ދުވާފަރު ދާއިރާގެ ފޮށިތައް އަލުން ގުނަން އީސީ އަށް ހުށަހަޅައިފި

IMG_5439

ދުވާފަރު ދާއިރާގެ ހުރިހާ ފޮށިތަކެއް އަލުން ގުނައި ދިނުމަށް އެ ދާއިރާއަށްް ވާދަކުރެއްވި އަމިއްލަ ކެންޑިޑޭޓް އިބްރާހިމް އަބްދުއްރަހްމާން އެދިވަޑައިގެންފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމު ކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން އެންމެ ހަތަރު ވޯޓުގެ ތަފާތުން އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަލީއެވެ. އޭނާއަކީ ކުރިން އެ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން މުހައްމަދު އަލީއަށް ލިބިވަޑައިގަތީ 1،074 ވޯޓެވެެ. އަމިއްލަ ކެންޑިޑޭޓް އިބްރާހިމް އަބްދުއްރަހްމާނަށް ލިބިވަޑައިގަތަކީ 1،070 ވޯޓެވެ. ދެ ބޭފުޅުންގެ ދެމެދުގައި އުޅެނީ އެންމެ ހަތަރު ވޯޓުގެ ތަފާތެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ދުވާފަރު ދާއިރާގެ ފޮށި އަލުން ގުނައި ދިނުމަށް އެދިފައިވާތީ އެކަމާ ގުޅޭ ގޮތުން މިއަދު ގޮތެއް ނިންމާނެ ކަމަށެވެ. އެ ދާއިރާގެ ހުރިހާ ފޮށިތަކެއް ގުނައި ދިނުމަށް އެދުނު އިރު، އެގޮތަށް އެދުނީ ވޯޓުގެ ފަރަގު ކުޑަވެގެން ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

ގދ. ތިނަދޫ ދާއިރާގެ ގައުމީ ޔުނިވާރސިޓީ ހޯލް ގައި ބެހެއްޓި ފަސް ނަންބަރު ވޯޓް ފޮށި އަލުން ގުނުމަށް އެދި ޕީއެންސީ ކެނޑިޑޭޓް އަބްދުﷲ ޝަރީފު ވެސް އީސީއަށް ހުށަހެޅުއްވިއެވެ. ނަމަވެސް އީސީން ނިންމީ އެ ވޯޓު ފޮށި ގުނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި