މާލެ ސިޓީ ކައުންސިލްގެ ތިން ގޮނޑިއަށް ވާދަކުރަނީ އެމްޑީޕީ އާއި ޕީއެންސީން އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީން ބާއްވަން ނިންމާފައި ވަނީ މައްޗަންގޮޅި މެދު ދާއިރާއާއި ހެންވޭރު ހުޅަނގު ދާއިރާ އަދި ހުޅުމާލެ ދާއިރާ އަށް ކައުންސިލަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނެވެ. މި ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 20 ވަނަ ދުވަހުއެވެ.

Ad
rt

މައްޗަންގޮޅި މެދު ދާއިރާ އަށް ޕީއެންސީގެ ފަރާތުން ވާދަކުރަނީ ފާތިމަތު އިޝާން އަލީ، އައިނާއެޑަމްސް / މާލެއެވެ. އަދި އެމްޑީޕީގެ ފަރާތުން ވާދަކުރަނީ ހައްވާ ޝިފާނާ، މއ. ރިހިރާޅު / މާލެ (އެމްޑީޕީ) އެވެ. ހެންވޭރު ހުޅަނގު ދާއިރާ އަށް ޕީއެންސީގެ ފަރާތުން ވާދަކުރަނީ ފާތިމަތު ޝައުފާ ސަލީމް، ހ. އިސްފަހާންއެވެ. އަދި އެމްޑީޕީގެ ފަރާތުން ވާދަކުރަނީ މުހައްމަދު އަލީ ޖިނާދު، ހ. ގްރީންޒެސްޓެވެ.

ހުޅުމާލެ ދާއިރާ އަށް ޕީއެންސީގެ ފަރާތުން ވާދަކުރަނީ އަލީ އައިމަން، ހ. ފުޖޭރާއެވެ. އަދި އެމްޑީޕީގެ ފަރާތުން ވާދަކުރަނީ އަހްމަދު ރަޝީދު (ތުތީ)، ހުޅުމާލެ. މާވަހަރު 3 އެވެ.