ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރެޖިސްޓްރޭޝަންވުމަށް ފޯމް ހުށަހެޅުމުގެ ވަގުތު ހއ. ބާރަށާއި، މާލޭ ސިޓީގައި އިތުރުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނީ ‏ވޯޓުލާން ރަޖިސްޓަރީ ވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފޯމް ބަލައިގަންނަ ވަގުތު މާލެސިޓީއާއި، ހއ. ބާރަށުގައި އިތުރު ކުރެވިފައިވާ ކަމަށެވެ.

Ad
rt

މިގޮތުން މިދެތަނަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު މިއަދު ހަވީރު 6:00 އާއިހަމައަށް އިތުރުކޮށްދީފައިވާ ކަމަށް އީސީން ބުންޏެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ބާއްވަން އީސީން ނިންމާފައި ވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އެވެ.