ހަ ރަށެއްގެ ބައި އިލެކްޝަންސްގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނީ ބައި އިލެކްޝަން ކުރިއަށް ދަނީ މ. މަޑުއްވަރީގެ ކައުންސިލްގެ ރައީސް ހޮވުމަށާއި ހއ. އުތީމު، ނ.ލަންދޫ ، ނ. ވެލިދޫ ކައުންސިލް މެންބަރަކު ހޮވުމަށާއި ހއ. ތުރާކުނާއި ރ. އިންނަމާދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަން ކަމަށެވެ.

Ad
rt

ވޯޓުލުން ކުރިއަށް ދަނީ މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 ގެ ނިޔަލަށެވެ.

މި ބައި އިލެކްޝަނާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ 11 ވޯޓު ފޮއްޓެއް ބަހައްޓައިފައެވެ.