ މެމްބަރު ކަން ކާމިޔާބު ކުރެއްވީ ޕީއެންސީގެ އިބްރާހިމް ސުނާންއެވެ. ނ. ލަންދޫ ކައުންސިލްގެ މެންބަރުކަން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ އަބްދުﷲ އާރިފެވެ.

ނ. ވެލިދޫ ކައުންސިލްގެ މެންބަރުކަން ކާމިޔާބު ކުރެއްވީ ޕީއެންސީގެ އަބްދުﷲ އަބްދުއްރައްޒާގުއެވެ.

ހއ. ތުރާކުނާއި ރ. އިންނަމާދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑި ވެސް ކާމިޔާބު ކުރީ ޕީއެންސީންނެވެ. އެގޮތުން ތަކަންދޫ ގޮނޑި ކާމިޔާބު ކުރެއްވީ ސަމީނާ މުހައްމަދެވެ. އިންނަމާދޫ ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރެއްވީ އައިޝަތު ސަމާހާއެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *