ފަހު ވަގުތަށް މަޑުނުކޮށް ރީ ރަޖިސްޓްރީ ވުމަށް އީސީއިން އެދެފި
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާން ރީ ރަޖިސްޓްރީވުމަށް ފަހުވަގުތަށް މަޑުނުކޮށް އެކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެދެފި އެވެ. އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ރީރަޖިސްޓްރޭޝަނަށް މިމަހުގެ 2 ވަނަ ދުވަހު ހުޅުވާލެވިފައިވާއިރު ރީރަޖިސްޓްރޭޝަންގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 11 ވަނަ ދުވަހެ...